ޚަބަރު / ޔުނިސެފް

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިއްޔާ ސިއްހީ ނިޒާމް ފުނޑިދާނެ: މިނިސްޓްރީ

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތުގެ ޕީއެސް ސާމިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިއްޔާ ސިއްހީ ނިޒާމު ފުނޑިގެން ހިނގައިދާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔުނިސެފުން އިސް ނަގައިގެން ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން، "ދުޅަހެޔޮ ދިރިއުޅުމަކަށް ޖިސްމާނީ ހަރަކާތްތައް ހިންގުމުން"ގެ މައުލޫއަށް މިއަދު ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި، ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ވިދާޅުވީ ހުންނަން ޖެހޭ ވަރަށް ވުރެ ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބަރު ކަމަށެވެ.

އެއާއެކު، މި ސަރަހައްދުގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސާމިޔާ ވިދާޅުވި ގޮތުގައި ދިވެހިން ބަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ސިއްހަތަށް ނުރަނގަޅު އާދަތައް ގެންގުޅުމާއި ހަރަކާތްތެރިވެ ނޫޅުން ހިމެނެ އެވެ. އޭގެ ސަބަބުން މަސައްކަތް ކުރާ އުމުރުގެ މީހުން މަރުވެ ނުވަތަ އެތައް ވޭނެއް ތަހައްމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތުގެ ބައްޔާއި ކެންސަރާއި ހަކުރު ބަލި އަދި ފުއްޕާމޭގެ ބަލި އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި އާސަންދަ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަނީ، އެފަދަ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) އަށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"މި މަގުން ކުރިއަށް ދާނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެގެންދާނެ. މި ބަދަލު ގެންނަން މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ. އެކަމަކީ، މި ތަނުގައި ތިބި ކޮންމެ ފަރުދެއްގެ ހިސާބުން ފަށަން ޖެހޭ ކަމެއް،" ސާމިޔާ ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ކެއާއަށް އިންވެސްޓުކުރުމަކީ ފަރުދުންނާއި މުޖުތަމައުއަށް ރަނގަޅު އަދި ފައިދާ ނުކުންނާނެ ކަމެއްކަން ފާހަގަކުރައްވައި، ސާމިޔާ ވިދާޅުވީ، ރަނގަޅު ސިއްހަތުގެ މުހިއްމުކަން އެނގޭނީ އެ ނިއުމަތް ގެއްލުމުން ކަމަށެވެ. އެއީ އަމިއްލަ ނަފްސާއި ދަރިން އަދި އާއިލާގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ދުޅަހެޔޮ ދިރިއުޅުމެއް އިހުތިޔާރުކުރުމަކީ ޗޮއިސެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ ހަމައެކަނި އޮތް ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ އެންސީޑީ އިތުރުވުމުގެ އެއް ކަމަކީ ހަރަކާތްތެރިވެ ނޫޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ކަމަށެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ވަޒީފާގެ ބިޒީވުމުން އިށީނދެ ގިނަ ވަގުތު އިނުމުން ބަރުދަން އިތުރުވުމާއި އެންސީޑީ އިތުރުވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ޑރ. އެޑްވާޑް، އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެކަން ބަދަލުކޮށް ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރަން ފިޓްނެސް މިނިސްޓްރީން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން ރާއްޖެ ކަނޑައަޅާފައިވާ ޑރ. އެޑްވާޑް އަޑާއި ވިދާޅުވީ ހަށިގަނޑާ މެދު ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެ، ސިއްހީ ކަންކަމަށް ކުރާ ހޭދަ އިތުރުވަމުން ދާތީ އެޑްވާޑް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިނގައި ކަސްރަތުކުރަން ދެ ފައި ދެއްވާފައިވިއަސް އެގޮތަށް ކަންތައް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި، މީހުން ގިނައިން ކަނީ ޕްރޮސެސްކޮށްފައި ހުންނަ އެއްޗިއްސާއި ހަކުރު ގިނަ އެއްޗެހި ކަމަށް ވިދާޅުވި އެވެ.

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު ތޮލާލު (ވ) އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ މާ އުނދަގޫ ކަމެއް ނޫން. އެކަމަކު، ދިވެހިންނަކީ ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ބައެއް. އޭގެ ސަބަބުން ދިރިއުޅުމުގެ މުއްދަތު ކުރުވެގެން ދޭ،" އެޑްވާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިމްތަކާއި ކަސްރަތުކުރާ ތަންތަން ބަންދުކޮށްފި ނަމަ އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭނެ އެވެ. އެހެންވެ، ހަށިގަނޑު ހަރަކާތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ސަބަބުން ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބި، ނިދި ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ، އެޗްޕީއޭ އަދި ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓްރީއާ ގުޅިގެން ޔުނިސެފުން ވަނީ މީގެ ކުރިން މަޝްވަރާ ދެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެއީ ނިއުޓްރިޝަން އަދި އޮބޯސިޓީ އާއި ބަރުދަން އިތުރުވުމާ ގުޅޭގޮތުންނެވެ. ދުޅަހެޔޮ ދިރިއުޅުމަށް އަމާޒުކޮށް އަދި އިތުރު ދެ ބައްދަލުވުމެއް ބާއްވައި، އެ މަޝްވަރާތަކުން ފާހަގަވާ ކަންކަމަށް ކަރުދާހެއް ތައްޔާރުކުރާނެ ކަމަށް ޔުނިސެފުން ބުންޏެވެ.

26 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 38%
icon angry icon angry 38%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަކޮއި

04 June 2024

މާޝާ الله ހާދަ ރިވެތި ކަނބަލެކެވެ.

The name is already taken The name is available. Register?

މަގު

04 June 2024

މާލޭގެ ގިނަ ގޯޅިތައް ވެހިކަލަށް ނުވަދެވޭ ގޮތަށް ހަދާފަ ތަންކޮޅެއް ދުރުން ހިނގާފަ ގޮސް ތަންތަނަށް ވަދެވޭ ގޮތަށް ޕާކިންގ ހަދަންވީ. މަޖްބޫރުވީމަ ހިނގާނެ.

The name is already taken The name is available. Register?

ކަންނެތުން

04 June 2024

މިއީ މަސައްކަތުގެ ސަބަބުން ވާކަމެއް ނޫން. ޓެކްނޯލޮޖީގެ ސަބަބުންވެސް ވާކަމެއް ނޫން. ދިވެހިންގެ ކަންނެތްކަމާއި ގޮތެއްފޮތެއް ނެތުމާއި އަތުޖެހުނުހައި އެއްޗެއް ކައިބޮއި ހަދަން ފެށުމުން ދިމާވެގެން އުޅޭ ކަމެއްް. ތަންކޮޅެއް އަތްމަތި ދަތިވެފައި ބަނޑަށްޖެހިލާފައި އިހަށް އުޅުނު ގޮތަށް މަސައްކަތްކޮށްގެން ލާރި ހޯދަންޖެހުނީމާ މިކަން ހައްލުވެދާނެ. އެހެން ނޫނީ ކޮންމެ ވާހަކައެއް ދެއްކިޔަސް ދެނެއް ދިވެހިން އިސްލާހެއް ނުވާނެ.

The name is already taken The name is available. Register?

ބަގު

04 June 2024

ސިއްހީ ނިޒާމް ފުނޑެނީ، މިނިސްޓްރީގައި ތިބޭ ބޮޑުންގެ މާލީ މަންފާއަށް ރާއްޖެ އެތެރެކުރާ ފީކަޅާ ޑޮކްޓަރުންނާ ބޭހާ، އެމީހުން ހުއްދަ ދީގެން އެތެރެކުރާ ނުރައްކާތެރި ކާބޯތަކެއްޗާ ޕެސްޓްސައިޑްގެ ސަބަބުން ކޮންމެހެން އެހެންމީހުންގެ ލޮލުގަ އަނދުން އަޅުވަން އުޅޭނެކަމެއް ނެތް

The name is already taken The name is available. Register?

އާސަންދަ

04 June 2024

ބަލިވުމުން ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮއްދޭ.. އެހެންވީމާ ކޮން ކަމަކާ ހާސްވާންވީ..

The name is already taken The name is available. Register?

އެޑްމުންޑޯ

04 June 2024

އެނަރޖީ ޑްރިންކް އަކީ ސީދާ ކެންސަރަށް މަގުފަހިވާ އެއްޗެއް ، ކޮކާކޯލާ ފަދަ ބުއންތަކަކީ އިންތިހާ އަށް ހަކުރުގިނަ ހިތުގެ ބަލިތަކާއި ސްޓޯރޯކް ޖެހުމަށް މަގުފަހިވާ ޒާތުގެ ބުއިންތަށް ، އެކަމަކު ބަލާބަލަ އެހެރަ އިސްތިހާރު ކޮއްލާވަރު ، އެންމެ ކުޑަމިނުން ، އެގޮތަށް އިސްތިހާރު ކޮށްނުލެވޭގޮތެއްވެސް ސަރުކާރަކުން ނުހެދޭ ، ދެން ކޮންހާވާހަކަތަކެއް .

The name is already taken The name is available. Register?

އެޑްމުންޑޯ

04 June 2024

މިފަދަ ބައްދަލުންވައްތަށް ހަމައެކަނި ބޭއްވުމާއި ހުސްވާހަކަ ދެއްކުމަކުން އެކަނި ނުފެދޭ ، ސަރުކާރުން ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅާގެން ކުރިމަގުގައި ސިއްޙީސަލާމަތްތެރިކަން އޮތީ ، ދުނިޔޭގެ ގިނަގައުމުތަކުގައި ވޭޕްކުރުން މަނާކުރާއިރު ރާއްޖޭގައި ގޮތެއްފޮތެއްނެތް ، ގިނަގައުމުތަކުގެ ސްކޫލްކުދިންގެ އިންޓަވަލްފަދަ ކަންތަކަށް ސޮސޭޖް ގެންދިއުން މަނާ އިރު މިރާއްޖޭގެ ..... މާލޭގެ ހުސްތަންކޮޅެއްވިއްޔާ އިމާރާތް ހަދަނީ ، އެހެންގައުމުތަކުގެ ގްރީން އޭރިޔާ

The name is already taken The name is available. Register?

އައިމިނާ

03 June 2024

މަރުޙަބާ.

The name is already taken The name is available. Register?

އައިމިނާ

03 June 2024

ކަނޑައެޅިގެން އެނގި ތިބެ ވިޔަފާރި ވެރިން ރުއްސުމަށް ހަށިގަނޑަށް ގެއްލުން ހުރި ކާނާ އެތެރެކުރުމުގެ ހުއްދަ ސަރުކާރު ތަކުން ދެމުން ދަނީ.

The name is already taken The name is available. Register?

އައިމިނާ

03 June 2024

ހުސްބިމެއް އޮތިއްޔާމު ހުޅުމާލޭގަވެސް ކެފޭ ތަންތަން ހެދޭތޯ ބަލަނީ. އެތަނުގަވެސް އައުޓްޑޯޖިމެއް ހަދާކަށް ހިގާލެވޭ ގޮތަށް ޕާރކެއް ހަދާކަށް ނުވިސްނަވާ. ފްލެޓް ފުނި ފުންޏަށް އަޅާފަ އެއަށް ވާވަރަށް ކަސްރަތުކުރާނެ ބިންތަކެއް ކައިރި ހިސާބަކުން ނުދެއްކޭ. ދެރަކަންކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454