ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތައް އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ހަވާލުކޮށް ދެއްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
14 ޖުލައި 2024 - 12:35
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރީ 54 ކާރާއި ހަތަރު ވޭނެވެ. އެއީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ގެ އަގުހުރި ވެހިކަލްތަކެވެ. އެ ތަކެތި ދިވެހި ފުލުހުންނާ ހަވާލުކުރީ އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ އެވެ. އަދި ރާއްޖެއިން އެ ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތައް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.
އެކަން ކުރެވޭނީ މިހާރު ހުރި ވަސީލަތްތަކަށް ވުރެ ރަނގަޅު ވަސީލަތްތައް ގާއިމްކުރެވިގެން ކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ ޖަޕާން ސަރުކާރުން ފުލުހުންނަށް ހަދިޔާކުރި އުޅަނދުތަކާއެކު، މަގުމަތީގެ ހަމަޖެހުން ގާއިމްކުރަން ކުރާ މަސައްކަތް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އުޅަނދުތަކާ ރާއްޖެއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ކުށްކުރުން އިތުރު ވަމުން އަންނައިރު، އޮޕަރޭޝަންތައް ހިންގުމަށް ފުލުހުންގެ ގާބިލްކަން އިތުރުކުރުން މުހިންމު. ފުލުހުންނަށް ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް އިތުބާރާއި ޔަގީންކަން ލިބިގެން ދާނެ،" ސީޕީ ވިދާޅުވި އެވެ.
ޖަޕާނުގެ ސަފީރު މިޑޯރީ ވިދާޅުވީ އެ ވެހިކަލްތަކުގެ އިތުރުން ވެސް އެހެނިހެން ވަސީލަތްތައް އެ ގައުމުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު މިޑޯރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭގެ ތެރޭގައި އޮޕަލޭޝަނަލް ވެހިކަލާއި މެޓަލް ޑިޓެކްޓަރާއި ލޭސަރާއި ޕެސެންޖާ ކްރާފްޓާއި ރަބާ އިންފްރޭޓެބްލް ބޯޓާއި ޑައިވިން ކުރާ ސާމާނު އަދި މެޓަލް ޑިޓެކްޓާސް ކުރިއަށް އޮތް ތަނުގައި ހަދިޔާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެކުރިން ޖަޕާނުން ވަނީ އެމްއެންޑީއެފާއި ކަސްޓަމްސަށް ވެސް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
15 July 2024
މިހިރަ މިހިރަ ކާރުތަކާއި ސައިކަލުތައް ދިވެހި ފުލުހުންނަށް ބޭރު ސަރުކާރުތަކުންނާއި އަމިއްލަ ކުންފުނިތަކުން ނުދޭކަމަށް ވަންޏާ ފުލުހުން އުޅޭނީ ހިނގާފަ ކަންނޭގެ.
ހާފުސީ
14 July 2024
މިހާރު ތިޔަވީ ވިދާޅުވި ކަންކަމެއްނޫންތާ. ތިޔަ އިތުރުވީ ޖެނެރަލުންގެ އިއްޒަތްތެރިކަން ފުރިހަމަ ވުމަށް ލިބިވަޑައިގެންނެވި ސާމާނު ތަކެއްކަމަށްވުން ނޫންތޯކައިރީ. ތިމާވެށިބހަލާކުކޮށް މާލެތަރެ ތޮއްޖެހުމަށް އިތުރުވި ސާމާނު ތަކަކަށް.
ޖަގޭ
14 July 2024
ދައުލަތުގެ މާލިއްޔާއަށް ބޮޑުތަނުން ޚަރަދު ކުޑަވާނެ ފަހުގެ އީ ކާރު ހޯދުމުން އެކަމަށް ވިސްނުން ވަރަށް ރަގަޅުވާނެ
މާމިނގިލީ ޒާހިރު
14 July 2024
އަދި ކިރިޔާ މި އެގުނީ ކުއްކުރުން އިތުރުވެ މަގުމަތި ނުބެލެހެއްޓި، ޤަވާޢިދާ ޚިލާފަށް ވެހިކަލް ދުއްވާ މައްސަލަ ނުބެލެހެއްޓިގެން އުޅެނީ ވެހިކަލް މަދުވެގެން ކަން.
ދެރަ ކަންކަން
14 July 2024
ތިވެހިކަލްތަކުގައި ރީނދޫ ބޯޑު ޖަހައިގެން ޓެކްސީ ނުކޮށްފިއްޔާ ރަގަޅު.. އެހާވެސް ޓެކްސީކުރާ ފުލުހުންނާ ސިފައިން ގިނަވެއްޖެ..
މިއައުޒި
14 July 2024
ބިޓު ގޮވައިން ދުއްވަން ދެން އުޅޭ. ކޮލެޖް ތަކަށް ޑްރޮޕް ކުރުމާ މިކަން ކަން
ނިޒީމު11
14 July 2024
ތިޔަ ވެހިކަލްތަކުގަ ނިޒާމު ހޯދަން ކޮމިޝަނަރާ ފުލުހުންގެ އިސް އޮފިސަރުން ނުކުންނަންވީނު މެންދުރުގަޑިއަށް ރެސްޓޯރަންޓުން ރަނގަޅަށް ކާލައިގެން.
ވެހިކަލް
14 July 2024
ފުލުހުންނަށް ގިނަވެގެން ދުއްވޭނެ ވެހިކަލްގެ އަދަދު ކަޑައަޅަންޖެހޭ. މިކަމާ ޓްރާންސްޕޯޓް މިނިސްޓްރީން ގޮތެއް ނިންމަންޖެހޭނެ.
ހައްވާ ޖަރީމާ
14 July 2024
ކާރެއް މިލިއަނަކަށް؟ ބޮޑުވަރު ދޯ؟ ހިލޭދިނަކަސް ވާހާކަ މިބުނީ. 60 މިލިއަން ރުފިޔާއަށް 30 އާއިލާއަށް 2 ކޮޓަރީގެ އެޕާޓްމެންޓް ހޯދަދެވޭނެ. ފުލުހުން ފިނިބުރުއަޅަން ދުއްވުމަށްވުރެ މާ ރަނގަޅުދޯ؟
ހުސެއިން ޝާމް
14 July 2024
ޖަޕާނު ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭކަލުންނަށް އަޅާދެއްވަން ފައްޓަވާފައިވާ ޢިމާރާތް ނުނިމޭނަމަ އަޅުގަނޑު ފުރައިގެން އިޒްރޭލުގެ އިއްޒަތްތެރި ޕްރައިމިނިސްޓަރ އަށް ދަންނަވައިގެން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށަން ޖެހިދާނެ .ތިބޭފުޅުން އެބޭފުޅުން އުޅުއްވާ ހާލު ގާތުން ބަލަންވީނުން. ސިފައިންނާ ފުލުހުން އުޅޭ ފްލެޓް ވަރަށް ވީކުކޮށް ހުރީ .މާކަންތައް ބޮޑު ކުރާނަމަ ފޮޓޯލީކު ކޮށްލަފާނެ ބަޔަކު.ސިފައިންގެ ތަންތަން ކެމެރާ ކުރުން މަނާވާނެ.