ތަގުވާ މިސްކިތުގައި ހުރި ފަންކާއެއް ވަގަށް ގެންދާ ވީޑިއޯގެ ސްކްރީންޝޮޓެއް.
25 ޖޫން 2024 - 10:52
މާލޭގައި ހުންނަ އީދު މިސްކިތުން ފަންކާތަކެއްގެ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ވައްކަންތަކާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން ޕޯސްޓުތައް ކޮށްފައި ވެސް ވެ އެވެ.
މާލޭގެ ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވީޑިއޯ މިދިޔަ އެޕްރީލް މަހު ފުލުހުން އާންމުކުރި އެވެ. ތިން ރޭ މަތިން އެ މިސްކިތުން ހަ ފަންކާ ވަގަށް ގެންދިޔަ އެވެ. އަދި އެ މީހާ ވަނީ ފަހުން ހައްޔަރު ވެސް ކޮށްފަ އެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، އެ މީހާ ވަނީ އެހެން ބައެއް މިސްކިތްތަކުން ވެސް ފަންކާ ވަގަށް ނަގައިފަ އެވެ. އަދި އެ ފަންކާތައް ފުލުހުންނަށް ހޯދުނީ ވިއްކާލި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
26 June 2024
''ފަންކާ ވަގެއް'' މީތި ވަރަށް ސަޅި.
އަހަންމާ ޖޫނިއަރ
25 June 2024
ވަގަށް ނަގާ ފަންކާތައް ގަންނަ ބަޔަކު ވެސް އެބައުޅޭ، ބަންގާޅީންގެ އަައްޑާތަކުން ވަގާ ނަގާތަކެތި ގަނެފައި ދިވެހީންނަށް އެބަ ވިއްްކާ. މި އައްޑާތައް ވެސް ހުއްޓުވަން އެބަޖެހޭ. ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަތަކަށް ޙައްލެއް ނުގެނެސް ތިޔައިގެން އެއްވެސް ކަމެއް ޙައްލެއް ނުވާނެ.
ފާރިޝް އަޙްމަދު
25 June 2024
ތީގެން އެކަކުގެ އަތް ކަނޑާލަބަލަ، ދެން ވައްކަން ކުރަން ކެރޭތޯބަލަން.
ފާނަކޮށި
25 June 2024
އެތައްފަހަރަކު ވައްކަން ކުރިޔަސް ތިޔަވަގުކަލޭގެ ފޮޓޯއާއި ވަނަވަރެއް ޢާއްމުނުރަނީ ކީއްވެގެންތޯ؟
އެނގިއްޖެތަ؟
25 June 2024
ގައުމީ ސަލާމަތަށްހުރި ނުރައްކަލަކަށްވާތީ