ޒައިދާންގެ ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، އޭނާގެ އާއިލާއާ މިއަދު ހަވާލުކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
03 ޖޫން 2024 - 19:50
ސިފައިންގެ ހައި ރިސްކް ޓްރެއިނިން އެއް ހަދަމުން ދަނިކޮށް މިޔަރެއް ދިން ހަމަލާގައި ރޭ ނިޔާވި ކޯޕްރަލް މުހައްމަދު ޒައިދާން، ރަސްމީ އިއްޒަތުގައި އޭނާގެ އުފަން ރަށް، ރ. އުނގޫފާރުގައި މިއަދު ވަޅުލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޒައިދާން، 23، ގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގެ ދެ ވަނަ ދަރަޖައިގައި ކަމަށެވެ. އެ ޖަނާޒާގައި ހަތް ބަޑީގެ ސަލާމެއް އެރުވި އެވެ.
ޒައިދާންގެ ޖަނާޒާގައި ހަތް ބަޑީގެ ސަލާމެއް އަރުވަނީ.-- ފޮޓޯ: އެމްއެންޑީއެފް
އޭނާ ނިޔާވީ ލ. މާވަށް ކައިރީގައި އޮތް ކަނޑުމަތީގެ ޓްރެއިނިންގައި ލިބުނު އަނިޔާތަކަށް، އެ އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ރޭ 8:40 ހާއިރެވެ. އޭގެ ފަހުން ޖަނާޒާ ބޭއްވުމަށް ޒައިދާންގެ ހަށިގަނޑު ވަނީ އުނގޫފާރަށް ގެންގޮސްފަ އެވެ.
ޒައިދާން ވަޅުލުމަށް ސަންދޯކުގައި ގެންދަނީ.-- ފޮޓޯ: އެމްއެންޑީއެފް
އެ އިދާރާއިން ބުނީ އަސްރު ނަމާދަށް ފަހު ބޭއްވި ޖަނާޒާގައި ނޮދަން އޭރިއާގެ ކޮމާންޑުގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ޝަރީފް އަދި އެ ތަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ އާއިލާއާ ބައްދަލުކުރައްވައި އެމްއެންޑީއެފުން ވަނީ ތައުޒިޔާ ކިޔައި، ޒައިދާންގެ ސަންދޯކުގައި އަޅާފައި އޮތް ގައުމީ ދިދަ، އެ އާއިލާއާ ހަވާލުކޮށްފަ އެވެ.
ޒައިދާން ނިޔާވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
04 June 2024
މި 19 ވަނަ މަޖްލިހުގައި ޖާބެ ދެއްކި ވާހަކަ! މިޔަރު ހިފާ އޭގެ އިގްތިސާދީ ފައިދާ ހޯދަން އެބަ ޖެހެއޭ!
ކާކީލް
04 June 2024
ހައިރިސްކް ޓްރޭނިންގ އޭ ކިޔާފަ މިޔަރު އައިނަކަށް ސިފައިން އަޅަންޖެހޭތަ!
ސޭކުބެ
04 June 2024
މި މިޔަރުގެ ސަބަބުންދިމާވެދާނެ ހިތާމައިގެ ވާހަކަ ދައްކާތާ ކިތަންމެ އަހަރެއްވެއްޖެ. މިޔަރުގެ އާބާދީ ބޮޑުވެ ފަތުރުވެރިކަމުގެ ސިނާޔަތަށް ނުރައްކާވެދާނެކަމުގެ އިހްސާސްކުރެވޭތީ އެވާހަކަވެސް ވަރަށް ދެއްކިއްޖެ. އަޅުގަޑަކީވެސް ފަތުރުވެރިކަން އިސްތިހާރުކުރުމާ މާރކެޓްކުރުމުގަ އުޅޭތާ ވަރަށްގިނަދުވަސްވީ މީހެއް. މިޔަރުގެ ނުރައްކާ ފަތުރުވެރިއަކަށް ކުރިމަތިވެއްޖެނަމަ ރާއްޖެއަށް އޮންނަ ޕޮސިޓިވް ވިސްނުން ނެގެޓިވްވާނެ. މީވަރަށް ވިސްނަންޖެހޭ ކަމެއް.
ހުސައިން ޢަބްދުﷲ
04 June 2024
ބަދަލު ހިފެން ޖެހޭނެ..މިޔަރު ހޯދާ މަރާލާ
ހާމިދު ޝާހިދު
04 June 2024
މިއަރު ބޭން ކުރަން މަޖްލިހަށް ގަރާރެއް ހުށަހަޅަން ފެނޭ. އެހެންނޫނީ ނުރައްކާތެރި މިއަރު ރާއްޖޭގައި އުޅޭކަމަށްވަނީނަމަ އެތަކެތި ހޯދާ އެތަކެތިން މިޔަރު ތެޔޮ ހަދާ ވިއްކައިގެން މުއްސަންދިވުމާއި، މިއަރު އަރަހަ އަގުބޮޑުކޮށް ޔޫރަޕަށް ވިއްކައިގެން މުއްސަންދި ވާންޖެހޭ. ޓޫރިސްޓުންނެއް ދެނެއް ރާއްޖެއަކަށް ނާންނާނެ. އެހެން ސިނާއަތްތައް ހޯދަންޖެހޭ.
ޟުހަނު..
03 June 2024
އަދިވެސ ދުވަސް ކޮޅަކަށް ނަމަވެސް މިޔަރު ބޭނާ ބޭރުކުރުމުގެ ހުއްދަ ދޭކަށް ނުވޭތަ؟
ވެންގަގޯ
03 June 2024
މީވަރަށް ހިތާމަވެރިކޮއް ހިނގާދިޔަ ހާދިސާއެއް މަރުހޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން. އާއިލާއަށް ކެއްތެރި ކަން ދެއްވާންދޭވެ އާމީން. މިކަހަލަ ތަމްރީނު ތަކުގައި ކުއްލިހާލަތުގައި ބޭނުން ކުރަން ރެސްކިއު އޮތުން ވަރަށް ވެސް މުހިންމުކަމަށް ފެނޭ.
ސާނިހާ
03 June 2024
މައްޔިތާގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާށި. ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން މުއިއްޒު އެބަޖެހޭދޯ ޓްރެއިނިންގ އަށް ފޮނުވަނީ މިޔަރުގެ ނުރައްކާ ނެތް ތަންތަނަށް ކަން ޔަގީން ކުރަން.
ޖަމީލުބެ
03 June 2024
اللهم اغفر له وارحمه
ލާމަސީލު
03 June 2024
މިވީ 15 ވަރަކަށް އަހަރުވެއްޖެ ތިބުނާ މިޔަރު ހިމާޔަތްކޮށްގެން އުޅޭތާ. ގައިމު ހުންނާނީ ލައްކަ އާބާދީ ބޮޑުވެފަތާދޯ. ދެން މިޔަރުހިފާ އޭގެއިން މަސްވެރިންނަށް ނަފާހޯދުމުގެ ހުއްދަ ދޭންވެއްޖެ.
ާާހަޅަނގު
04 June 2024
މިޔަރު ހިފިގޮތުގެ ތަފުސީލް ވަރަށް މުހިއްމު ކަމަށް ފެނޭ