ކޫއްޑޫގެ މަސްވެރިންތަކެއް އެ ތަނުގައި އިށީންދެލައިގެން.--
12 މެއި 2024 - 13:16
ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިއަދު ވިދާޅުވީ، ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީން ޓެސްޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
"ފެލިވަރުގައި ތިބި ބިދޭސީ މުވައްޒަފުން ކޮންޓްރެކްޓް އާ ކުރަން ޓެސްޓް ހެދި އިރު، ފައިލޭރިއާ އަށް ޝައްކުވާ ބަޔަކު ފެނިގެން ޓެސްޓި ހެދީ،" ސައީދު ވިދާޅުވި އެވެ.
އިންޑިއާ އަށް އުފަން އެ ތިން މީހުންނަށް ފަރުވާ ދިނީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ކަމަށާއި އެ މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު މަސައްކަތަށް ނުކުމެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން މިހާރު ކުރިއަށް ގެންދާ ފައިލޭރިއާ އަށް ސްކްރީން ޕްރޮގްރާމްގައި މިފްކޯގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި މަސައްކަތްކުރާ ބިދޭސީން ވެސް ސްކްރީން ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"އެޗްޕީއޭ އިސްނަގައިގެން މި ދުވަސްވަރުގެ ގޮތުން ބޭނުންވީ މިފްކޯގެ ހުރިހާ ފެކްޓަރީއެއްގައި ސްކްރީނިން ޕްރޮގްރާމެއް ހިންގަން. އެންމެން ޓެސްޓް ކުރަން،" އޭނާ ވިދާޅުވި އެވެ.
ކޫއްޑޫގައި މަސައްކަތް ކުރަމުން އަންނަނީ 395 ބިދޭސީންނެވެ. ބައެއް ބިދޭސީންގެ ސްކްރީނިން މިހާތު ނިމިފައިވާ ކަމަށާއި ނިމުނު މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވީ ތިން މީހުން ކަމަށް ސައީދު ވިދާޅުވި އެވެ.
އެޗްޕީއޭ އިން ބުނީ، ފައިލޭރިއާ ސްކްރީނިންއާ ގުޅޭ ސާވޭއެއް ކުރިއަށް ގެންދާ ކަމަށާއި އޭގެ ތަފްސީލު ހާމަކުރާނީ އެ ސާވޭ އެއްކޮށް ނިމުމުން ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި ވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ސްކްރީނިން ގެންދަން އެޗްޕީއޭ އިން ނިންމީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ރާއްޖެއިން ފައިލޭރިއާ ނައްތާލި ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. މި ސަރަހައްދުން އެ ޝަރަފު ދެން ހޯދާފައިވަނީ ސްރީ ލަންކާ އެވެ. ނަމަވެސް، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހެދި ރެންޑަމް ސްކްރީނިންއަކުން އެ ބަލި ޖެހިފައި ތިބި ބިދޭސީންތަކެއް ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
13 May 2024
އިންޑިޔާއަކީ ފައިފަލަ ބަލީގެ ހާއްޔެއް.
ކ.މާލެ
12 May 2024
ނެތެއްނުން ރައްކަލެއް.... ކާރުގައި ދިދަ ޖަހައިގެން ދުއްވިއެއްކަމަކު މިކަން ރަނގަޅުކޮއްލާ.....
އޮނަރަބްލް އަފީފު ދީދީ
12 May 2024
ދުނިޔޭގެ ސިއްޙަތުޖަމިއްޔާ WHO އާއި މިވާހަކަ ޙިއްސާކޮށްފިތޯ!؟ މިދިޔަ ބުރާސްފަތިދުވަހު (9-5-24) ގައި ޓެސްޓްކޮށް ފައިލޭރިއާ ބަލިހުރިކަންދެނެގަނެވުނު ބަލިމީހުންގެގައިން ފައިލޭރިޔާގެއަސަރު 3 ދުވަހުގެތެރޭގައި ނައްތާލިވާހަކަ އަންގާންވާނެ ނޫންތޯ. # މިކަމުން އެގުނުއެއްޗަކީ މިފަދަ ފެކްޓަރީތަކުގައިވެސް ސިއްޙީގޮތުންއަޅާންޖެހޭ ރަނގަޅުފިޔަވަޅު އަޅާފައިނެތްކަމާއި މެޑިކަލް އިންޝްއަރެންސް ހެއްދުމަށް ހަދާ މެޑިކަލްއަކީވެސް "ފައިސާދީފައިގަންނަ ކަރުދާސްގަނޑެއް" ކަން.
ކޮރަލް
12 May 2024
މެޑިކލް ނުހަދާ ރާއްޖެ ބިދޭސީން އެތެރެ ކުރި އިރު ހުރި ވެރިމީހާ ޒިންމާ ވާން ޖެހޭނެ އެވެ. އޭނަގެ މައްސަލަ ބަލަން ވީ އެވެ.
ބަދަ
12 May 2024
ކޫއްޑޫ މަސްފެކްޓުރީއަކީ ވަރަށް ކުރައުޑެޑް ތަނެއް .އެތަނުގެ ސާފްތާހިރުކަމާއި މުވައްޒަފުން ހާއްސަކޮށް ބިދޭސީ ލޭބަރުން އުޅޭތަންތަނަކީ ވަރަށް ދަށްފެންވަރުގެ އަންހައިޖެނިކު ތަންތަން އަދި މަދިރި ކޮންޓުރޯލް ނުކުރެވި ދުވާލުވެސް ބޭރުގަ އުޅެން އުދަގޫ ތަނެއް.
ފެކްޓަރީ24
12 May 2024
ފެކްތަރީތައް ރާއްޖޭން ބޭރުގަ އަޅަންވީ. ދިވެހީން މަސަކަތް ކުރަނީކީ ނޫން. ބޭރުމީހުން ގެނައުމުގެ ބަދަލުގައި އެގައުމުތަކުގައި ފެކްޓަރީ އެޅީމަ ވީނުން
ސަބުނަމް
12 May 2024
ތިކަން ހައްލުވާނީ ފިންގަޕުރިންޓު ނަގާ އެމީހުން ގަވައިދަށް ގަދަކަމުން ފައްތައިގެން.
އަލީވަހީދު
12 May 2024
ކުރީގައި ބުނާނެ ބޭރުމީހުން ނުގެންގުޅެވޭނޭ ސަރުކާރުތެރޭ އެކަމަކު ކޮނމެބަޔަކުވެރިކަމައްއަޔަސް އެއަންނަސަރުކާރެއްވަނީ ބޭރުމީހުންގެދަށު މިހާރު ބަލާ ތިބަލިޖެހިފަތިބަ އިންޑިޔާ ކިތައް މީހުން މިރާއްޖޭގައި އެބަތިބި ހަމަ ޭސްގުޅައެއްދީފަ ބުނަނީ ފަރުވާކޮއްފާ އަލުންވަޒީފާއައް ނިކުމެއްޖެކަމައްބަލަކޮއްމެސަރުކާރަކައްބަލަދުއަރާބަޔެއްތަ މިބިދޭސީން ކިހާބޮޑު ކަމެއް އެމީހުންގެ ގައުމައް އެމީހުންނުފޮނުވާތިއުޅެނީ ދިވެހިންތަކެއް ތިބަލީގެޝަކާރަޔަކައްނުހެދިގެން ހަދަންތަ