އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ ގޮވައިގެން އެހެން މީހަކު އެތަނުން ދުރަށް ދަނީ.
08 މެއި 2024 - 09:26
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި ބިދޭސީމީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އެ ކޯޓަށް ހާޒިރު ކުރުމުން ވަނީ ފުލުހުން އެ މައްސަލައިގެ ތަހުގީގު ނިންމަން ދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ. ތަހުގީގުގެ ބޭނުމަށް ހާޒިރުވާން ފުލުހުން އަންގައިފި ނަމަ އެ ކަން ކުރުމަށް ވެސް ކޯޓުން ވަނީ އެ ބިދޭސީމީހާ އަށް ޝަރުތު ކޮށްފަ އެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނަކަށް ދިއުން މަނާކޮށް ބިދޭސީމީހާ ދޫކޮށްލި ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނުދިނުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ. އެ ތަނުގައި އެ ވަގުތު ހުރި މީހަކު ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.
ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށުމުން އެ ބިދޭސީ މީހާގެ ލަގެޖުތައް ބެލްޓުން ބޭލި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.
އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.
އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު، ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި މުވައްޒަފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީ މީހާ ޖަހާ ތަން ފެނެ އެވެ.
ބިދޭސީ މީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ. އާންމުންގެ މީހަކު ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް އޭނާ ގޮވައިގެން ދުރަށް ދެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނދިމަރިޔަނބު
09 May 2024
އޮރިޔާމުން އުޅެނިކޮށް މީހުން ދިރިއުޅޭ ރަށަކުން ހައްޔަރުކުރި މީހާ ދޫކޮއްލާފަ ސަރުކާރުން މާފަށް އެދުނީ. ކޮވިޑް ތެރޭ މާސްކް އަޅަން މަޖުބޫރުކޮށްފައި އޮއްވާ އިންޑިއާ އަންހެނަކު ދިޔައީ ވެލާނާ އެއަރޕޯޓުގައި ފުލުހުން ކުރިމަތީ މާސްކްނާޅާ ޓިކްޓޮކް ކުޅެފަ. ސްޕައި ކެމެރާ ހިފައިގެން އެއަރޕޯޓުތެރޭ އުޅުނު އިންޑިއާމީހާ ފުރުވާލީ. މީ ހާލަތު
މުހައްމަދު 22
09 May 2024
ސުވާލަކީ ތިކަން ކުރީ ދިވެއްސެއްނަމަ ނޫނީ ބަންގާޅިއެއްނަމަ، ހަމަ ތި ހުކުން ތޯ ހިނގާނީ؟ ދިވެހި ރާއްޖޭގަ ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަ ވާނެކަމަށް ގާނޫނު އަސާސީގަ ވަރަށް ސާފުކޮށް ބަޔާން ކޮއްފާ އެބަ އޮތް، އިންޑިޔާގަ އަހަރެން ތިކަހަލަ ކަމެއް ކޮއްފިއްޔާ މިހާރު އޮންނާނީ ޖަލުގަ، 5 އަހަރަށް ވެސް ލާ ފާނެ، ގައިގެ ކުލައަލިވީމަ ހާއްސަ އިނާޔަތް ތަކެއް ލިބެނީތޯ؟
ދޮން ހަސީނާ
08 May 2024
އަނިޔާ ލިބުނު މީހާޔަށް އިންސާފް ލިބިއްޖެތޯ؟ ނުވަތަ އިންސާފު ލިބޭނެތޯ ގާޒީކުރެން އަހާލަން ބޭނުން.
ބަރުބާދު
08 May 2024
ތިޔަމީހާގެ ފަރާތުން އަނިޔާލިބުނުމީހާއައް ބާމުފުޅިއެއް ދީފަތޯ އަޅާވެސްނުލާ ދޫކޮއްލާފައެހެރީ؟.
ސިކިއުރީޓީ
08 May 2024
ކާރިސާގެ ވަތުގައިނޫނީ ދިވެހިރާއްޖޭގެ ސިފައިންނަކީ ކުރާނެ މާބޮޑު ކަމެއް އޮންނަ ބައެއްނުން. ވީމާ ފުރިހަމަހަތިޔާރާއި އެކު އެއާޕޯޓް ގެ ފަސިންޖަރުންނަށް ޚިދުމަތްދޭ ހުރިހާ ތަންތަނުގައި ސިފައި ބައިތިއްބަން ފެނޭ.
ވީޑިއޯބަލާ
08 May 2024
"ބިދޭސީ މީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ". . މިހިރީ ހަދާ ބޮޑު ދޮގު. ކާކުތަ ހުއްޓުވަން މަސައްކަތް ކުރީ. އެމްމެ މީހަކު އޭނާ ކޮށްޕާ ދުރައްލީ. އެބުރިއައިސް އެމީހާގައިގަ ޖެހީވެސް އެންމެން ކުޅިބަލަން ތިއްބާ. އޭނަ ޖަހާނެމީހެއްގައިގަ ، ޖަހާނެ ވަރަކަށް ޖަހަން ދޫކޮށްލައިގެން ބަލަހައްޓައިގެން އެއާޕޯޓް މުވައްޒަފުންނާއި ފުރަންގޮސްތިބި މީހުންވެސް ތިބީ.
ދަނޑިމާރުކޭޓް ޕާޓީ
08 May 2024
އެއީ އެމެރިކާނޯސް އެއްނޫން. އެއީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ އޭޝިޔާ ދަރިކޮޅުގެ އާދްމީއެއް.އޭނަ ހައްޔަރު ކޮށްފަ ޑީޕޯޓްކޮށް ފުރުވާލިޔަސް އެމެރިކާއިން މާބޮޑު މައްސަލައެއް ނުޖައްސާނެ.
މަޑުންތިބެމާ
08 May 2024
އެމެރިކާއާއި ކުޅުމުގެ ފެންވަރެއް އަދި މިތާކުނެތް ، މިހާރުވެސް އެމެރިކާސިފައިން މިގައުމުގަ އެބަތިބި ބައިވަރު . އެމީހާ ފުރައިގެންވެސްދާނެ . އެއްވެސްކަމެއް ހަންދާނެއްވެސް ނުހުންނާނެ ދުވަސްކޮޅަކުން. ދެން މިކަމަކީ އާންމުކަމަކަށްވެސް ވާނެ. މިއީފެށުން. މިމައްސަލައޮބޭނީ. މިއީ އެއަރޕޯޓު ތަރައްގީގެމަގުގަ ހުޅުވާލި އާ ސޮފުހާއެއް. ބައެއް ފަހަރު ބައެއް ދިވެހިކުދިންގެ މުއާމަލާތްކުރުމުގެ ބަސްމަގުގަވެސްހުރޭފޮނިބޮޑުކަންވެސް. ދިވެހިންނަށްވެސްއުނދަގުކޮށްފައެބަހުރި
ކަތްދައިތަ
08 May 2024
ތިމީހާ މިހާރު ރާއްޖޭގަ ނުހުންނާނެ އޭނާއަތުގަ ފައިސާ ހުރިއްޔަކާ. ނަމެއްގަ ފުރުން މަނާކުރިއްޔޭ ބުންޏަކަސް ޕާސްޕޯޓް ނުހިފަހައްޓަންޏަކާ ނުފުރާ ނުހުންނާނެދޯ. މިއޮތީވާ ގައުމެއް. ތަންކޮޅެއްކުރިން އެއަރޕޯޓްގަ ތަންތަނަށް ކުޅުޖަހާ އުޅުނު ޗައިނާ މީހަކުވެސް ފަހުން ޕޮލިސް ސްޓޭޝަންގަ ނިދައިގެންވެސް އުޅުނު. ހައްޔަރުކުރާނެ ހުރަގެއެއް އަޅެ ނެތީތަ؟
ވާހިދުބެ
08 May 2024
ދިވެހި ޒުވާނުން ގޭމްކުޅެން ނުތިބެ ސެލްފް ޑިފެންސް ދަސްކުރަންޖެހޭ. ކޮންމެ ގޮތަކަށްވެސް ހަމަލާއެއް އަތުވެދާނެކަން. ބޭރުބައެއް ގައުމުތަކުގާ މީ މަޖުބޫރުކަމެއް. މިހާދިސާއާ ގުޅިގެން ކޮންމެވެސް ހެޔޮބަދަލެއް އަންނާނެކަމަށް އުންމީދުކުރަން.