ބީއެމްއެލްގެ އެޕްލިކޭޝަން:-- ފޮޓޯ: ބީއެމްއެލް
01 އޯގަސްޓް 2024 - 17:56
ބީއެމްއެލްގެ އެޕަށް މިއަދު މެންދުރު ޓެކްނިކަލް މައްސަލައެއް ދިމާވެ، ގިނަ އިރުތަކެއް ވަންދެން ޑައުން ވެއްޖެ އެވެ.
މިއަދުގެ މެންދުރު 2:30 ވާން އުޅެނިކޮށް އެޕް ޑައުންވި ގޮތަށް މައްސަލަ ހައްލު ކުރެވޭ ވަރުވީ ހަވީރު 5:30 ވާން އުޅެނިކޮށެވެ. އެހެންވެ، އެ ބީއެމްއެލްގެ އެޕް މެދުވެރިކޮށް އެތައް ބަޔަކު ކުރަން ޖެހުނު ގިނަ މުއާމަލާތުތަކަކަށް ބުރޫ އަރައި މަސައްކަތްތައް ހުއްޓުނެވެ.
ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކުން ބުނީ، މި މައްސަލަ ދިމާވީ މައިކްރޮސޮފްޓަށް ދިމާވެގެން އުޅޭ ސައިބަ އެޓޭކާ ގުޅިގެން ކަމަށެވެ. އެހެންވެ، ބީއެމްއެލްގެ ކާޑު މެދުވެރިކޮށް އޮންލައިން ޓްރާންސެކްޝަންތައް ހިންގުމަށް ވެސް ބުރޫ އެރި ކަމަށް އެ ބޭންކުން ބުންޏެވެ.
Due to technical issues connecting to Microsoft services globally, our customers are facing interruptions to e-commerce transactions. We are working with relevant teams to resolve the issue. Our sincere apologies for the inconvenience caused.
— Bank of Maldives (@bankofmaldives) July 30, 2024
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ބޭނުން ކުރާ ބޭންކެވެ. އެ ބޭންކުގައި 345،000 ކަސްޓަމަރުން އެބަ ތިއްބެވެ.
މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވެސް މައިކްރޮސޮފްޓްގެ ބައެއް ހިދުމަތްތައް މުޅި ދުނިޔޭގައި މެދުކެނޑި ހާސްކަމުގެ ތެރެއަށް ގޮސްފައި ވެ އެވެ. އެންމެ ފަހުން އިއްޔެ ވެސް އެފަދަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މި ފަހަރު ކުރިމަތިވި މައްސަލައިގައި މައިކްރޮސޮފްޓުގެ އީމެއިލް ސާވިސް ކަމަށްވާ އައުޓްލުކް އިން ފެށިގެން ގޮސް މަޝްހޫރު ގޭމް، މައިންކްރާފްޓް ވެސް ހުއްޓުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 August 2024
ހުރިހާކަމެއްގައި ކުރީގައިއުޅޭކަމަށް އެމީހުން އިސްތިހާރުކުރާ "އެންމެ ފުރަތަމަ" އަށް މިކަންވެސް ޖެހޭނެ އިތުރުކޮށްލަން. # ބޭންކްގައި ޑޮލަރު ހުރެގެންނޫނީ ތިވަރުގެއަދަދެއް ސިސްޓަމްތެރެއިން ޓްރާންސްފަރ ކުރެވޭނަމަ، ތިޔަ ސޮފްޓްއެއަރ ގެ ރައްކާތެރިކަން ތިހުރީ ވަރަށްމަތީގައި. # ބެންކްގެ ޕްރެސް ރިލީޒް ބަލާފައި ހަމްދަރުދީވޭ. އަދި ހިތަށްއެރި މަޖިލިސްގައި ތިއްބަވާ މެންބަރުންނަށް ފިސްކަލް އާއި ފިޒިކަލް އޮޅޭފަދައިން ބޭންކްގައި އިންނަ ކުއްޖާއަށްވެސް އޮޅިދާނެއޭ.
އަހުމަދު މުހައްމަދު އަލިމަނިކު
01 August 2024
އަދިވެސް އެޕްގަ މައްސަލަ އުޅޭ. މިހާރު ގަނޑިން 22:47
ފެންސު
01 August 2024
ތީ އާކަމެއް؟؟؟؟
ކޮސް ބަނަސް
01 August 2024
ޑައުން ކޮށްލީ….
ދޮގުބޭންކް
01 August 2024
77 ބިލިޔަން ޑޮލަރު ލޯންޑަރ ކުރަން އުޅެނިކޮށް މަޅިއެރީ!
ސިނާ
01 August 2024
ބީ އެމް އެލްގަ ހާދަ ޔޫއެސް ޑޮލާރ އެބަހުއްޓޭ މުއިޒް ވެރިކަމަށް އާފަހުން
ދޮގުހެދިޔަސް ބޮޑުވަރު
01 August 2024
މައިކްރޯސޮޕްޓް އިޝޫއާގުޅޭ ހުރިހާކަމެއް ހައްލުވިތާ ދެތިން ދުވަސްވީފަހުން މިގައުމަށް އޭގެ ކަމެއް ދިމާވީއޭތިބުނީ ތީހަމަ ރަގަޅުވާހަކައެއްތަ؟ ތުންތުން މަތިން އަޑުއިވެނީ އެހެންވާހަކައެއް.