ހަޔާ އެޑިޔުކޭޝަން މިނިސްޓަރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ބައެއް ސްޓޭޓް މިނިސްޓަރުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
29 އެޕްރީލް 2024 - 16:29
މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ، ޓެކްނިކަލް ދާއިރާތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނުގެ ބައެއް ހާއްސަ ކުރަން ނިންމީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ކަމަށެވެ.
ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިން ފަދަ ދާއިރާތަކެވެ.
ރައީސް މުއިއްޒު ކެބިނެޓުގެ އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
ލޯނު ދޫކުރާއިރު ވަކި ދާއިރާއަކަށް މީގެ ކުރިން ހާއްސަ ކޯޓާއެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް، ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ހުޅުވާލާ އެ ފުރުސަތުގައި ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް އެހީ ދެ އެވެ. އޭގެ ތެރޭގައި ޓެކްނިކަލް ދާއިރާތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ވަނީ މަތީ ތައުލީމުގެ 500 ފުރުސަތަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލައިފަ އެވެ. އެ އަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފޫޫ
30 April 2024
މި ކަންކަން ފެނިފަ ހަޖަމް ނުވާނެ ކުރީ ސަރުކާރުގެ ސަޕޯޓަރުންނަށް. އެހެންނު ވާނީ 5 އަހަރު ނިމިގެން ދިޔަ އިރު ހަރާން ދެވުނު އެންމެ އެއްޗެއްވެސް ރައްޔިތަކަށް. މިހާ ގިނަ ކަންކަން އެއްފަހަރާ ފެންނަން ފެށީމަ އުނދަގޫ ވާނެކަން ވެސް އިނގޭ. އަދި ކުރިޔަތް އޮތީ ގައުމު ނަގާ ކޮޅަށް ޖެހުން
ހުޝާމްް
30 April 2024
ނިމިދިޔަ ސަރުކާރުން ކުރަން އިނގުނު ހަމަ އެކަނި ކަމަކީ ބިމާ ގޯތި ބަހާ އެ ތަންތަން ބަނޑު އެޅުން. އިތުރު އެއްވެސް ކަމެއް ކުރަން ނުވެސް އިނގުނު އަދި ނުވެސް ވިސްނާ. މި ވަރުގެ ކަންކަން މީ ރައްޔިތުންނަށް ހައްގު ވަރަކީ. މިކަހަލަ ކަންކަން ކޮށްދެވެން އޮއްވާ އެކަންކަން ނުކޮށްދިނީމަ މިއަދު ވެރިކަމުން ބާލުވާފަ ހުރިހާ ގޮޑިތައް ވެސް ގެއްލުނީ. މިއަދު މުއިއްޒު މިކަންކަން މި ކޮށްދެނީ. މާދަން ދެވަނަ ދައުރެއްވެސް މުއިއްޒުއަށް ދޭން ޖެހެނީ ހަމަ މިހެންވެ
ބަކުރު-
30 April 2024
ކިޔަވައިގެން އައިސް ލަވައަލީމެންގެ ސިކުނޑީން އެކަނިން ވިސްނުން ހުއްދަ ވާ ގައުމެއްގައި ބޭކާރު ކަމެެއް ތިޔާ ކިޔެވެލިތައް ތީ
ނަތަންބެ
30 April 2024
ކޮބާ ކޮންތާކަށް ދަނީ ތި ލޯނުތަކުގައި ކިޔަވަން، ޔަމަނު ސީރިޔާ ފަލަސްތީނަށް ބާ ނޫނީ އެމެރިކާ ޔޫރަޕަށް ހުޅަނގަށް ބާ.
ލަޔާން ސަލީމް
30 April 2024
އާން މިހާރު ކަންކަން މިދަނީ މަޑު މަޑުން ރަނގަޅަށް. އެޑިއުކޭޝަން ސެކްޓަރ ހަމަ މަގަކަށް އެޅުވޭނީ ހަމަ އެކަނި މުއިއްޒުއަށް. ހައިލީ ޓެކްނިކަލް ދާއިރާތަކަށް ހާއްސަ ކޮށްގެން އެދާއިރާ ތަކުން މުޖުތަމުއަށް މާހިރުން ނިކުންނާނީ. ލޯނެއް ދޭނީ އޭ ކިޔާފަ އެއްވެސް ޕްލޭންއެއް ނެތި ނިމިދިޔަ ސަރުކާރުން ލޯނެއް ދިނިއްޔާ ދީފަ ހުރީ. ކަންތައް ކޮށްދެންޏާ ކޮށްދޭން ވާނީ ރައްޔިތުންނަށް އެ ކަމަކުން އޭގެ ބެސްޓް ލިބޭނެ ހެން
އައްޔަަ
30 April 2024
މިކަހަލަ ކިތަންމެ ކަންކަމެއްވެސް ރައްޔިތުންނަށް ލިބިގެން ދާނެ. ތޯތޯ ވެރިއެއް ނޫނޭ އަހަރުންނަށް ލިބިފަ މިހުރީ
އިޝާާ
30 April 2024
މި ސަރުކާރުން ތައުލީމަށް ދޭ އަހައްމިއްޔަތު ވަރަށް ބޮޑަށް ބަލައިގަނެވޭ
ރިޒުވާން މުހައްމަދު
30 April 2024
ބަޔަކު ބުނާނެ މި ސަރުކާރުން ކަމެއް ނުކުރެޔޭ. މިވަރަކަށްނު ކަމެއް ކޮށްދެވޭނީ ކިޔަވަން ބޭނުންވާ ފަރާތްތަކަށް ގައިމު
އާބިދު ސައީދު
30 April 2024
މިފަހަރު ދެން އެޕްލައި ކުރާނަން. އިންޖިނިއަރިންގ ހަދަން.
ހަންނާން މުހައްމަދު
30 April 2024
ސޯލިހް ކައިރީވެސް އަހަރުމެން ދެންނެވިން މިކަން މިހެން ހާއްސަކޮށްދޭން. އެއީ ގިނަބަޔަކު ބޭނުންވާ ގޮތް ކަމުގައި ވީތީ.، ނަމަވެސް ކުރާނަމޭ ކިޔާފަ 5 އަހަރު ނުކޮށް ނިންމާލީ