ގދ. ގައްދޫ: އެ ރަށުގައި، އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އަންނަނީ ބަލަމުން. .-- ފޮޓޯ: ވިޒިޓް ގައްދޫ
22 ޖުލައި 2024 - 12:44
ގދ. ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާގެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.
މިދިޔަ މޭ މަހު، 12 އަހަރުގެ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ 61 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ފެންމަތިވި ރަށުގައި އާންމުންގެ ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރު ކުރަން ގޮވާލައި ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy