ލޭނު އެޅުމުން ރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑާއި ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި - ފޮޓޯ: މިހާރު
16 އޯގަސްޓް 2024 - 20:48
ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މާޗް މަހު އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނުގެ މަސްވެރިކަމުގެ ތެރޭގައި މަޑި އާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި ދޮށީގެ މަސްވެރިކަމުން އުފައްދާފައިވާ ޓޫނާ ބްރޭންޑަށް ގެއްލުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލުމަށްފަހު އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ލޭނުގެ މަސްވެރިކަމުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާނީ ފާއިތުވި ތަނުގައި ލިބިފައި ހުރި ތަޖުރިބާއަށް ބަލައި އެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާ ހުރި އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް ހިމަނައިގެން ކަމަށެވެ.
ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކޮށްފައިވާ ބޯޓްތަކުގެ ލައިސަންސް އާކޮށްދިނުން ހުއްޓާލީ ކުރީގެ ސަރުކާރުންނެވެ. އޭރު ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި އެކަން ކުރަން ޖެހުނީ ގަވައިދާ ހިލާފު އަމަލުތައް ގިނަވެ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިންޒާރު ދިނުމުން ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންފަތު
18 August 2024
ލޭނު އެޅުމުން އެއްވެސް ގެއްލުމެއް ނުވާނެ. މިވީ ހުރިހާ ދުވަހެއްގައި ތިކަމެއް ކުރުމުން ވި ފައިދާ އެއްނެތް. މޮރިޝަސް ފަދަ ގައުމުތަކުން ލޭނުގެ މަސައްކަތް ކުރަން ލައިސަންސިންގ ދިނުމުން އެއްގައުމުތަކަށް ވަރަށް ފައިދާވޭ. ދެން އޮތީ މަސްހުސްވެދާނެތީ މަސްބްރީޑް ކުރަން ރަށްރަށުގައި ކޮށިޖަހައިގެން ފަޅުތެރޭގައި ކުރަންވީ.
ޑރ ވާންޗޯ
17 August 2024
މިގައުމުގެ ތާރީޚްގައިވެސް ފެނުނު އެންމެ މޮޅު ރޯނުއެދުރު. ދެރިސޯޓާ ލެޕްޓޮޕަކުން ގައުމުހިންގަން އައިސް ދަރާވިކި ސަރުކާރު މުވައްޒަފުންގެ މުސާރައިން 12% ކަނޑާ އެންމެފަހުން ފުންމާލައިގެން ދުވެފިލީ.
ދޮހޮއްތު
17 August 2024
އަހަރެމެންގެ ކަނޑުގެ އިމާ ޖެހިގެން ބޮޑެތި ބޯޓުފަހަރުން ބާނާބޭނުމޯ …
ކައުންސެލަރު..
17 August 2024
"...ލޭނުގެ މަސްވެރިކަމުގެ ތެރޭގައި މަޑި އާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ." އަހަރެމެން ލޭނު މަސްވެރިކަމުގަ ހިފަން ކުކުޅާ ކަނބިއްޔާ ކަކުންޏާ ކާޅާ ކޮވެލިވެސް. އެހެންވީމާ އަހުންމިއުޅެނީ ތަންކޮޅެއްކުރީގާތާ ދޯ.
ާއެދުރު1
17 August 2024
ރާއްޖެއަށް ޤުދުރަތުން ލިބިފައި ބޮޑު ކަނޑުގެ ނިއުމަތުން ހަމައެކަނި ދޮށިން ބާނާ މަސްކޮޅުން ފަރުޖައްސާލައިގެން ދުނިޔެ ނިމެންދެންވެސް ތިބެންވީތަ؟ ދުނިޔޭގެ އެހެން ގައުމުތަކުން ލޭނުއަލާއިގެންނާއި ދައު އަޅައިގެންނާއި ހުރިހާ ގޮތަކށް މަސް ބާނަމުންދާއިރު ދިވެހިން ހަމަ ތިބެންވީ ބަލަހައްޓައިގެން ކަނޑު އަޑިން ރަންފަރުބަދައެއް ލިބެންދެން
ފީ ތަރުޖަމަތިލް ހަޑޫނާޅި
17 August 2024
ނަޝީދަކީ އެއްވެސް ދިރާސާއެއް ބެލުމެއް ނެތި އެފަހަރަކު ހިތަށް އެރި އެއްޗެއް ބުނެލާ މީހެއް
ކަކުނިބޯ
17 August 2024
ބާނާ މަސް ވޮއްލަންޖެހެނީ އިންޓަރނޭޝަނަލް އަގުގައި އެއީ ލޭނުގައި މަސްވެރިކަންކޮށްގެން ބާނާ މަހެކޭ އެއްއަގެއްގައި. ފަހަރަކުއެއްޗެއްބާނާގެން ވާކަމެއްހަރާމް ސަރުކާރުތަކުން ލައިސަންސް ދޫކުރަނީ ލޭނުއަޅަން ބޭރުގެ ފަރާތްތަކަށް. ސާފުބަހުން ބުނަންވީނު ތިމަންނަގެ މޭކަރައޭ ދިވެއްސަކަށް އެއްޗެއްލިބިދާނެތީ
ތުނޑުހަސަނު
17 August 2024
ލޭނު އަޅަން ހުއްދަ ދޭން މިއުޅެނީ ގޮނޑުދޮށާއި ނެރުމަށް މައްޗާއި ފަރުތަކާއި ހާހަލާއި ތިލަތަކާއި އުރަފަށުގައިކަމަަށް ބައެއް މީހުުންނަށް ހީވާކަހަލަ. އެހެހެން ނޫނަސް އަހަރެމެންގެ ސަރަޙައްދުގައި އެއްބަޔަކު ދާއަޅައިގެން ކަނޑު ހުސްކުރަމުންދަނީ. އެކަމަކު ޚާއްޞަ އިގްތިސާދީ ސަރަޙައްދުން ފައިދާ ހޯދުމަަށް ލޭނު އެޅުން ވެސް އަހަރެމެންނަަށް ގޯސްމިވަނީ ކީއްވެ.
އަފްރާސިޔާބު
17 August 2024
އެއީ ނަޝީދުގެ ވިސްނުން. ފަގީރު ގައުމުތަކުންވީ މުއްސަނދީން މުއްސަނދި ކުރުމަށް ފަހަރަކު މަހެއް ހިފަން. އެމީހުން ކަހާލައިގެން ފަނިފަކުސައަށް ދާންދެން ނަގައި ބޭނުން ކުރަންވީ. އަހަރެމެން ތިބެންވީ ބައޮސްފިޔަރ ރިޒާވް ހަދައިގެން ހުދުގަމީސް ލާފައި މަހެއް ނުހިފައި އެމީހުންނަށް ކާންދޭން.
ކޮޅުހަސަނާ
17 August 2024
އެއީ ތުނޑޭ މެންނަށް ތަންދޮރު ނުފިލަނީ.
މިތަރޭ
17 August 2024
ދިރާސާކުރުމެއް ނެތި ތަޅާހާއަނގައަކައް ރޭރުވެގެން ނުވާނެ
ހައްސަ22
17 August 2024
ފިޝަރީޒް މިނިސްޓްރީން ބުނީ، މިފަހަރު މިއޮތީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާކަން ކަށަވަރުކުރުމުގެ ގޮތުން "ޚާއްޞަ މާއްދާތަކެއް" ހިމަނާައިކަމަށް. އެހެންވީމާ ރާއްޖޭގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް ހުރިހާ މުވައްސަސާތަކުންވެސް "ޚާއްޞަ މާއްދާތަކެއް" ހިމަނަނިކޮށް، މުޅި ރާއްޖޭގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރުން ކަށަވަރުވާނެ. ކުރިން "ޚާއްޞަ މާއްދާތައް" ނުލާތީ ކަށަވަރު ނުކުރެވެނީ. .މިހާ ފަސޭހައިން ވާން އޮތް ކަމެއް މީ.