މ. މުލި: ކައުންސިލުން ބުނީ އެ ރަށުން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނު ކަމަށް.-- ފޮޓޯ: އެމްޓީސިސީ
18 ޖުލައި 2024 - 15:59
މ. މުލިން ކަރަންޓް ކެނޑިފައި އޮންނަތާ އެއް ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށުގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ އިއްޔެ ހެނދުނު އެވެ. އަދިވެސް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
މުލި ކައުންސިލް މެމްބަރު އަހްމަދު ސާކިފް ވިދާޅުވީ އިއްޔެ ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓަށް ހައްލެއް ނުލިބޭ ކަމަށް ސާކިފް ވިދާޅުވި އެވެ.
"ދިމާވެގެން އުޅެނީ ކޮން މައްސަލައެއްކަން ދެނެނުގަނެވޭ. އެކަމަކު މަސައްކަތް ކުރޭ އެބަ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓަށް ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 600 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އާބާދީގައި 1،500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އެ ރަށުގައި ކަރަންޓު ހިދުމަތް މެދުކެނޑުމުން އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާކަން ފާހަގަ ކުރައްވައި، ސާކިފް ވިދާޅުވީ ރޭ ގިނަ ރައްޔިތުން އުޅުނީ ނުނިދާ ކަމަށެވެ. އެހެންވެ، ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ހާލުގައި މި އުޅެނީ. އިއްޔެއިން ފެށިގެން ކޮންމެހެން ކަރަންޓު ދޭން ޖެހޭ ތަންތަނަށް، ހޮސްޕިޓަލް ކަހަލަ ތަންތަން، ބަހާލައިގެން ދެމުން މި ގެންދަނީ، ބައި ގަޑިއިރުން ބައި ގަޑިއިރުން،" ސާކިފް ވިދާޅުވި އެވެ.
ސާކިފް ވިދާޅުވީ އެ ރަށު ކަރަންޓު މައްސަލަ ދިމާވާތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. އެކަން ފެނަކައިގެ އިސް ވެރިން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ މައްސަލައެއް ދިމާވެދާނެކަން މީގެ ކުރިން ފެނަކައިގެ އިސް ބޭފުޅުން މިކޮޅަށް ވަޑައިގެން ދަތުރެއްގައި ދެއްކެވި ވާހަކަތަކުން ވެސް އެނގުނި. އޭރު އެ ބޭފުޅުން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހާލަތު މިހާރު ހުރި އެންމެ ގޯސް ތަންތަނުގެ ތެރޭގައި މުލި ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އެ ރަށަށް ކުރިން ގެންގޮސްފައި ހުރި އާ ޖެނެރޭޓަރެއްވެސް އެބަހުރި ކަމަށާއި ނަމަވެސް އަދިވެސް ބޭނުންކުރަނީ ކުރީގެ ބާ ޖަނަރޭޓަރު ކަމަށެވެ. ނަމަވެސް މިހާރު ދަނީ އާ ޖެންސެޓް ގުޅައިގެން މުޅި ރަށަށް ކަަރަންޓު ދިނުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 July 2024
ފުޅިބައްތި ނެތީތަ؟
ނުނން
18 July 2024
މިވެސްކުރީ ސަރުކާރުކަމެއްތަ ؟؟؟؟؟
މުލީ މީހާ
18 July 2024
ފެނަކައިން ތިޔަ ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް ޖަނަރޭޓަރ ސެޓަކީ މިކުދިން ގެނެސްސަހުރިއެއްޗެއް އެ އިންސްޓޯނުކޮށް ބާރެއް އަވީގަހުރީ ބޭނުންކުރަމުން ދިޔަ ޖ. ސެޓް އެއްކޮށް ހަލާކުވީމަ އަތޮޅުގެ އެހެންރަށަކުން ބަޔަކު ގެނެސް އައު ޖ ސެޓްގެ ރޫޅާގެން ބާއެތި ހަދަން މަސައްކަތްކުރަނީ މިހާރުވަނީ އައުސެޓުގެ ރޭޑިއޭޓަރު ނަގާފަ
އަބްޑޫޅް +
19 July 2024
ދިވެހި ބަހުން ލިޔެގަ.
އަފްރާސިޔާބު
18 July 2024
އާ ޖެނެރޭޓަރު ސެޓަކީ ޚިޔާނާތުގެ ފައިސާ އިން ހޯދާފައިވާ އެއްޗެއް. އެހެންވެގެން ނުގުޅެއް އުޅެނީ. ކުރީގެ އެއްޗެހި އޯވަހޯލް ކުރަން އުޅޭތީ ރުޅިއައީ ޖެންސެޓް.
މުދިނަބެ
18 July 2024
މުލީގައި މީން ދުވަހަކު ގަރުދިޔަ އާއި ބަތް ކެއި މީހަކު ނެތުމުން ރަށަށް ލިބޭ ގެއްލުން އެބަފެނޭތަ.
ރަންނަ
18 July 2024
ކުރީ ސަރުކާރުން އާޖެންސެޓް ނުގުޅުމީވަ ކީކަމެއްކަމަށްވާނީ.
ޖޭމުގޭ އަހައްމާދީ
18 July 2024
ފުޅި ބައްތިއާ ހަނޑަސްބުރިއަށް ތިރިވެލަންވީ ވަގުތު މިއީ.
ކުރީ
18 July 2024
މީ ކުރީ ސަރުކާރު ކަމެއް