ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ތިން ދައުރަކަށް ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އަވަށްޓެރި އެހެން ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ޖުލައި 2024 - 11:26
ރައީސް ޑރ. މުހައްމަދު މުއިއްޒު،ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އެނގިފައި ވެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ލަންކާގެ ރައީސް ރަނިލް ރާއްޖެ ވަޑައިގަތެވެ.
ރައީސް، ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު، މިދިޔަ މަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޒަމީރު ވެސް ވަނީ ލަންކާގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ.
އެ ދަތުރުގައި ޒަމީރު ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދުބެ.
11 July 2024
ރައިސް, ފުލެޓްލިބޭ މީހުން ޔަގީންކޮށްދީބަށް, އެކަންތަކާއި ވިސްނާ ވިސްނާ މިހާރު ބޯގޮވަން ކާރިވެއްޖެ, އެކި އެކި އަޑުތަށް އިވޭތީ, ގުޅުންހުރި މިނިސްޓްރީގެ ތެރެއިން ހަމަ އެއަޑުތަށް މިއަންނަނީ. ވާނުވާގައި ނުބަހަޢްޓާ މިކަން ނިންމާލަދީ, ފުލެޓްގެ އިންތިޒާރުގަ އަބަދަށް.
ހުސެއިން ޝާމް
11 July 2024
ލަންކާ ރައްޔިތުންގެ އިގްތިސާދީ ޙާލަތުު ރަގަޅުވޭތޯ ދުޢާ ކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެމެވެ.
އެލޮކޮސް
11 July 2024
ބަނޑަށްޖެހިފައި އޮތްގަމަކަށް ދަތުރުކުރާކަށް ނުފެނޭ ސަބަބަކީ ލާރީގެ ތާށިކަން، ސައުދީ ކުވެއިތް ބަހްރޭން، ޤަތަރަށް ދިއުން ބުއްދިވެރި!
އީޒާން އަލީ
11 July 2024
ފެނިގެން މިދަނީ ރަނގަޅު ހާރިޖީ ސިޔާސަތެއް ރައީސް މުއިއްޒް ގެންގުޅޭތަން. އެއްވެސް ގައުމަކާ ގުޅުން ނުކަޑާ ކުރިޔަށް ދާތަން.
ސައްދާމް އަލީ
11 July 2024
މި ރައީސް މިގައުމު ހަމަޔަކަށް އަޅުވާ ގައުމު އިސްލާހް ކުރަން ގިނަ ފިޔަވަޅު އަޅާނެ. ލަންކާ ކަހަލަ މިކަހަލަ ސިޓުއޭޝަނަކުން އިބުރަތް ހޯދާނެ.
ލިހާޒް މުހުސިން
11 July 2024
ހީވޭތަ ކަމެއްހެން. ގައުމު ހަމަޔަކަށް އަޅުވަން ރައީސް މުއިއްޒް ހުރިހާ ކަމެއް ކުރާނެ.
ބަނގުރޫޓު
11 July 2024
ޤައުމު ބަނގުރޫޓު ކުރާ ގޮތުގެ ކްރޭޝް ކޯސް އެއް ނަގަން ދޯ؟
އުނަރުބެ ބނޑދ
11 July 2024
ތި ދަތުރު ނުކުރުމައްގޮވާލަން ދިވެއްސެއްގެ ހައިސިއްޔަތުން އެއީ ބޭކާރު ހަރަދަކައްވާތީ ..........
ފޫހި
11 July 2024
ބަލަ މިދަޑިވަޅުގާ ލަންކާޔައްދިޔުމަކީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން ލަންކާއިން އެއްވެސް ރިޓާންއެއް ލިބޭނީކީނުން . އަދި މިހާތަނަށް ލަން ކާއިން ދިވެހިދައުލަތައްލިބުނު އެއްޗެއްވެސް ނޯންނާނެ . ރިސޯޓުތަކުން ލިބީ ހުރިހާ ޑޯލަރެއް ގެންދަނީ ލަންކާ މުވައްޒަފުން އެމީހުން ތިބޭ ރިސޯޓަކުން މުޅިންވެސް ގެން ނާނީ ލަންކާ މީހުން ދިވެހިންނަށް ޗާންސުނުދޭނެ
މުންހިދު
11 July 2024
ލަންކާގައި ދިރި އުޅޭދިވެހިންނަށް ހާއްސަ ފަސޭހަގޮތްތަކެއް ލަންކާ ސަރުކާރުން ހަދާދީފައިވާއިރު ވެސް ދިވެހިން ލަންކާގައި އުޅެނީ ވަރަށް ހަޑިކޮށް. ދިވެހިން ގައުމުތަކުގައި އުޅޭއިރު ރާއްޖޭގެ ނަން ރީތިވާނޭގޮތަށް އުޅުމަށް ދިވެހިްނނަށް ދަސްކޮއްދޭންޖެހޭ.