25 ޖުލައި 2024 - 08:29
ދުނިޔޭގެ ތާރީހުގައި މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ކަމަށް މިދިޔަ އާދީއްތަ ދުވަސް ރެކޯޑް ކުރެވިފައި ވަނިކޮށް، ޖެހިގެން އައި ހޯމަ ދުވަހު އެއަށްވުރެ ހޫނު ގަދަވެ އާ ރެކޯޑެއް ގާއިމުވެފައިވާ ކަމަށް ޔޫރަޕުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
ކޮޕޭނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް)ގެ ވަގުތީ ޑޭޓާތައް ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ހޫނުމިން ހުރީ 17.15 ޑިގްރީސް ސެލްސިއަސް ނުވަތަ 62.9 ޑިގްރީސް ފެރެންހައިޓްގަ އެވެ.
މިއީ ދުނިޔޭގެ ތާރީހުގައި އެންމެ ހޫނަ ގަދަ ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވުނު، އޭގެ ކުރީ ދުވަހަށް ވުރެ 0.06 ސެލްސިއަސް މަތި އަދަދެކެވެ.
"މިއީ ސީދާ ކްލައިމެޓް ސައިންސުން ބުނަމުން އައި ވާހަކަ. ތިމާވެއްޓަށް ނުވިސްނައި ތެލާއި ވިހަ ގޭސް ބޭރުކުރުމުގެ ނަތީޖާ މި ފެންނަނީ،" ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ކްލައިމެޓް ސައިންޓިސްޓް ޖޮއިސް ކިމުޓައި އޭއެފްޕީ ނޫހަށް ބުންޏެވެ.
މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ބޮޑުވަމުން އަންނަ އިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ހޫނުމިން ވަނީ ރެކޯޑު މިންވަރަކަށް އުފުލިފަ އެވެ. ހޫނުގަދަވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވެސް ވަނީ މަރުވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާ އާއި ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި މެކްސިކޯގައި ވެސް އާދަޔާ ހިލާފަށް ހޫނު ގަދަވެ އެތައް ބަޔަކު މަރުވެފަ އެވެ.
މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީހުގައި އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އިރު، މި އަހަރު އެ ރެކޯޑު އާވާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަތީގު
25 July 2024
ބޭކާރު ވާހަކަ, ޝަރިޔަތް ގާއިމް ކޮށް އަންހެން ވެރިން މޫނު ބުރުގާ އަޅުވަ ބަލަ, ޔަގީން ރަނގަޅުވާނެކަން
ހަސަންހުސެން
25 July 2024
ކަރަންޓުބިލް ކިހާވަރަކުންދާނެބާ
ރަނގަޅުތަ؟
25 July 2024
"17.15 ޑިގްރީސް ސެލްސިއަސް ނުވަތަ 62.9 ޑިގްރީސް ފެރެންހައިޓްގަ" ރަނގަޅު ކޮއްލާ
ގެދާނޯމޮސް
25 July 2024
ރާއްޖޭގެ ތާޜީހުންވެސް އެންމެ ބޭކާރު ފައިސާ ޚަރަދު ކޮށްފަވަނީ ކްލައިމެޓް ޖަލްސާތަކަށެވެ.
ގައިސް
25 July 2024
17.15 އެއީ ވަރައް ފިނި އިނގޭތޯ
ކުއްލިޔަކަށް
25 July 2024
ތިޔަ ރެކޯޑު ބަލާނެކަމެއް ނެތް، އަދަށް ވުރެ މާދަން އުޅޭނީ މަތީގައި، އެމެރިކާއާ ޗައިނާއާ ޖަޕާނާ އެތައް މިތަނުން އަންދާ ގޭހާ ބުރުވާ ދުމުން ދުނިޔެ މިއޮތީ ހުލިވާން ގާތުގައި ، ﷲ އަށް ތަގުވާވެރިވެ ގިޔާމަތަށް ތައްޔާރުވާންވީ، ގިޔާމަތްވާނީ ކުއްލިޔަކަށް ކަމަށް ބުނެވޭ
ކުއްލިއަކަށްވިއަސް
25 July 2024
ގިޔާމަތްވުމުގެ ކުރިން ފެންނާނެ އެތައް އަލާމާތްތަކެއްވޭ. އެ އަލާމާތްތައް އެނގޭނީ ދީނީ ކަންކަން އެނގެން ބޭނުންވެގެން އެކަންކަން އެނގޭތޯ ބެލީމަ. މިހާރު މިއޮތީ ދުނިޔޭގެ ކޮންމެ ތަނެއްގަ ހިނގާ ގިނަ ކަންކަމުގެ ޚަބަރުތައް ހޯދޭ ގޮތަށް. ކަންކަން ހިނގަން ފަށައިފިތޯއާ އެތަނުން ކިހާ ކަމެއް ހިނގައިފިތޯ ބެލޭ ގޮތަށް އޮތީ. ސީދާ ގިޔާމަތްވާނެ ދުވަސް ނޭނގޭނެނަމަވެސް އެދުވަސް ކައިރިވާކަން ދެނެގަނެވޭނެ ގޮތަށް ފަހު ޒަމާނުގައި ހިނގާނެ ކަންކަން އަންގަވާފަ ވަނީ.