ވޯޓުލާ މަރުކަޒުގައި ދަމާފައިވާ ޓޭޕް: ވޯޓު ކަރުދާސް ދެއްކުމާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 އެޕްރީލް 2024 - 15:30
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލިކަމުގެ ތުހުމަތުގައި މިއަދު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ހައްޔަރުކުރި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ވޯޓު ކަރުދާސް ދެއްކުމަކީ ކުށެކެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރިން ބުނީ މިއަދުގެ ވޯޓުލުން ކުރިއަށް ދަނީ ވަރަށް އަމާންކޮށް ކަމަށާއި މާ ބޮޑު މައްސަލަތަކެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް ރަނގަޅު ކަމަށް އީސީން ބުނެފައިވެ އެވެ.
އީސީން ބުނި ގޮތުގައި މިއަދު މެންދުރު ފަހު 2:00 ގެ ނިޔަލަށް 52 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެއީ 148،894 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy