އއ. ރަސްދޫ: ރަސްދޫގައި ރަޖިސްޓްރީނުކޮށް ހިންގާ ސްޕާއެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ތިން ބިދޭސީން ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ބަޖެޓް ހޮލިޑޭސް
26 ޖުލައި 2024 - 21:30
އއ. ރަސްދޫގައި ރަޖިސްޓްރީނުކޮށް ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ރަސްދޫގެ ސާހިލްގޭގައި ސްޕާއެއްގެ ނަމުގައި ހިންގަމުން އަންނަ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ސްޕާ ބަލައި ފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ އަންހެނެއް އަދި 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުގެ އެކަކު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އިތުރު ތަފުސީލެއް ވެސް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަރޯގާއަލިބެ
28 July 2024
މިގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ ގަވާއިދާއި ގާނުނު ތަންފީޒު ކުރަންޖެހޭ ފަރާތްތައް ޒަމާންތަކަކަށް ފެއިލް ކޮރްޕްޓު ފެފައިތިބު. ކުށްވެރިންނާއި ކުށްކުރުން ހުއްޓުވާ އަދަބުދީ ރަގަޅު މުޖުތަމައަކަށް ނެރެން ތިބިމީހުން އެންމެން އެކައްޗަކަށް ޕޒިޓިވްވެ އެއްކުންފުނީގެ ސެއާހޯލްޑަރުންނަށްވީ ދެންވާނީމިހެން.
ތިމާވެށި
27 July 2024
ވ ގިނަ ދިވެހީންގެ އޮރިޔާން ބިދޭސީން ގެ ލޯމަތީގަ އެވެ. ވ ގިނަ އާއިލާ ރޫޅޭ އެއްސަބަބެވެ. މާގިނައިން އެކުދީންނަށް ފައިސާ ހޭދަ ކުރަނީ އެވެ.
ދިވެހިންގެ ހާލު
27 July 2024
ރާއްޖޭގެ ކުޑަ ރަށެއްގައި ރަޖިސްޓްރީވެސް ނުކޮށް މިކަހަލަ ތަނެއް ހިންގާއިރު ތި ރަށުގެ ޒިންމާދާރު ފަރާތްތަކާއި އާއްމު ރައްޔިތުންވެސް ކޮބައިތޯއެވެ؟ ދިވެހިންނަށް ޑިމޮކްރަސީގެ ނަމުގައި ބަޔަކު ދަަސްކޮށްދިނީ ތިމާ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެެއް ނެތި އަނެކުންނަށް ފާޑުކިޔާ، ފުރައްސާރަކުރުމުގައި ވަގުތުތައް ދުއްވާލައި، ގާނޫނެއް ހަމައެއް ލަމައެއް ނެތި އުޅޭށެވެ.
ތުނޑުހަސަނު
27 July 2024
ޑިމޮކްރަސީގެ ނަމުގައި ކެނެރީގޭ ނަޝީދާއި އޭނާއަށް ބައިޢަތުހިފި ބަޔަކު ދިވެހިންނަަށް ދަސްކޮށްދިން ކަންކަމުގެ ނަތީޖާ މިފެންނަނީ. ގައުމު ފަސާދަކުރީ މިބައިގަނޑު. މިމީހުންނަކަށްް މަޢާފެއްނެތް.
މޮޑީބު
27 July 2024
ގައި މޮޑެދެންޏާ އޯކޭވާނެ އެންމެންވެސް
ކިލޯ
27 July 2024
މިކަމާ ޑިމޮކުރަސީއާ އޮތީ ކޮންގުޅުމެއްބާ؟ ތިބޭފުޅާ ވެސް ތިކުރާ ކަމަކީ ހަމަފާޑު ކިއުމެއްނޫންތަ؟
ގެދާނޯމޮސް
27 July 2024
އެމީހެއްގެ އެއްޗެއް ވިއްކުމުން އަދި ގޯސްނުވާ ހިސާބަށް ދުނިޔޭގެ ކަންކަން ދާނެތެވެ. މީގެ އެއްމިސާލު ބަނގުލާދޭޝްގައި ސަރުކާރުގެ ހުއްދަޔާއެކު ؛ ވަކިސިޓީއެއްގައި އެކަން އެބަކުރެއެވެ. ހަށި ވިއްކާ މީހުންނާއި ގަންނަ މީހުންގެ އުގޫބާތް ގާނޫނުގައި ތަފާތުުވާތީ ގަންނަ މުއްސަނދިން ގިނަވެއެވެ.! މިގޮތުން ޒުވާން ޖީލުހަލާކުވެމިދަނީ ގެވެށި އަނިޔާގެ ގާނޫނު ނުހިންގޭތީވެ އަދި ގަސްތުގަ ނުބަލާތީވެއެވެ! މިގާނޫ މިހާރު ބޭނުން ކުރަނީ ޖެންޑާގެ ފޯނުތަކުގެ ރިންގްޓޯނަކަށެވެ!
ސާމީލް
27 July 2024
ކޯޓަށް ގެންދިޔާމަ ޔަގީންވާނީ. ހުކުމް ނުކުރާހާހިނދަކު އެއީ ހަމަ ތުހުމަތެއް
ކޮރަލް
27 July 2024
މިމީހުން ޑިޕޯޓް ނުކުރަނީ ކީއްވެތޯ އެވެ.؟ މާބާރުގަދައީ ތޯ އެވެ.؟ އިމިގްރޭޝަނުން ހައްޔަރު ކުރާ މީހުން ކޯޓް އަށް ނުގެންގޮސް ޑިޕޯޓް ކުރަނީ އެވެ. 50 އަހަރުން މަތީގެ މީހުން ލައްކަ އިން ތިޔަ ކުދީންނަށް ހަރަދު އެބަ ކުރެެެވެ. ގައުމީ ސަލާމަތައް ނުރައްކަލެވެ.
ނަށީދު
26 July 2024
މި ސަރުކާރު އަންނަން އުޅުނު އިރު ކިޔާ "ތުހުމަތުގަ ހައްޔަރުކުރުން ނިންމާނެ ސަރުކާރޭ" ފެންނަނީ ހުސް ތުހުމަތުގަ ހައްޔަރުކުރަމުންދާތަން.
ވިސްނާލަން ހަމަ
26 July 2024
ތުހުމަތެއްގައި ތިހެން ފެންނަ ހާ ބޭރު މީހުން ހައްޔަރު ކުރަންޔަ ތީ ހަމަ އިންސާފުތޯ
ތުނޑުހަސަނު
27 July 2024
ތިކަހަލަ ތުހުމަތުވާ މީހުން ގެންގުޅޭ މީހަކާ ހާދަ ވައްތަރޭ. ވިޔަފާރި ހުއްޓޭތީ ހިތަށް އަސަރުކުުރަނީދޯ!
1828
26 July 2024
ނުގަންނަންޏަ ވިއްކާބަޔަކު ތިބޭތަ؟ ކޮބާހޭ ގަތް މީހުން.