ހައި ކޯޓް: ކާފަ ދަރިއާ ބެހުނުކަމުގެ ދައުވާލިބޭ މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
07 މެއި 2024 - 13:31
ކާފަ ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ މީހަކު ކޯޓުން ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، އުމުރުން 13 އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މާޗް މަހު މެޖިސްޓްރޭޓް ކޯޓަކުން އޭނާ ދޫކޮށްލީ ޝަރުތުތަކާ އެއްކޮށެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުޖްތަމައުގެ ސަލާމަތަށްޓަކައި އެ މީހާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލަން ދަށު ކޯޓުން ނެރުނު އަމުރުގައި ވެސް އެ ހާލަތު ދެމިއޮތް ކަމަށް ދަށު ކޯޓުން ގަބޫލުކުރާ ކަން ދޭހަވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލަން ނިންމި ނިންމުމަށް ވާސިލްވި ގޮތެއް ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތުމުން އެއީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ މެޖިސްޓްރޭޓް ކޯޓުން އެ މީހާ ދޫކޮށްލަން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ. އަދި އެ މީހާ ޝަރީއަތް ނިމެންދެން އަލުން ބަންދު ކުރުމާ މެދު ދަށު ކޯޓުން ގޮތެއް ނިމެންދެން އޭނާ ހަތް ދުވަހަށް ބަންދުކުރަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
08 May 2024
މިހިރަ ކަން ހިނގާ ގޮތްދޯ.؟ ހަމަ ދޫވަނީދޯ.؟ އެއާރޕޯރޓުގަ ދިވެހިން ތަކެއް ތަޅާ ރޯނާ ގަންނަވާލިމީހަވެސް ދޫވީދޯ.؟ މުޅި ދައުލަތް ދަވާލި މީހުންވެސް ދޫވީދޯ.؟ ސަޅިއެއްނުދޯ.؟
ހުވަދޫ އަލިބެއްޔާ
08 May 2024
ކޮބާހޭ އައްޑޫގައި ކުޑަ ކުއްޖަކާ ބެހުނޭ ކިޔާ ވާހަކަ ދެއްކި މާމަ.. އެ މާމަ ގޮޅިއަށްލާ ކޮންފަދަ ޙާލެއްގަ ތަޅުވާފަ ދޫކޮށްލީ.. ބަދަލެއް ނުދޭތަ؟
ވޯލް
08 May 2024
މިހެން ފުރިހަމަ ނޫން ހުކުމް ލިޔާ ފަނޑިޔާރުންހެ މައްސަލަ އެބްޖެހޭ ތަންކޮޅެއް ބޮޑަށް ބަލަން. އަދި އެމީހުންނާމެދު ފިޔަވަޅު އަޅަން. ވަކި އަދަދަކަށްވުރެ ގިނަެިން ގޯސްހުކުމް ކުރާ ފަންޑިޔާރުން އޮޓޯއިން މަޤާމު ގެއްލޭގިތް ހަދައިގެން ނޫނީ މި ރާއްޖޭގެ ޖުޑިޝަރީ މިނިވަން ނުކުރެވޭނެ.
އަބްޑޫޅް +
08 May 2024
އެއީ މުރަނގަ ގަސްދޮށު ފަނޑިޔާރުންނޭ!