މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ: މާލޭގެ މަގުތަކުގައި މިހާރު ދުއްވާ ބަސްތަކާ ހެދި ޓްރެފިކް ތޮއްޖެހުން ބޮޑު. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ޖުލައި 2024 - 11:49
މާލޭގެ މަގުތަކުގައި މިހާރު ދުއްވާ ބޮޑެތި ބަސްތަކުގެ ބަދަލުގައި، ޓްރެފިކަށް ލުއިވާ ގޮތަށް މިނީ ބަސްތަކާ އެކު ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ގިނަ ދަތުރުތައް މިހާރު ކުރަނީ ޑަބަލް ޑެކާ ބަސްތަކުގަ އެވެ. މަގުތަކުގެ ބޮޑު ޖާގައެއް ބޭނުންވާ މި ބަސްތަކުގެ ސަަބަބުން ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ދިމާވެ ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.
މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގައި މާލޭގެ ޓްރެފިކް ކޮންޓްރޯލްކޮށް މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވެ އެވެ.
އޭގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ދުއްވަން އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ ނުވަތަ ބަސް ދަތުރުކުރާ މިންވަރު އިތުރުކުރަން ވަނީ ނިންމައިފަ އެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން 36 މިނީ ބަސް ރާއްޖެ ގެނަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. އެއީ 20 މީހުންގެ ޖާގައިގެ، ފުރުޅުލީ ގޮނޑިއަށް ވެސް ހާއްސަ ޖާގަ ހުންނަ ބަސްތަކެކެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތައް 24 ގަޑިއިރު ދޭ ގޮތަށް ބަދަލުކުރީ މިދިޔަ އަހަރު އެވެ. އެ ދަތުރު ތަކުގައި ޑަބަލް ޑެކާ ބަސްތައް ވެސް ބޭނުން ކުރެ އެވެ. އެ ބަސްތަކަކީ 90 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ދެން ބޭނުން ކުރަނީ 30 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް ފެށިއިރު ގިނަ ބަޔަކު ބޭނުން ކުރަމުންއައި ނަމަވެސް ބަސްތައް ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރެވޭތީ ބޭނުންކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވަސް ކުރޭ
27 July 2024
މަގު މަތިން ދިމާ ކޮއް ހެދުމެއް ނެތަސް. މީހުން އަބުރާ ބެހުމާ މީހުންގެ އަގު ވައްޓާލާ. ބުލީ ކުރުން ވަރަށް ގިނަ ވެއްޖެ، ސޯސަލް މީޑިއާ ގަ. ސައިބާ ބުލީން ވަރައް ގިނަ. މިނިސްޓަރް މިކަމައް ހައްލެއް ގެނަސްދީ..
ރަދުން
26 July 2024
ސިފައިންގެ މާހައުލް ތަފާތުވާނެ މަނިކުފާނު ފުރަތަމަ ރައްޔިތުންނަށް ޓްރެއިނިންގ ދީ ތަރުބިއްޔަތުކުރޭ.
ހަގީގީމަައްސަލަ
26 July 2024
ހުރިހާ އެއްޗެއް ކުރެޑިޓަށް ލިބޭ. ގައުމަށް ގެއްލުންވާ އެއްޗަކުން ޓެކުހެއް ނުނެގޭ. މާލޭގައި އުޅޭ ކޮންމެ މީހެއްގެ އަތުގައި ސައިކަލެއް ހުރޭ. މާލޭގެ ކޮންމެ ގެއެއްގައި 2-3 ކާރު އޮވޭ. މިއިން އެއްޗެއް ބާއްވާލާނެ ތަނެއް މާލޭގެ ގެއަކު ނުހުރޭ. ހުރިހާ އެއްޗެހިތައް ހުންނަނީ މަގުމަތީގައި. މިއިން އެއްވެސްކަމަކަށް ގާނޫނެއް ހަދައި ތަންފީޒެއް ނުކުރެވޭ. މިއީ ހަގީގީ މައްސަލައަކީ. މިކަންތަކާއިމެދު ވިސްނަންވީނު؟
ވައްޑެ އަބޯ
26 July 2024
24 ގަޑިއިރު ބަހެއް ދަތުރެއް ނުކުރޭ
ންރަފާ
26 July 2024
ބަރަދާ 24 ގަޑިއިރު ބަސް ދަތުރުކުރޭ
ޝަމްމޫން
25 July 2024
އަސްލުވެސް ބަސްތަކުގެ ސައިޒް ކުޑަ ކުރަންޖެހޭ
ބަސްބަސް
25 July 2024
އެއް ބަސް ފުރުމުން ވަގުތުން އަނެއް ބަސް ފުރިގެން ނޭރުނު ސްޓޮޕަށް ޑިސްޕެޗް ކުރާ ގޮތަށް ހަދާ. އެއީ އެންމެ އެފިޝަންޓް ގޮތް
އިގްތިސޯދު
25 July 2024
ކޮންތާކުންހޭ ލާރި ހޯދަނީ؟ އިގްތިސޯދޭ؟
ޥާނުވާ
25 July 2024
ޢަޅެ މިކަމެއް ފަށާއިރު ނޭގެނީތަ އެކަށޭނަ ބަސްތަކެއް ނޫންކަން.
ލާމް
26 July 2024
ނޫނީ ވެދާނެ މި ހާރު މިހިރަ ބަސްތައް މި ވަގުތަށް އެންމެ ސަރުކާރުގަ ނުފޫޒް ގަދަކޮށް އުޅޭ ބައެއްގެ އަތޮޅުތަކަށް ބަދަލު ކޮށް މިނީ ބަސް ގެންނަން ނިންމާ އެ ބަޖެޓުން ބައެއްޖީބަށް ބައެއް އަޅާލަނީ ކަމަށް ވެސް. މީ ޢާއްމުކޮށް މި ރާއްޖޭގަ ކަންތައް ދާ އުސޫލު
ކުޑާދަނު
25 July 2024
މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތައް 24 ގަޑިއިރުދެނީ ހަފްތާގެ ކޮން ދުވަހެއްގާތޯއެވެ؟
ޖޫންޖުލައި
26 July 2024
އޭވްރީޑޭ ސަރ
ވަނދު
25 July 2024
ބޮޑު ބަސްތައް ތިދުއްވަނީ ބޮޑު މަގުތަކުގައި. ކުދި ބަސްތައް ދުއްވަން ފެށީމަ ވެހިކަލް ގިނަވުން ނޫން ކަމެއް ނުވާނެ