މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
08 އޯގަސްޓް 2024 - 13:14
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމުގެ ތެރޭގައި މި އަހަރު ނިމޭއިރު އިންޑިއާ ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން ބޭއްވި މީޑިއާ ބްރފިންއެއްގައި އޭނާ ވިދާޅުވީ، މިދިޔަ ހަފުތާގައި އިންޑިއާގެ ތިން ސިޓީއެއްގައި ރާއްޖެ އިން ކުރިއަށް ގެންދިޔަ "ވެލްކަމް އިންޑިއާ ރޯޑް ޝޯ" އިން އާ ޓްރެވަލް އޭޖެންޓުންނާއި ރާއްޖެ އަށް ޓޫރިސްޓުން ގެނައުން ހުއްޓާލާފައި ތިބި ޓްރެވަލް އޭޖެންޓުންނާ އެކު ވެސް މަޝްވަރާތައް ކުރެއްވި ކަމަށެވެ.
ފައިސަލް ވިދާޅުވީ އެ ރޯޑްޝޯއާ އެކު، އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިންޑިއާގައި އިންވެސްޓްމެންޓް ފޯރަމެއް މި އަހަރު ބޭއްވުމުގެ އިތުރުން އެ ގައުމުގެ އިންފްލުއެންސަރުންނާއި ސެލެބްރިޓީން ބައިވެރި ކޮށްގެން ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ ކެމްޕެއިންތައް ހިންގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަޅުގަނޑުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް އިންޑިއާ މާކެޓު ތިން ވަނަ އަށް ގެނައުން. މި ވަގުތު 71،000 ޓޫރިސްޓުން އައީ. އެހެން ނަމަވެސް މިދިޔަ އަހަރު ދެ ލައްކައެއްހާ ޓޫރިސްޓުން އައި،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ އިންޑިއާ އާއި ޗައިނާ އިން ވެސް އަހަރަކު މިލިއަނެއްހާ ޓޫރިސްޓުން ގެނައުމެވެ. އެކަމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބަޖެޓު 20 މިލިއަން ރުފިޔާއަށް އިތުރުކޮށް، މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ދާއިރާގެ އިސްފަރާތްތަކުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައިވާ ކަމަށެވެ. ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނީ އެ މީހުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝިއުރީ ވިދާޅުވީ، އިންޑިއާއަކީ ރާއްޖެ އަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރަން ހާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާ މި ވަގުތު އޮތީ ހަ ވަނައިގައި. އެކަމަކު އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. ބަލަން ބޭނުންވާ ތަނެއް ނޫން ދަށްވުމަކީ. އަޅުގަނޑުމެންނާ އެންމެ ކައިރި ގައުމަށް ވެފައި އޮފް ސީޒަންގައި ފިލިން ބައި ފުލްފިލް ކުރެވޭ މާކެޓަކަށް ވާތީވެ ކުރިން މިދިޔަ ކަންކަން ރަނގަޅު ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޝިއުރީ ވިދާޅުވި އެވެ.
މިދިޔަ ތިން އަހަރަށް ބަލާއިރު، އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ނަމަވެސް ސިޔާސީ ގޮތުން އައި ހިތްހަމަނުޖެހުންތަކާ އެކު، އެ ގައުމުގައި ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ހިންގި އެވެ. އެއާ އެކު، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 August 2024
ޓޮޕް ތިނަކަށް ކީއްކުރަން ހަތަރެއް ފަހެއް އަދި 6 ކަށްވެސް ގެނެވޭނީ އިންޑިޔާއާއި ޗައިނާގެ ފަތުރުވެރިން ގެންނާންބޭނުން ފަތުރުވެެރިކަމުގެ ވިޔަފާރި ކުރާބަޔަކު (ރިސޯޓް ނުވަތަ ސިޓީހޮޓާ ނޫންނަމަ ގެސްޓްހައުސް) ތިބެގެން އިގޭތޯ. # މިހާރު ރާއްޖޭގައިހިންގާ އެއްވެސް ރިސޯޓަކުން އިންޑިޔާ ޗައިނާގެ މެދުފަންތީގެފަތުރުވެރިން ގެނެސް އެމީހުނަށްހިދުމަތްދޭކަށް ބޭނުމެއްނޫން. ތިޔަ ވުޒާރާގެ ލިޔެކިއުންތަކުން މިކަން އިގެންނެތްކަމުގައިވިޔަސް މިއީޙަޤީގަތުގައި ކަންއޮތްގޮތް.
އޮނަރަބްލް އަފީފު ދީދީ
08 August 2024
އިންފްލައިޓް ކޭޓަރިން އާއި އެއަރޕޯޓް ބިޒިނެސް ލައުންޖް ހިމެނޭގޮތަށް އައްޑުއާއި ހަނިމާދޫގައި އެއަރޕޯޓް ޓްރާންސިޓް ހޮޓާ ތަރައްޤީކުރުމަށް، ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި ޗައިނާ، ޖެޕާން ނުވަތަ ތުރުކީ ކުންފުންޏަކާއި ޙަވާލުކޮށްފިނަމަ 18 މަސް ދުވަސްތެރޭގައި ހޮޓާ ނިންމާ ސަރުކާރާއި ޙަވާލުކުރާނެ. އެއަރޕޯޓް ޓްރާންސިޓް ހޮޓާ އިމާރާތްކުރަން ކޮންޓްރެކްޓަރ އާއި ޙަވާލު ކުރުމާއިއެކު އުތުރާއި ދެކުނުގެ ވިޔަފާރިވެރިން ސިޓީހޮޓަލާއި ގެސްޓްހައުސް އަޅާން ފައްޓާނެ.
އޮނަރަބްލް އަފީފު ދީދީ
08 August 2024
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި ދެކުނާއި އުތުރުގައި އިޤްތިސޯދީ ޙަރަކާތް ހިންގާން މާލޭސަރުކާރުގެ ރަނގަޅު ނިޔަތެއްއޮތްނަމަ (މިސާލަކަށް އައްޑޫ އެއަރޕޯޓް ތަރައްޤީކޮށް ފްލައިޓް ގެނެވޭނީ އެނދު އިތުރު ކޮށްގެންނޭ ނުބުނެ) މިދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ހިންގާން ފެއްޓުމާއިއެކު އައްޑުއަށް ލޯކޮސްޓް ނުވަތަ ބަޖޭޓް އެއަރލައިންތައް އިންޑިޔާއާއި ޗައިނާއިން އަޅާންފައްޓާ ބަލަންތިއްބާ އެނދުވެސް އިތުރުވެ ވިޔަފާރި ހިގައިގަންނަތަން ފެނިގެންދާނެ.
އޮނަރަބްލް އަފީފު ދީދީ
08 August 2024
އައްޑޫރައްޔިތުނަކީ މިކަމަށްބޭނުންވާ ހުރިހާ ޝަރުތުތަކެއްފުރިހަމަވާ ސިޓީއަކަށް ނިސްބަތްވާ އަދި އެކަން ފައްޓައިގަނެވޭނެ މާލީ، ފަންނީ، އިލްމީ ހުރިހާ ޤާބިލްކަމެއް އެމީހުނަށްލިބިފައިތިބި ހުނަތުވެރި މީހުންތިބި ސިޓީއެއް. # ގޭން އެއަރޕޯޓް އިތުރަށް ތަރައްޤީނުކުރިޔަސް 4 ތަރީގެ 1000 އެނދުގެ ޓްރާންސިޓް ހޮޓަލަކާއި، ޑިޕާޗަރ ޓާމިނަލްގަ ބިޒިނެސްލައުން ހަދާ، އިންފްލައިޓް ކޭޓަރިންގެ ހިދުމަތް ދޭންފަޑައިފިނަމަ މިހާރުން މިހާރަށްވެސް ހިގައިގަންނާނެ ތަނެއް.
ވިރާތުކޯލީ
08 August 2024
އިންޑިއާގެ ކްރިކެޓް ޓީމް ރާއްޖެގެންނަން ދެއްވި ދައުވަތުއަށް ވީ ގޮތެއް ވިދާލުވެ ދެއްވަ ފާނަން ތޯ؟ އެވެރިން ގެނެވިއްޖެއްޔާ 3 ވަނަ ކީއްކުރަން 1 ވަނައަށް ވެސް އަރާނެ އިސާ ހިތަކު.
ހއވއޗ
08 August 2024
ގެނެސް ފައިދަށުވޭ. އެއީ ނުވެފައި އޮތްކަމަކީ
ބާސިލް
08 August 2024
ޓޫރިޒަމް ކުރިއަރުވްން މި ސަރުާކާރުން މަސައްކަތް ކުރަނީ އެހެން ލެވެލް އެއްގަ
ކާނިި
08 August 2024
އެއީ ކޮން ލެވަލްއެއް.
ލަތީފު
08 August 2024
އިނޑިއާ މާކެޓު ފުޅާކުރެވޭނެ. އެކަން ފައިސަލްއަށް ވާނެ
ލޮލްް
08 August 2024
އަހަރު ނިމޭއިރު އިންޑިޔާ އޮންނާނީ ގޭގެ އެންމެ އެތެރޭގައި.
ނާމްދި ކާނޫ
08 August 2024
ގަދަ 3؟ ލޮލް!
ސުންދުސް އައްމަޑޭ
08 August 2024
ހީވޭ ކަމެއްހެން. އެމްޑީޕީ މީހުން ހީކުރީ ދެން އެމީހުން ނާންނާނެޔޭ. ދެން ލަލަލާ