އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 ޖުލައި 2024 - 11:20
އެމްޑީޕީގެ ސަރުކާރުގައި ލޯނެއް ނަގައިގެން ކުރި މަސައްކަތެއް ވިއްޔާ ފެންނަން ހުންނާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަށް ކުރީގެ ސަރުކާރުގެ ރަނގަޅު ވާހަކަ ނޫނީ ނުދެއްކޭ ކަމަށެވެ. އެކަމަކު، މުޅިން ވެސް ދައްކަނީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކޮށްދީފައި ހުރި ކަންކަން ގޯސް ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން ގައުމުގެ ދަރަނި ދުވަހަކު ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގެ ވެރިން ދައްކާ ވާހަކަތައް ރައްދު ދެއްވުމުގެ ގޮތުންނެވެ.
"އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުން މި ގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ. މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ. އެ ނޫން އެއްވެސް ކަމެއް ވެގެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޑީޕީން އޭރު ކުރި މަސައްކަތުން މުސްކުޅި މަންމަ، ބައްޕަ އަށް އެބަ ލިބޭ 5،000ރ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ އެކަނިވެރި މައިންނަށް ފައިސާ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފައިސާ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ ފޮތްފަންސޫރު ހިލޭ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ އަގުހެޔޮކޮށް ކަރަންޓު. ދެން ލިބޭނެ ކަމަކަށް ނުފެނޭ."
އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީގެ ސީއީއޯއަކަށް ކުރިން ހުންނެވިއިރު، ފެށި އާރުޓީއެލް ފެރީގެ ހިދުމަތާ އެކު ދަތުރުފަތުރުގެ ބޮޑު ފަސޭހައެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބުނު ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އާންމު މީހާ އަށް ފަސޭހަވާނެ މި ކަހަލަ އެތައް ކަމެއް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އެމީހުންނަށް [މިހާރުގެ ސަރުކާރަށް] ދެއްކެން އޮތް ވާހަކަ އަކީ ވެސް ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން ވާހަކައެއް ނުދެއްކޭނެ: އާޒިމް
"މިއަދު އެމީހުންނަށް [މިހާރުގެ ސަރުކާރަށް] ދެއްކެން އޮތް ވާހަކަ އަކީ ވެސް ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން ވާހަކައެއް ނުދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޕީން ވެރިކަމުގައި ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުންނާނީ ވަރަށް ރަނގަޅަށް ކަމަށާއި އޭރު ފެށި މަސައްކަތް ކުރިއަރުވާ ތަރައްގީކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ހިލޭ ގޯތި ލިބުނީ ވެސް އެމްޑީޕީގެ ހެޔޮ ވިސްނުމުގެ ސަބަބުން ކަމަށެވެ. ކުރީގެ ސަރުކާރުގެ ވެރިކަން ނިމުމުގެ ކުރިން މާލޭ މީހުންނަށް ދިން ގޯތިތަކުގެ ލިޔުން ހަވާލުކޮށް، އެއްބަސްވުންތައް ނުހެދި ނަމަ މިހާރު އެ ތަންތަން ވެސް އަތުލާނެ ކަމަށާއި މި ސަރުކާރަށް އުޅެނީ ހިއްކާފައި ހުރި ބިންތަކުން ވެސް ގޯތިތައް އަދިވެސް ހަވާލު ނުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އެމްޑީޕީން ލޯނެއް ނަގައިގެން ކުރި މަސައްކަތެއް ވެއްޖިއްޔާ ފެންނަން ހުންނާނެ،" އާޒިމް ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށަކަށް ނޭރޭނެ މިއަދު އެމްޑީޕީގެ ތަރައްގީގެ މައްޗަށް ނޫނިއްޔާ. އެރޭކަށް ނޯންނާނެ. އެ ބޭފުޅުން އަރާ. ކުރީ ސަރުކާރުގެ މަސައްކަތް ފެންނަން އޮންނާނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
06 October 2024
އެމްޑީޕީގެ ފިކުރަކީ ފޭރޭ ފިކުރު، ގައުމު ފަނާކުރާ ފިކުރު، ކޮރަޕްޝަންގެ ފިކުރު، ލާދީނީ ފިކުރު. އެއީ ގައުމު ފުންއަނދަވަޅަކަށް ވައްޓާލި ބައެއް. ދެން ތިބައިގަނޑު ވެރިކަމަށް އާދެވޭނެކަމަށް ޤަބޫލެއް ނުކުރަން.
ތައްޓޭ
14 September 2024
ދަރަނި ވަނީވެސް އަހަރެމެން ސަރުކާރަކަށް ޑިމާންޑު ކުރާތީ އަންނަ ކޮންމެ ސަރުކާރަކަށް ޑިމާންޑު ކުރާނަމަ ދަރަނިވާނެ ދަރަނި ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން ދަރަނި މެނޭޖުކުރަން އިގޭނަމަ މިހާރު ދިމާ ވެގެން މިއުޅެނީ ދަތިތަށް ކުރިމަތިނުވާނެ، މިވެރިކަމުގައި އިސްރާފު އިންތިހާއަށް ބޮޑުވުމީ ދަރަނި މެނޭޖު ނުކުރެވޭ ސަބަބު މިދިޔަ ކުރީގެސަރުކާރުން ނެގި ދަރަނީގެ ބޮޑު ބައެއް ވަނީ ރާއްޖޭގެ ރަށްތަކުގެ ބޮޑު % ތަރަށްގީ ކޮށްފައި
ހޮސެން
10 September 2024
ތިޖޫރީ ތަކުން ވަރަސް ރަނގަޅަށް އެކަން ފެންނަން އެބައޮތް
ގަލޮޅު ކުޑޭ
07 September 2024
އާޒިމު އެ ވިދާލުވަނީ ހެޔޮކޮށް. . ބަލާލި ކޮންމި ދިމާލަކުން ފެންނަން އޮތީ ދަރަނި . ފުނިފުންޏަށް ދަރަނި ގައުމު ސަލާމަތް ނުވާވަރަށް ދަރަނި .
ނޭވާހޮޅި
07 September 2024
އެންމެ ގިނައިން ފެންނަން ހުރީ ވެންތިލޭޓަރު.
ހުސެއިން ޝާމް
15 July 2024
އެމްޑީޕީ އުފެދުނީ 2007 ގަ .ދެން އޭގެ ކުރީގަ ދިވެހިން ހަމަ އެއްކަމެއް ނުކޮށް ތިބީ.ވެލާނާގޭ އިބްރާހިމް ނާސިރު، ރައީސް މައުމޫނު އަބުދުލް ގައްޔޫމް .މުހުއްމަދު ނަޝީދު ،ޑޮކްޓަރ މުހުއްމަދު ވަހީދު .އަބުދުﷲ ޔާމީިން އަބުދުލް ގައްޔޫމް.މިއެންމެ ބޭފުޅުންވެސް މަސައްކަތް ކުރޭ .ތިިވާހަކަ ތިދައްކާ މީހުންނަކީ ރާއްޖެ ދޫކޮށްގޮސް ބޭރުގަ ތިބެ އަގަ އަރުވާ މީހުން. މާކަންތައް ބޮޑު ކުރާނަމަ މިސަރުކާރުން ޓެކްސް ނަގަން ދިމާ ކޮށްފިއްޔާ އޮންނާނެ ރާކަނި މަސްކެވިފަ.
ހުސެއިްން ޝާމް
15 July 2024
އެމް.ޑީޕީން ކުރި މަސައްކަތެއް ދައްކާބަލަ .މީގެ 50 އަހަރުކުރިން ހުރިހާ މަސައްކަތެއް ކުރެއްވީ ދިވެހި ރައްޔިތުން .ޕާޓީ އުފެއްދި ފަރާތް ދުނިޔޭގަ ނެތްނަމަ އޮޅުވާ ލެވުނީސް .މޮޅުވާހަކަ ނުދައްކާތި .ފައިސަލް ނަސީމުގެ މަސައްކަތަކީ ހިލާލީގޭ އިދެގެން ގުރުއާން ކިޔެވުން .އަޅުގަނޑުމެންގެ އިސްލާމިކް މިނިސަޓަރ އަޅުގަނޑުމެން އުޅޭނޫޅޭ ބަލަން ކަޅު ބިއްލޫރި ޖަހައިގެން ދުއަވާތަން އެމްޑީޕީ އަކަށް ނުފެންނާނެ. މާކަންތައް ބޮޑުކުރާނމަ އާސަންދަ އުވާލާނީ..
ދާއިންް
14 July 2024
އެމްޑީޕީ ކަމެއް ކުރިއްޔާ ކުރީ ރައްޔިތުންގެ ބޮލުގަ ދަރަނިއަޅުވަން. ގައުމަށް ފައިދާވާ އަދި އަންނަން އޮތް ޖީލްތަކަށްވެސް ފައިދާވާނެ ކަމެއް ކޮށްފައެއްނެތް.
ޖައިލަ،މްް
14 July 2024
ރައީސް ޔާމީން ނެގި ދަރަނިން ކުރި ކަންތަށް ފެނުނު. އަދި ނެގި ލޯންތަށް ދައްކާނެ ނިޒާމްއެއް ގާއިމްކޮށްފަ ތިޔާގި ރިޒާވްއަކާއެކު ދައުލަތް ހަވާލުކުރި. ދެން ފާއިތުވެދިޔަ 4 ރައީސުންގެ ދަރަނި އެއްކުރީމަވާވަރަށް ގައުމު ދަރުވައިގެން ކުރި އެއްކަމެއްވެސް ދައްކަބަލަ. ނެދެއްކޭނެ.
މަސީހްް
14 July 2024
މިއީ އެއްވެސްކަހަލަ ލަދެއްވެސް ހުރި ބަޔެއްނޫނޭ. މިމީހުން ދައުލަތް ބަނގުރޫޓްވާވަރުކޮށްފަ މިކިޔަނީ ތިމަންނަމެން ކަންކޮށްދިނީމޭ. ދުވަހަކު ތިހެން ކަމެއް ނުކޮށްދިނަސް ހެޔޮ