މަސްތުވާއެއްޗެހިތަކެއް ފުލުހުން ނައްތާލަނީ: ދައުލަތުން ހެކި ހުށަނާޅާ ތިއްބާ ކުށް ސާބިތު ނުވުމުން ވީޑިއޯ ރިޕޯޓްތައް ދައުލަތުން އާންމު ކުރާތީ ހައި ކޯޓުގެ ފާޑުކިޔުން ދައުލަތަށް ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު
25 އެޕްރީލް 2024 - 14:27
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ހެކި ހުށަނާޅާ ތިބެ، ކުށް ސާބިތު ނުވުމުން އެ މައްސަލައެއްގެ ވީޑިއޯ ރިޕޯޓްތައް ހަދައިގެން ދައުލަތުން އާންމު ކުރާތީ ހައި ކޯޓުގެ ފަނޑިޔާރުން ދައުލަތަށް އިއްޔެ ފާޑު ވިދާޅުވެއްޖެ އެވެ.
ދައުލަތުން އެގޮތަށް ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ކުށް ސާބިތުވި މީހެއްގެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައި ވިޔަސް އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.
ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލާގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް ބުނާއިރު، އިންޓެލިޖެންސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަނޭޅި ސަބަބާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ ބާވަތުގެ މައްސަލަތަކުގައި އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަނާޅާ ކަމަށެވެ.
އެގޮތަށް ބުނުމުން، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ހާލަތުގައި ހެއްކެއްގެ ގޮތުގައި ހުށަނާޅާ އެއްޗެއް ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި ކުށް ސާބިތު ނުވުމުން ދައުލަތުން ވީޑިއޯ ރިޕޯޓް ހަދާނީ ނޫން ކަމަށް ބެންޗުން ވިދާޅުވި އެވެ.
"ފަނޑިޔާރުންނަށް އޮންނާނެ ގޮތަކީ ތި ބޭފުޅުން ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރާ އެއްޗެއް ބޭނުމެއް ނުކުރުން ނޫންތޯ. ދެން މައްސަލަ ސާބިތު ނުވީމަ ތި ބޭފުޅުން ގޮސް ވީޑިއޯ ރިޕޯޓެއް ނޫނެއް ނޫންތޯ ހަދާނީކީ،" ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.
ހައި ކޯޓުން އެގޮތަށް ބުނެފައިވާއިރު، ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުށް ދައުވާލިބޭ ގިނަ ބައެއްގެ މައްޗަށް ކުށް ސާބިތު ނުވުމުން ފުލުހުން ވަނީ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފަހު އެ މައްސަލާގައި ލިބިފައިވާ ހެކިތައް އާންމުކޮށްފަ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ އޮފިސަރުންތަކަކާއި ހޯމް މިނިސްޓަރު އަލީ އިހްސާން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މައްސަލަ އެޖެންޑާކުރި އެވެ. އަދި އެ މައްސަލާގައި ހޯމް މިނިސްޓަރާއި ފުލުހުންނާ އެކު މަޝްވަރާކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާހިލް
27 April 2024
މަޖިލިސް ރަބަރު ތައްގަނޑަކަށް ވީފަދައިން، ކޯޓްތައް ވެސް ދެންވާކަށް ލަހެއްނެތް.
ރާއްޖެ
26 April 2024
ފަނޑިޔާރުން ހުވާ ކޮއްގެން ތިބެ ކޯޓް ތަކުގައި ވިޔަފާރި ކުރަންޏާ ރިޕޯޓް ވެސް ހަދާނެ. ބާރު ގަދަ ފައިސާ ވެރި މީހާއަށް ހުކުމް ވިއްކަނީ ކަން އެންމެން ދަނޭ.
ޢަހަފޫ
26 April 2024
ޢަބަދު ތިބާރެއް ނޯންނާނެ. ޢިންޓެލް ރިޕޯރޓް އޭ ވީޑިއޯ އޭ ކިޔަނެ ކަމެއްނެތް. ތި މައްސަލަ އަވަހަށް ނިންމަންވީނު
ޟީނީ
26 April 2024
ޢަފޫ ދަރިފުޅާ ނިޔާޒޫޒޫ! ޗަކޮއި ތިހެން އުޅުނީމާ އަފުން ލަދުގަނޭ ! ޙެޔޮނުވާޅޭ މަސްތުން މި ވަތަން ސަލާމަތް ކުރަން ކުޅަ މަސައްކަތަށް ހުރަސް ނާޅައޭދީ
ޛޯކާ
26 April 2024
ޥީޑިއޯ ރިޕޯރޓް އަކާއި އަޅައިގަނެގެން މިއުޅެނީ އޯ! ޢެ މާ ފައްކާ ވީޑިޢޯ އެއްތަ؟ ލިންކް ޕްލީޒް
އަފްރާސިޔާބު
26 April 2024
ވަރަށް ބޮޑަށް ކޯޓުތައް ޕްރެޝަރަށް ވެއްޓޭތަން މި ފެންނަނީ ކޮންމެވެސް ކަމެއް ކޯޓުތަކުގައި ހިނގާތީތާ؟ ދެން ގަދަ ދައްކައި ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލަ ބަލަން ހާޒިރު ކުރާނަމޭ ބުނެ ހަދާފައި މިހާރު މަޝްވަރާ ކުރަނީއޭ ބުނަނީ ބިރުގަތީމާތާ.
ކުރިމިނަލް
26 April 2024
ކުރިމިނަލް ކޯޓުގެ ކުރިމިނަލް ފަނޑިޔާރޭން، ބޭރުކުރޭ. ތިމީހުން
ބަބޫ
26 April 2024
އިންޓެލޮޖެންސް ރިޕޯތަކީ ކަމެއް ހިނގާތޯ ޔަގީންކުރަން އޮންނަ އެއްޗެއް. ފުލުހުން ގޮސް މީހާގެ އަތުންނާއި ކޮނޑުގައި އޮންނަ ދަބަހުން ވީޑިއޯ ކުރަމުން ނެގައިގެން އެ ވީޑިއޯތަކާ ފޮޓީތަކާ އެތަނަށް ދިޔަ މީހުން ދޭ ހެކިބަހުންވެސް ކުއް ސާބިތު ނުވަންޔާ ދެން ގާނޫނުއަސާސީގެ ބޭނުމެއް ނެތް.
ޏަމްޏްމް
26 April 2024
ޢެ މައްސަލަ ބަލަނީ ތި ބެންޗް އިން ތަ ؟ ޙުކުމް ކުރި މީހާ ވެސް ދޫކޮށްލަންވާނެ . ޢޭރުން ދޯ ގަޓްހުރި ކަމަށް ވާނީ !
ޗޯރު
26 April 2024
މަ އެއްގޮތަކަށްވެސް ހިއެއްނުކުރަން ނިޔާޒު ތި ކަމުގާއި އިޝްތިހޜު ކުޅެން ނުކުންނަނެ ކަމަކަށް. . ޢޭގެ މީހަކަށް ވީތަ ؟