ދަރުމަވަންތަ ހޮސްޕިޓަލް.--
09 މެއި 2024 - 17:05
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މިހާރެކޭ އެއްގޮތަށް އެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މެޑިސިން ކިޔަވާ ހުރިހާ ދަރިވަރުންގެ ކިޔެވުންތައް އެމްއެންޔޫގެ މެއިން ކެމްޕަހަށް ބަދަލުކުރަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޔުނިވާސިޓީން ނިންމި އެވެ. އެހެންވެ، އެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި އޭރު ބުނީ މެޑިކަލް ސްކޫލް، ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ.
އެމްއެންޔޫ އިން ބުނީ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުން ވާތީ ކަމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއި ން ރައީސް މުއިއްޒުގެ އަރިހަށް މިދިޔަ މަހުގެ 23 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީއާ ގުޅިގެން މިދިޔަ މަހުގެ 26 ގައި ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނާއި ދަރިވަރުންގެ މަންދޫބުންނާ އެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު: މެޑިސިން ސްކޫލްގެ ދަރިވަރުން ކިޔަވަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ އިމާރާތެއް ހެދުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުނި.
އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވައި، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތިން ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވަނީ މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެ ކަމާއި، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވަން އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސް މި ނިންމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ކިޔަވާ ކުދިންނާ ގުޅުން ހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅު ކުރުމުގައި، ދައުލަތުގެ އާމްދަނީ އާއި ފުދުންތެރިކަމާއި ހާލަތު ތަންދިން ވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލް ކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލިމީހުންނަށް ޖާގަ އާއި އެނދު އިތުރުކޮށް، ސިއްހީ އާ ހިދުމަތްތައް އެ ދެ ހޮސްޕިޓަލުގައި ތައާރަފް ކުރުމުގެ މަސައްކަތް ވެސް ޖާގަ އާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާ އެކު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދ
11 May 2024
މީ ވަރައްގޯސް ނިންމުމެއް. ޔުނިވާސިޓީގެ ކައުންސިލައް އެގެނީ ކެމްޕަސް ހިންގާނެތަން ކުދިންނަކަށް ނޫން.
މެޑިސިން މޭން
11 May 2024
ސްކޫލް އޮފް މެޑިސިން އުފެއްދީ އެކަމަށް ބޭނުންވާ އިންފްރަ ސްޓްރަކްޗަރ ވެސް އަދި އިންސާނީ ވަސީލަތްތައްވެސް ނެތި ވަރަށް ދޯދިޔާ ގޮތަކަށް. މިއީ ނޭޝަނަލް ޔުނިވަރސިޓީއިން ވެފައިވާ ވަރަށް ބޮޑު އިހުމާލެއް. މި ސްކޫލް އުފެއްދިފަހުން ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ބަރިބަރިއަށް ކުދިންގެ ބެޗްތައް ނެގުން ފިޔަވައި އެެއްވެސް ކަމެއް ނުކުރޭ. މީގެ ހިތިރަހަ އަރުތެރޭގައި ލާންމިފަށަނީ. ޔުނިވަރސިޓީގެ ފެއިލިއަރ އެއްމީ
މެންގްރޫވް
10 May 2024
ވަރަށް ފައްކާ ބައެއް ދިވެހިންމީ. ހޮސްޕިޓަލް ބޮޑުވެފަ އެއްތާކުން ގިނަ ޙިދުމަތްވެސް ބޭނުންވޭ. އެކަމު ނާސިން ސްކޫލްވެސް އެތާ އޮންނަންޖެހޭ. ހެލްތް މިނިސްޓްރީވެސް ބަދަލުކުރަންވީނުން ދަރުމަވަންތަ ހޮސްޕިޓަލަށް.
ބޯގުޑައިގެންހަމަ
10 May 2024
މިވޭތުވެ ދިޔަ 10 ވަރަކަށް އަހަރަރަށް ފަހު ސިޔާސީއޭ މިކިޔާ ބައިގަނޑުތެރެއިން އަހަމުން އަންނަ އަޑެއް. ކޮންމެ ކަމެއްވެސް "ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުން ފުޅު، ރައީސުލް ޖުމްހޫރިއަޔާގެ ސިޔާސަތުގެ ދަށުން" ހިތަށް އަރަނީ މިނިސްޓަރުންނަކީ ކީއްކުރަން ޏަގާފަ ތިބިބައެއްބާއޭ؟ ހަމަ ރައީސްގެ ވިސްނުންފުޅު ނޫނީ ކަމުނުދަނީބާއޭ. އެމީހުންގެ ސިކުނޑީން ރައީސަށް ދެނީކޮން ލަފައެއްހޭ. މިނޫމްގޮތަކަށް ބުނެފިއްޔާ ކަމުނުދަނީބާއޭ. ސަރުކާރުން މިންމިޔޭ ބުނީމާ ކާފަރުވަނީބާއޭ.
ތަކުރުބޭ
10 May 2024
އައިޖީއެމްއެޗްގެ ވެރިން އެކުދިން އެތަނުން ނެރެގެން އުޅުނީ އެނދު އިތުރު ކުރާކަށް ނޫން. އެވެރިން ތިބޭނެ ބޮޑު ކޮޓަރިތައް ހަދަން. އެކަން ހަގީގަތުގައި ރައީސް ހުއްޓުވީ. ވަންނާނެ ތަނެއް ނެތޭ ޔުނިވަރސިޓީ އިން ބުނެ ބުނެ ތިއްބާ ވެސް ކުދިން ކޮޅު ނެރެ އުކާލަށް ބުނީ. ދަރުމަވަންތަ އިމާރާތް ކުޑަވެގެން ތޯ ހިދުމަތް ނުދެވިގެން އެ އުޅެނީ. އޭޑީކޭ ސަރުކާރަށް ނަގައި ޖާގަ ބޮޑުކުރަންވީނުތޯ؟
ކުރުސީނު
09 May 2024
ރައީސް ހާދަ ހެޔޮފުޅޭ. މިވަރުގެ ހެޔޮ ރައީސެއް ނުލިބޭނެ.
މީ ބޮޑުވަރު
09 May 2024
މިވަރު ކަމެއް ހައްލު ކުރުމުގެ ޤާބިލުކަން މަރިޔަމް މާރިޔާ މިނިސްޓަރުގެ ނެތި މިވަރުކަމެއް ރައީސް އާއި ހިސާބުން ނިންމަން ޖެހުމުން މީ ވަރަށް ނާޤާބިލް މިިނިސްޓަރެއް. ގޭގަ ހުރޭ. ނޫނީ ނިއުޒިލެންޑަން އަލުން ދޭ
އަސްލުދޯ
10 May 2024
ލިއުން ނުކިޔައި ކަންކަން ވެފައިވާގޮތް ނޭނގި އެހެންމީހުންގެ ޤާބިލު ނުޤާބިލު ނުކިޔަބަލަ. "މީބޮޑުވަރު"ގެ ނުޤާބިލުކަމަކީ ލިއުން ނުކިޔައި ކީނަމަ ނުޤާބިލުކަމާއި ގަމާރުކުން ލިޔުނު ކޮމެއްޓެއް
123322
09 May 2024
ދަރުމަވަންތަ ހޮސްޕިޓަލްގެ ޖާގަދަތިވެގެން އުޅޭއިރު ޔުނިވާރސިޓީން ޖެހޭނެ އެތަން ހުސްކޮއްދޭން، ވަގުތީގޮތުން އެތާފެށީ، ގޮތެއްފެނުނީމަ ބޮޑާހާކައިގެން ޔުނިވާރސިޓީގެ ނިންމުމައް ގޮންޖަހާކައްނުޖެހޭ، ދުނިޔޭގެ އެހެންގައުމުގަވެސް މެޑިކަލް ސްކޫލް ހިންގަނީ ހޮސްޕިޓަލް ތަކުގައެއްނޫން، ޕްރެކްޓިކަލްސް އައް އެތަންތަނައް ދަނީ، ކޮންމެކަމެއް އެއްސިކުޑިން ނިންމަނީނަމަ އެހެންބަޔަކު ކަންކަމާ ހަވާލުވެގެންތިބޭނެ ކަމެއްނެތް
ހަޖަމްމް
09 May 2024
ދެން ލަލަލާ
އިބުރަބޭ
10 May 2024
ތިޔަ ބުނަނީ ކޮން ގޮތެއް ފެނުނު ވާހަކަ ތޯ؟ އާ އިމާރާތެއް ލިބުނީތޯ؟ ބަދަލުވާން އެކިޔާ ތަން ހަދައިގެން ނޫނީ ބަދަލެއް ނުވޭނެއޭ ކިޔާ.
ފަތުހުއްލާ
10 May 2024
އެތަން ހެދީއްސުރެ 10 އަހަރަށް އެމްއެންޔޫގެ މެޑިސިން ކުދިންނަށް ދީފަ އިންނަ ފްލޯރތަކެއް އެއީ. އެކަމަށް ޚާއްސަކޮށް ހެދި 2 ފްލޯއެއް. 10 އަހަރުނުވަނީސް ނެރޭކަށް ނުޖެހޭ. އެ ކުދިންގެ ކިޔެވުމަކީ ޤައުމުގެ މުސްތަގްބަލް. އެ 2 ފްލޯ ހެދިއިރުވެސް ހެދީ އެގޮތަށްދޭން 10 އަހަރަށް. އިހްތިރާމްކުރަންޖެހޭ. ކުދިން ރަނގަޅު
ގިރާތް
09 May 2024
ޢަލުގަނޑު ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގެ ޖަވާބު ލިބުނީ 20 ވަރަކަށް ދުވަސް ފަހުން. ޢަދި ވަރަށް ކުރު އެއްވެސް ވަރެއްގެ ހިތްވަރެއް ލިބޭކަހަލަ ޖަވާބެއްނޫން ލިބުނީކީ. ޥަރަށްވެސް ނިކަމެތި ޖަވާބެއް ލިބިފައިވަނީ. ޝުކްރިއްޔާ
އައްޔަ އަލީ
09 May 2024
ސަރުކާރުން ދަރިވަރުން ބާކީ ނުކުރާނެ