އެހެން މައްސަލައެއްގައި ތުހުމަތުވާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.-- ފައިލް ފޮޓޯ: މިހާރު
17 މެއި 2023 - 09:35
ޖިންސީ ފުރައްސާރަކޮށް މީހެއްގެ ނުރުހުމުގައި ގަޔަށް އަތްލިކަމުގެ ތުހުމަތަށް އިންޑިއާ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފި އެވެ.
މުހުތާރު އަންސަރީ، 22، އަށް ކޮށްފައިވާ ތުހުމަތަކީ ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި ގައިގައި އަތްލުމެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ. އޭނާ ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައި ކަނޑައަޅާފައިވެ އެވެ.
އެކި މައްސަލަތަކުގައި ރާއްޖޭގައި ހައްޔަރުކުރާ އިންޑިއާ މީހުންނަށް ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައި އެބަހުއްޓެވެ. މިދިޔަ ފެބްރުއަރީ މަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް އިމިގްރޭޝަނުން އޭނާ ޑީޕޯޓް ވެސް ކޮށްލި އެވެ.
އޭނާ ޑީޕޯޓްކޮށްލީ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުންޏަސް ޕީޖީން ބުނީ އިމިގްރޭޝަނަށް އެކަން އެންގި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތޭލި
17 May 2023
ކުޑަކުޑަ ކުދިން ގޮވައިގެންދާއިރު މިއިންޑިޔާ މީހުންނާއި ބަންގާޅިން އެކުދިންނަށް ކަޅިއަޅައިގެން ތިބޭގޮތުން ހާދަ ރުޅިއެއް އާދެޔޭ. ހިތަށް ގެނެެވެނީ ކްރައިމްޕެޓްރޯލް އެޕިސޯޑްތައް. ހިތަށް ލޯފަމައިގަންނަން. ކަމާކަންފަށާ ކުޑަކުދިންނަށް ބަލަން މިމީހުން ސްކޫލް ނިމޭ ގަޑީގައި އެތަންތަނަށްވެސް އެބަދޭ.
ފޮނިފޮނިޓައްޕު ކުމާރު
17 May 2023
އިންޑިޔާގެ އަޅުވެތިކަމުގާ އޮންނަހާހިނދަކު އެމީހުންގެ މައްޗަކަށް އަމުރެއް ގާނޫނެއް ގަވާއިދެއް ނުހިނގާނެ.
މޮހިތު
17 May 2023
އިންޑިޔާ އައުޓް! ކެމްޕޭން ކުރާނެ ސިޔާސީ ކުއްޖަކުވެސް ނެތީތޯ؟ ލާރިކޮޅު ހޯދައިގެން ފިލާ މިތިބީ...!؟
ހަސަން ކުރުސް
18 May 2023
ފައިސާއަށް ނަފުސު ވިއްކާ ވޯޓު ވިއްކާ އަޅުންނަށް ހީވާނީ ތިހެން.
އިޙްސާސް.
17 May 2023
ތިބޭފުޅުންނަކަށް މިޤައުމުގަ ކުށެއްކުރިޔަސް ދެވޭ އަދަބެއް އޮވޭބާ؟ ކޯޓުން ޙުކުމް ކުރިޔަސް ނުކުރިޔަސް އެމީހުން ހެވިފަ ދާނީ ރަށަށް. އެކަމަކު ދަންނާތި މިނޫނަސް ދުވަހެއް އެބައޮތްކަން. އެދުވަހަކު ތިފަދަ މުޖުރިމުން ހިމާޔަތް ކުރާކަށް ސަރުކާރެއް ވަޟައީ ޤާނޫނެއް ނޯންނާނެކަން.