ޚަބަރު / އެމްޑީޕީ

ޒާތީ ކަންކަން އެއްފަރާތްކޮށް ދެ ރައީސުން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމުގެ އިޝާރާތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު: ޒާތީ ކަންކަން އެއް ފަރާތްކޮށް އެމްޑީޕީގެ ކުރިމަގަށް ދެ ރައީސުން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޒާތީ މައްސަލަތައް އެއް ފަރާތްކޮށް، އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ދައުވަތަށް، ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދު ކުރައްވައިފި އެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، އެކުގައި ޕާޓީ ފަށައިގެން ކުރިއަށް ދިޔަ ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

އެމްޑީޕީގެ ދެ ވަނަ ވެރިކަން ގެއްލިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެމްޑީޕީން ބަޔަކު ވަކިވެގެން ޑިމޮކްރެޓްސް އުފައްދައިގެން މަސައްކަތް ކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިން އެކުގައި ފަށައިގަތް މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށާއި އެ ބޭފުޅުން ވެސް އެކުގައި މަސައްކަތް ކުރަން އެނބުރި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެހެންނޫނީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަނެއްކާ މިއީ އެކަމާ މެދު އެ ބޭފުޅުން ވެސް ވިސްނަންވީ ވަގުތު. އަޅުގަނޑުމެން އެންމެންގެ ޕާޓީ މިއީ. އަޅުގަނޑުމެން އެންމެން އެކީގައި ވަޑައިގަންނަވަންވީ ހަމަ. ޒާތީ އޭރު އެ ހުރި މައްސަލަތައް އެކަހެރި ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު: ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ ދެއްވާފައި. -- ފޮޓޯ: މަޖިލިސް

އެކަމަށް ތާއީދު ކުރައްވައި ސިޔާސީ ދާއިރާގައި މިހާރު ދުރުގައި ހުންނެވި ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިބޫ ވިދާޅުވި މިސްރާބަށް އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުންމީދު އެމަނިކުފާނުގެ އެބައޮތް ކަމަށެވެ.

"ތި ވިދާޅުވި މިސްރާބް އަޅުގަނޑުމެން އެންމެނަށް ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ދެ ރައީސުން ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވި އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ވަކިން ވާދަކުރިނަމަވެސް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް ވަކި ކޮޅަކަށް ތާއީދު ނުކުރިނަމަވެސް، ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ ޕީއެންސީއަށެވެ.

34 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗަކޮއި

27 June 2024

ދެ ރައީސުން ގުޅިގެން ބޭލޭނީ އިސްތަށި..

The name is already taken The name is available. Register?

އަހައްމަދޫ

27 June 2024

ދެން ތި2 މީހުން އިންނާނޭ ކަމެއްނެތް. ރައްޔިތުން ނަށް ފުދިއްޖެ. އިތުރުވެސް ވެއްޖެ. ދެން ތި 2 މީހުން އަނެއްކާ ގުޅިގެން ނާޗަރަންގީ ނުކުޅުނަސް ވަރިހަމަ. ތި 2 މީހުނާ ޔާމީނާ މަޑުމަޑުން ތިބޭ

The name is already taken The name is available. Register?

ކަހަންމަދު

27 June 2024

އަހައްމަދޫ..ކަލޭމެން ޔާމީނަށް މިއަދު އެއްޗެހި ކިޔާފަ މާދަމާ ނޫންކަމެއް ނޭނގެ ޔާމީނާ ޕީއެންސީ އެކުވާނީ އިބޫއާ އަންނި އެކުވި ގޮތަށް. އެއްގޮތަކަށް ހިނގާ ޕާޓީތަކެއް ތިއީ.

The name is already taken The name is available. Register?

ފޮނިޓައްްޕު ހަސަނު

27 June 2024

ރައްޔިތުން މިތިބީ ތިޔަ ދެރައީސުން ދެކެ ބޮޑުފޫހިން ފޫހިވެފަ. މިރާއްޖެއަކު ނެތް ގައުމަށް ހެޔޮ އެދޭ އެއްމެ ސިޔާސީ މީހެއް ވެސް. މުޅިން ވެސް ތިބީ ...

The name is already taken The name is available. Register?

އަބްދުލްޢަނީ

27 June 2024

އެހެން އެކަންކުރިީ ހަމަ ރައްޔިތުން. ކަރަޕްޓުނޫން ފަސްބައި ސާފު އަޙުލާގާ ބަސްމަގު ރިވެތި ކިތައް މީހުން މިދިޔަ ދައުރުތަކުގަ މަޖިލީހަށް ކުރިމަތިލިތަ؟ ވޯޓެއް ދިންމީހަކު އުޅޭ؟

The name is already taken The name is available. Register?

އައްޑޫ1234

27 June 2024

އެމްޑީޕީގެ ކަމަކީ ފިތުނަ އުފެއްދުން

The name is already taken The name is available. Register?

ދައިގަންނަގުރާ

27 June 2024

ތި ދެމީހުންނަށް ކެރޭނެތަ ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގަ ނުހިފާ އަންބުރާ ދައުލަތަށް އެ ދޭން؟ މާލީ ހާލަތު ވަރަށް ދަށޯ!

The name is already taken The name is available. Register?

ޝޮކްތެރްޕީ

27 June 2024

2 މީހުންވެސް ސިޔާސީ ދާއިރަަ ދޫކޮއްލަންވީ. ރަައްޖެެއް އެމްމެ ފައިދާ ބޮޑީ އޭރުން.

The name is already taken The name is available. Register?

އެމެރިކާ

27 June 2024

އެމްޑީޕީ ގައުމު އިދަޖަސްސާލީ

The name is already taken The name is available. Register?

ހަސަންވަރަށްކުރުސީ

26 June 2024

ދެން ކިތަންމެ ވަރަކަށް ގުޅިގެން ކާށިނާށިހެން ފިތިބާރުވެގެން ތިއްބަސް ކުރާނެކަމެއްނެތް. ވަގުތު ފާއިތުވެއްޖެ.ރައްޔިތުންގެ ވިސްނުން ބަދަލުވެއްވެ. އެމްޑީޕީގެ ސަރުކާރަކުން ރާއްޖޭގެ ޓޯޓަލް ރައްޔިތުންނަށް ކުރިއެރުމެއް ނުލިބުނު. އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް ރާއްޖޭގެ މުއްސަދިކަންބަހާލީ. ރައްޔިތުން ނޯކޮންފިޑެންސް ވޯޓެއްނަގާ މިއޮތީ އައުޓްޑޭޓޮކޮށްފަ.

The name is already taken The name is available. Register?

ކަނު

27 June 2024

ރާއްޖޭގެ ސިޔާސީ މައިދާނަކީ ކޮންމެފަދަ ގޮތަކަށްވެސް އެންބުރިދާނެ އެއްޗެއް. މައުމޫނު ދަމައި ބަލުވައި އެމްޑީޕީގެނައި. ނަޝީދު ވެރިކަންވައްޓާ ބޭރުކޮށް އަނެއްކާ ޕީޕީއެމް ގެނައި. އެވެރިކަން އަނިޔާވެރިކަމަށް ބުނެ ދެން ގެނައީ އެމްޑީޕީ! މިފަހަރު ގައުމު އިންޑިޔާއަށް ދީފިއޭ ކިޔައި މިގެނައީ ޕީއެންސީ. އެހެންވީމާ ތިޔަހެން ބުނުން ހޯހޯ! ދިވެހިންނަކީ ވަރަށް އަވަހަށް ނަށައިގަންނަ ބައެއް! މިވެރިކަން ނިމޭއިރު އަނެއްކާވެސް އެމްޑީޕީ ވިދާލުން އެއީ ނުވެދާނެކަމެއްނޫން!

The name is already taken The name is available. Register?

ޝާމިލު

26 June 2024

ވައުދު ނުފުއްދާ ގައުމު ދަރުވާލާ ކޮރަޕްޝަން ހާއްޔަކަށް ނިމިދިޔަ އެމްޑީޕީގެ ވެރިކަން ބަދަލުވެ. ބޮޑާކަމާއި ކިބުރުވިކަން އިސްކޮށް ބަސްނާހާ ރައްޔިތުންނަށް ޖެއްސުންކޮށް ކަންކަން ސިއްރު ކުރަން އުޅުމާއި އޮޅުވާލަން އުޅުނީމާ އެމްޑީޕީ އާއި އިބޫއަށް ރައްޔިތުން ނޫނެކޭ ބުނީ. ކޮވިޑު ތެރޭގައި ވަނީ ރައްޔިތުންނަށް އިހުމާލުވެ އެތައް ގެއްލުމެއްދީފާ. އެތައް އާއިލާތަކަށް ވަނީ އިންސާފު ނުލިބި.

The name is already taken The name is available. Register?

ށަސ1

26 June 2024

ކަލޭމެން 2 މީހުން ފިތުނަފަސާދަ ނުއުފައްދާ މައިތިރިވެގެން ތިބެބަލަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454