15 ޖުލައި 2024 - 19:50
ފެނަކަ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އެއްވެސް މާލީ ބަޔާންތަކެއް ހިއްސާ ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކަ ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށެވެ.
ނަމަވެސް އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އެ ކުންފުނި ހަތަރު ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި އެކަންކަން ހިނގާފައި ވަނީ މިހާރުގެ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީގެ ދައުރުގެ ތެރޭގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ މީގެ ކުރިން ހަދާފައިވާ ފައިނޭންޝިއަލް އޮޑިޓްތަކުގައި ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ފާހަގަ ކޮށްފައިވާ ކަމަށެވެ.
ފެނަކަ ކުންފުނީގެ އޮޑިޓް ހަދަން ބަލާއިރު މިދިޔަ ދެ އަހަރު ވެސް އެ ކުންފުނިން މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނަރަލް އިބްރާހިމް ފަޒީލް ވިދާޅުވި ގޮތުގައި އެ އޮފީހުން އޮޑިޓްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކްސްޓާނަލް އޮޑިޓަރުން ރިޕޯޓު ހުށަހެޅުމުންނެވެ.
ނަމަވެސް ފެނަކައިގެ މާލީ ބަޔާންތައް އެކްސްޓާނަލް އޮޑިޓަރުން އަތަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް މި އުޅެނީ 2021 ގެ މާލީ ބަޔާންތައް ނުލިބިގެން. އެކްސްޓާނަލް އޮޑިޓަރު އަތަށް ވެސް އޭތި ނުލިބިގެން. އެ މަސައްކަތް ކުރެވުނީމާ އެ ރިވިއު ކުރިޔަށް ގެންދާ ގޮތަށް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބައެއް އެހެން މުއައްސަސާތަކުން ވެސް އޮޑިޓާ ޖެނެރްގެ އޮފީހުގެ މަސައްކަތަށް ލިޔެކިޔުންތައް ހިއްސާ ކުރަން ދެކޮޅު ހަދާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން ބައެއް ގާނޫނުގެ ދަށުން ސިއްރު ކުރަން ޖެހޭ ކަމަށް ބުނެ އޮޑިޓަ ޖެނެރަލްގެ އޮފީހާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށާއި އެކަން ހައްލު ކޮށްދިނުމަށް ވެސް އެ އޮފީހުން ވަނީ މަޖިލީހުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިލީސް
21 July 2024
އޮޑިޓަރ ޖެނެރަލް އަށް ޤާނޫނުން ލިބިވަޑައިގަންނަވާ ބާރު މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަނާޅާތީ ޤާނޫނީ ބާރު ނެތީތޯއެވެ؟ އަދި ވޭތުވެދިޔަ 3 އަހަރު ދުވަހު ބުރަކި ޖެހިފަ އެވަނީ ގާކޮށިން އޭރު ނިޔާޒީ އަށް ލިބިފަވާ ފުލެޓް ގެއްލިދާނެތީ ތޯއެވެ؟
ގައިސް
18 July 2024
ދެން ކީއްވެފަ ތި ތިބީ.އަވަހަށް އިބޫމެންގޭދޮށަށް ދޭބަލަ ހޯދަން އެއެއްނުނކަލޭމެންގެ ބަފަޔަކީ
އުދުހޭ
16 July 2024
2021 ވަނަ އަހަރު ދައްކަން ޖެހޭ ވާހަކަ ނުދައްކާ ތިބެފައި 2024 ގަ ދައްކަންޖެހުނީ ކީއްވެ؟ 3 އަހަރު ވެގެން ދިޔައިރު އޯޑިޓަރޖެނެރަލް އޮންނެވީ ކޯމާގަތޯ؟
މަކުތަބުއްސުކޫން
16 July 2024
އޮޑިޓަރ ޖެނެރަލް އާއި އޭސީސީން ފެނަކައިގެ ވާހަކަ މިއަދު މާ ބާރުލާފަ މި ދައްކަނީ ކީއްވެތޯ؟ އޭސީސީ އާއި އޮޑިޓް އޮފީހަށް ޤާނޫނީ ބާރެއް ދީފަ ކުރިން ނެތީތޯ ކަންކަން ބަލާ ގޯސްކޮށްހުރި ކަންކަން ރަނގަޅުކުރަން. ނޫނީ މާ ފެންމައްޗަށް އަރައިގެން އުޅޭ މީހުން މައިތިރި ކުރެވޭނެ ބާރު ގާނޫނުގައި ނެތީތޯ؟ ނޫނީ އޭރު އެވާހަކަ ނުދެއްކީ ހިހޫތަނުން ކާލައިގެން މަޑުތަންމަތީގަ ނިދާލައިގެން ތިބެންވެގެންތޯ. މިހާރު ކޮން ވާހަކައެއްތޯ ތިދައްކަނީ. ތިތިބެނީ ނުފޫޒުގަ ޖެހިފަ.
ސިކުނޑި
16 July 2024
އެމީހުން ދައްކަނީއެއްނޫން، އެމީހުން ލައްވާ ދައްކުވަނީ މިޖިލީހަށް ހާޒިރުކޮށްގެން! މިސަރުކާރުން ގިނަ ކަންކަން ކޮށްނިންމާލަނީ ވާހަކައިން! ޢަމަލީ ސިފައެއްނާދޭ! އެއަށް އަހަރުމެން ކިޔައިއުޅެނީ ހޮޅިވާހަކަ ދެއްކުން! ފޮނިބައިސާ ކެނޑުން ނުވަތަ އަޅިބުރުވުން!
ސޫދާ ސޮބްރީ
16 July 2024
ވައްކަން ފޮރުވަން ހިންގާފަ ހުރި ކަންކަން މިއޮތް ފަޅާ އަރަނީ.
އަމާދު ސޯލިހް
16 July 2024
ދެން ކީކޭ އެމްޑީޕީ ކުދިން ބުނާނީ؟ މިއޮއް ފެންނަނީ ޖަރީމާ
މުހައްމަދު ޝައްމޫން
16 July 2024
ފެނޭތަ މިދިޔަ ސަރުކާރުން ހިންގި ޖަރީމާތައް؟ ލަދުވެތި
މުހައްމަދު ސަނީހް
16 July 2024
ދަރަނި އަރުވާފަ ކުންފުނިތައް ބަގުރޫޓް ކުރި ވެރިކަމެއް މިދިޔަ 5 އަހަރަކީ
އަފާފް ސައީދު
16 July 2024
ދައުލަތުގެ ބައެއް އިދާރާތަކުން އޮޑިޓާ ޖެނެރަލްގެ އޮފީހާ ލިޔެކިޔުންތައް ހިއްސާކުރަން ފަސްޖެހުމަކީ ކުރީގެ ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ވައްކަން ކުރި ކަމުގެ ހެކި
މަފާޡް ސަލީމް
16 July 2024
މިހެންވެ މަ އެމްޑީޕީއަށް ވޯޓް ނުދިނީ. ބޮޑު ވަރު މިއީ