ހުުޅުމާލޭގެ ބައެއް އިމާރާތަކުގައި ސޯލާ ޕެނަލް ހަރުކޮށްފައި-- ފޮޓޯ: މިހާރު
24 އެޕްރީލް 2024 - 21:13
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް، އެސްއީޒެޑްގެ ބޯޑު އޮފް އިންވެސްޓްމެންޓުން ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ މަޝްރޫއެއް ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ދިނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށް އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދިނުމުން މަޝްރޫއު ފެއްޓުމަށްޓަކައި ހިންގާ ދިރާސާތަކާއި އެސެސްމެންޓުތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު ގަރާރުގައިވާ ގޮތުން ސްޕެޝަލް އިނޮމިކް ޒޯނަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭނެ އެވެ. އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓްގެ ތެރެއިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ފްލޯޓިން ސޯލާ ޕެނަލް ހަރުކުރާނެ އެވެ. މާލެ ސަރަހައްދުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓު ސިސްޓަމެއް ވެސް ގާއިމް ކުރާނެ އެވެ.
އެސްއީޒެޑްގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފެށިއިރު، 2028 ވަނަ ޢަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.
އެސްއީޒެޑް ގާނޫނެއް ހަދާފައި އޮތަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިންމައިލީ އެ ގާނޫނުގެ ދަށުން ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެންނަން އެއްވެސް މަސައްކަތެއް ނުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލާ ޕަވަރ
26 April 2024
ސޯލާ ޕެނަލް ވާނެ ވަރަށް ރަނގަޅު އިންވެސްޓްމެންޓަކަށް. އެއީ ތެލުން ކަރަންޓު އުފައްދަން ބޮޑު ޚަރަދެއް ކުރަންޖެހޭ.
ނޫރުﷲ މުހައްމަދު
25 April 2024
މަގޭ އުއްމީދު މި ސަރުކާރަށް އަބަދުވެސް އޮވޭ. އޭގެ ފޮނި މީރުކަން މި ލިބެނީ
އަނީމް ހަސަން
25 April 2024
މިދިޔަ 5 އަހަރު ގެނެވުނު އިންވެސްޓެއް ނެތް. އިތުރުވި ފައިސާއެއް ނެތް. ރައީސް މުއިއްޒް އެއްމެ 5 މަހުން ހާދަ ކަމެކޭ މިކޮށްލަނީ
އަމީން މުހައްމަދު
25 April 2024
އަދިކިރިޔާ އިގްތިސާދު ފުޅާވެގެން މިދަނީ. އަބަދު އޮތް ވަރުން ނަގާ ކުރިޔަށް ގެންދެވޭނީ ބޮޑެތި އިންވެސްޓް ގެނެސްގެން.
މަހްމޫދު ސައީދު
25 April 2024
މަމެންމެންގެ ރައީސް ތަފާތު ވާނެ. އެކަން މިފެންނަނީ.
ފެންނަގޮތް
25 April 2024
މި 5 އަހަރު ބޮލަކަށް ޖެހޭ އާމްދަނީ 2 ގުނަ ކޮށްފަ، މުއްސަނދިކަމުގެ ފަރަގު ކުޑަކޮށްފިނަމަ، ހުރިހާ ދިހެން ތިބޭނ 2028 އުފަލުން.، މިކަމަށް އާމްދަނީ އިތުރުކޮށް، ހަރަދު މަދުކުރަން ޖެހޭ.. މިއީ އެފަދަ ކަމެއްކަމަށް ދެކެން. ކުރިއަށް ދިވެހި ގައުމު
ދާއިން
25 April 2024
އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ބޮޑެތި ޕްރެޖެކްޓުތައް އެކަންޏެއް ނޫން މި ސަރުކާރުން ކުރާނީ. މިކަހަލަ ކިތަންމެ ކަންކަމެއްވެސް އަދި ފެނިގެންދާނެ. ރައީސް މުއިއްޒު އަކީ ނަތީޖާ ނެރޭނެ ލީޑަރެއްކަން ޔަގީން
ޝަނުމް
25 April 2024
ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރަކީ ތަރައްގީގެ ވިސްނުން ވަރަށް ކުރީގަ އުޅޭ ސަރުކާރެއްކަން ފާހަގަ ކުރެވެނީ
ނައުޝޫދް
25 April 2024
ކުރީގެ ރައީސުން ހުސްވާހަކަ ދެއްކި ޕުރޮޖެކްޓު އަމަލީ ގޮތުން ކުލަ މި ޖައްސާލަނީ ރައީސް ޑރ. މުއިއްޒު ވެރިކަމުގަ.
މުޖާހިދް
25 April 2024
ހަމައެކަނި ޓުއަރިޒަމް ބަރޯސާވުމުގެ ބަދަލުގައި އިތުރު ދާއިރާތަކަށް އިންވެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް.