ވިޔަފާރި / ކެފޭ/ރެސްޓޯރެންޓް

ޕެވިލިއަން ލަސްވަނީ ފްރެންޗައިޒްތަކުގެ މިންގަނޑަށް ތަން ހަދާތީ: ބްރަދާޒް ކޭޓަރިން

ރަސްފަންނުގައި ހަދާ ޕެވިލިއަން. އެތަނުގެ މަސައްކަތް އަންނަ މަހު އަލުން ފަށާނެ ކަމަށް ބްރަދާސް ކޭޓަރިން އިން ބުނި. - ފޮޓޯ: މިހާރު

23 ފެބުރުއަރީ 2017 - 15:32

ރަސްފަންނުގައި ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓްތަކާ އެކު ހުޅުވަން ހަމަޖައްސާފައިވާ ޕެވިލިއަންގެ މަސައްކަތް ލަސްވަނީ އެތަނުގައި ހުޅުވާ ރެސްޓޯރަންޓުތަކުން ބޭނުންވާ މިންގަނޑުތަކަށް ފައްތަން އިތުރު މަސައްކަތްތަކެއް ކުރާތީ ކަމަށް ޕެވިލިއަން ތަރައްގީ ކުރަމުން އަންނަ ބްރަދާސް ކޭޓަރިން އިން މިއަދު ބުނެފި އެވެ.

ޕެވިލިއަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ބްރަދާސް ކޭޓަރިންގެ ފަރާތުން ވާހަކަ ދެއްކެވި ހުސެއިން ހިލްމީ ވިދާޅުވީ ކޮންމެ ފްރެންޗައިޒެއްގައި އަމިއްލަ މިންގަނޑުތަކެއް ހުންނައިރު، އެ ބަޔަކު ބޭނުންވާ ފެންވަރަށް ޕެވިލިއަން އިމާރާތްކޮށް ނިންމަން ބޭނުންވާ ކަމަށެވެ.

އެ ގޮތުން އިމާރާތުގެ އޮނިގަނޑު ހަދާފައި، މަސައްކަތް އެއްކޮށް ނިންމާލުމުގެ ކުރިން އެއްވެސް ބަދަލެއް ގެންނަން ޖެހޭތޯ ފްރެންޗައިޒްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ކުރެހުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްފަންނުގައި ހަދާ ޕެވިލިއަން. މި ތަން އިމާރާތް ކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައި. - ފޮޓޯ: މިހާރު

"މިތަނުގައި އެއްވެސް މަސައްކަތެއް ނުކުރިޔަސް، މީގެ މަސައްކަތްތަކެއް ހިނގަމުން ދަނީ، ޕްލޭނިން އާއި ކުރެހުންތައް ހޯދުމުގެ ކަންކަން ކުރަމުން މިދަނީ،" ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވި ގޮތުގައި ޕެވިލިއަން އިމާރާތް ކުރުމުގެ މަސައްކަތް މާޗު މަހުގެ ފަހު ކޮޅު ފަށައި، ތިން މަސް ތެރޭގައި ނިންމާލުމަކީ އެ ކުންފުނީގެ އުންމީދެކެވެ. އަދި ޕެވިލިއަން ހުޅުވާއިރު، މަޝްހޫރު ދެ ރެސްޓޯރަންޓް ކަމަށްވާ ޕިއްޒާ ހަޓާއި ކޭއެފްސީގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެވިލިއަންގެ މަތީ ބުރި. އެ ތަން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމަން ބްރަދާސް ކޭޓަރިން އިން ވަނީ އަމާޒު ހިފާފައި. - ފޮޓޯ: މިހާރު

"އިތުރު ފްރެންޗައިޒްތައް ގެންނަން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެން ފައްޓާނީ ކޭއެފްސީ އާއި ޕިއްޒާ ހަޓާ އެކު،" ރާއްޖެއަށް ފްރެންޗައިޒްތައް ގެންނަން މަސައްކަތް ކުރާ ގެމަ ކާސްޓަވޭ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަންކަން ވެސް ކުރައްވާ ހިލްމީ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި މަޝްހޫރު ރެސްޓޯރަންޓުތަކުގެ ހިދުމަތް ލިބުމަށް ގިނަ ބަޔަކު އެދެ އެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް ގެންނަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވެސް ވިދާޅުވީ ޕެވިލިއަން ނުނިމި ދިގުލައިގެން ދިޔައީ ޑިޒައިނަށް ބަދަލު ގެނެސް، ރެސްޓޯރަންޓުތަކުން ބޭނުންވާ މިންގަނޑުތަކަށް ފައްތަންޖެހޭތީ ކަމަށެވެ.

"މަސައްކަތް ދިގުލައިގެން ދިޔަ ކަމަށް ގަބޫލުކުރަން، އެކަމަކު މީގެ ނަތީޖާއަކަށްވާނީ ރައްޔިތުންނަށް ވީހާވެސް ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް ގެނައުން،" ފަޒުލް ވިދާޅުވި އެވެ.

ރަސްފަންނުގައި ހަދާ ޕެވިލިއަން. ޕެވިލިއަން ރޭނުގެ ބޮޑު ބައެއް ވަނީ ނިމިފައި. -- ފޮޓޯ: މިހާރު

މިދިޔަ ފެބްރުއަރީ މަހު ރަސްފަންނު ހުޅުވިއިރު ޕެވިލިއަންގެ މަސައްކަތެއް ނުނިމެ އެވެ. ދެ ބުރި އަށް ހަދާ ޕެވިލިއަން ރޭނުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހަދާ އެ ތަން ހަ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން އޭރު ލަފާކުރި ނަމަވެސް އެ ތަން ތަރައްގީ ކުރާނެ ރަނގަޅު ބަޔަކު ހޯދުމަށް އެމްޑަބްލިއުއެސްސީން އެކި ފަހަރުމަތިން އިއުލާނުކުރި އެވެ. ޕެވިލިއަން ތަރައްގީކޮށް 10 އަހަރު ދުވަހަށް ހިންގަން ބްރަދާސް ކޭޓަރިންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454