ޚަބަރު / މުހައްމަދު އައްބާސް (ވެލިދޫ ދާއިރާ)

ކަނޑުންނާއި ފަޅުން ދިން ގޯތިތައް އަތުލަން ޖެހޭ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: ---ފޮޓޯ/މަޖިލިސް

ކުރީގެ ސަރުކާރުގައި މާލެ ސަރަހައްދުގެ ކަނޑާއި ފަޅުތައް ހިއްކައިގެން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގައި މިއަދު ބަހުސްކުރާ ބިނާވެށި ޕްލޭންގެ ބިލަށް ވާހަކަ ދައްކަވަމުން އެމްޑީއޭގެ މެމްބަރު އައްބާސް ވިދާާޅުވީ ކުރީގެ ސަރުކާރުން ގޯތިތައް ދީފައި ހުރީ "އަތުޖެހުނު ތާކުން" ކަމަށާއި އެއީ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ގޯތިތައް ދޫކޮށްފައި ހުރީ ރަނގަޅަށް ކަމަށް ހަދައިގެން މި ސަރުކާރުން ވެސް ގޯތިތައް ދޭން އުޅެނީ ކީއްވެގެންތޯ އައްބާސް ސުވާލު އުފެއްދެވި އެވެ. އަދި އެއީ އަތުލަން ޖެހޭ ގޯތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގާނޫނު ފޮތް ކިޔައިފިން އެއްކޮޅުން އަނެއް ކޮޅަށް. ފަޅުން ގޯތި ދޭ ވާހަކައެއް ނެތް. ކަނޑުން ގޯތި ދޭ ވާހަކައެއް ނެތް. ދެން ފަޅުން ދީފައި ހުރި ހުރިހާ ގޯތިތައް ނަންގަވަންވީ ނޫންތޯ ރައީސް، އަދިވެސް ވަގުތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މާލެ މީހެއް ނަމަ ކ. އަތޮޅުގެ ކޮންމެ ފަޅެއް ހިއްކިޔަސް އެ މީހުންނަށް ހިލޭ ބިންތައް ދޫކުރަނީ ކޮން އުސޫލަކުންތޯ ވެސް އައްބާސް ސުވާލު އުފެއްދެވި އެވެ. އެހެން އަތޮޅުތަކަށް އެ އުސޫލު ނުހިނގާ ކަމަށާއި އެހެންކަމުން އެގޮތަށް ދީފައި ހުރި ހުރިހާ ބިމެއް ބާތިލް ވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން ގޯތިތަކާއި ފަޅުތައް ހިއްކުމުގެ މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގެ އެހެން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށް ފަހު އެވެ. އެ ނޫން ގޮތަކަށް އެކަންކުރާ ނަަމަ ރަށްތައް ފަޅުވެ މާލެ އިތުރަށް ތޮއްޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރަށްރަށުން މާލެ ބަދަލުވަނީ އުޅެން ފަސޭހަ ވެގެން ނޫން ކަމަށާއި ސަބަބަކީ ކޮންމެ ސަރުކާރަކުން ވެސް ރަށްރަށަށް ތަރައްގީ ގެނައުމުގެ ބަދަލުގައި މާލެއިން އާ ފަޅެއް ހިއްކައިގެން މަސައްކަތް ކުރަން އުޅޭތީ ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި ކުރީގެ ސަރުކާރުން ގޯތި ދޫކޮށްފައި އޮތީ ކަނޑުންނާއި ފަޅުންނެވެ. އެއަށް ގޯއްޗެކޭ ނުކިޔޭނެ ކަމަށް ވެސް މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.

99 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭރާދަށުގެ

20 August 2024

މައްސަލައަކީ އުޅޭނެ ތަނެއް ދައުލަތުން ހިލޭ ދިނުމެއްނޫން. ދައުލަތުގެ ހަރަދުގަ އުފެއްދި އެތައްމިލިޔަން ރުފިޔާގެ އެސެޓެއް އެއިން ބަޔަކު ބޮޑު އާމްދަނީއެއް ހޯދަން ހިލޭ ބަހާލީމަ.

The name is already taken The name is available. Register?

މަވެސް މާލެ

20 August 2024

މާލެވިޔަސް ގުދުރަތީ ފަސްގަޑު ހުސްވެ، އަގުދީގެން ހިއްކާބައި، ޖެހޭނީ ވިއްކަން، ބިލިއަނުން ހޭދަކޮށް ހިއްކި ބިންތައް މާލޭގެ ބައެއް ރައްޔިތުނަށް ހިލޭބެހުމަކީ އިންސާފެއް ނޫން، އަނެއްކޮޅުން ހަމައެކަނި 18 ވެއްޖިއްޔާ ބޯހިޔާވަހިކަމުގެ ހާލަތުވެސް ނުބަލާ ބަހާލީ، އަހަރުމެން ދެން މާލެ ކެތަގަރީން ލިބުނު ހިޔާފްލެޓަށް ކުލި ނުދައްކާނަން، މާލެ އެންމެނަށް ހަމަހަމަ ވާންވާނެ، އިބޫ ހީކުރީ ގޯތި ބަހައިގެން މާލެމީހުންގެވޯޓް ލިބޭނެކަމަށް، މާލޭ ރައްޔިތުން އެހާ ޗީޕެއް ނުވާނެ

The name is already taken The name is available. Register?

ޙަޤީޤަތަކީ....

20 August 2024

މާލޭ މީހުނާ ނުބެހޭތި، ރާއްޖޭގަ ވެރިކަން ކުރެވޭނީ މާލޭ މީހުން ރުއްސައިގެން، ފުރަތަމަ ފެށުމަކަށް މުހައްމަދު އަމީނާ ދެކޮޅަށް މާލޭ މީހުން ބަޤާވާތް ކުރަންޖެހުނީވެސް ޖުމްހޫރިއްޔަތޭ ކިޔާފަ ރާއްޖޭގެ ހުރިހާ ރައްޔިތުން ހަމަހަމަ ކުރަން އުޅުމުން، އެހެންވެ ނާޞިރު ބާރުތައް މާލެއަށް ޖަމާކުރި، ރައްރަށު މަކްތަބުތަކުގަ ވޮށްދިއްލާނެ ފަދަވެސްނެތި ދަންމަރު ނިއްވާލާ، މަސްވެރިންގެމަހާ ކުފުރާގެ ފައިދާއިން ލަންކާގެ ސިލަބަހާއެކު މާލޭގަ އިލްމީ ވޮށްތައް ދިއްލާއަލިކުރި.

The name is already taken The name is available. Register?

ގާދިރު

20 August 2024

ހިލޭ ބަހާނެ ބިމެއް މާލޭ ސަރަހައްދުގަ ނޯއްނާނެ އަހަރުމެންގެ ޓެކްސް ފައިސާ އިން ހަރަދު ކޮށް ހިއްކާތަނެއް ހަމައެކަނި ވަކިބަޔަކު މުއްސަދި ކުރަން ނުދެވޭނެ

The name is already taken The name is available. Register?

ނިބުހޖހިހ

20 August 2024

ހުޅުމާލެ 2 އިން ދީފަހުރި ގޯތިތައްވެސް އަތުލާފަ އެތަންތަނުގަ މިސްކިތް ސުކޫލް ހޮސްޕިޓަލް ޕާކް ކާރު ޕާކިސްފަދަ ތަންތަން އަޅާބަލަ!

The name is already taken The name is available. Register?

‫ނާޑުވާ

20 August 2024

އ‫ަފީފް ދީދީގެ ކޮމެންޓްތައް ޖަހާލަން ކެރުނު އިރު ޢަހަރުމެން ކުތިން ކުރި ކޮމެންޓް ތައް ޖަހާލަދޭކަށް ނުކެރުނު. ސަރުކާރަށް ބައިއަތު ހިފިޔަސް ބޮޑުވަރު

The name is already taken The name is available. Register?

ގޮތެއް ނިންމަބަލަ

20 August 2024

ތާހިރެއްނު. ހުޅުމާލެއިން ލިބުނު މީހުން މިހާރު ގެ ހަދަނީ. ފަޅުން ލިބުނު ކުދިން އެއްޗެއްގަ ސޮއިކުރުވާފަ ފިންގަރޕްރިންޓް ޖަހުވާފައި މިކިޔަނީ އަތުލާނީއޭ. ދެން ބުނެދާނެ ނޫނޭ އެބިންތައް ދޭނަމޭ. ތިކަންދެން ނިންމަން ވެއްޖެނު؟ މިތާ ބިމާ ފުލެޓް ލިބޭނީ ސިޔާސީ ކުޅިވަރުގަ އުޅޭ މީހުންނަށް އެކަނިކަން އެނގޭ. ދެން ތިކުޅިވަރު ނިންމާލާ.

The name is already taken The name is available. Register?

އއއއއއއ

19 August 2024

މިސޮރު އެބަޖެހޭ ޓެސްޓް ކުރަން!

The name is already taken The name is available. Register?

ހަމައިގަހުރޭ

19 August 2024

ފަހުން ރައްރަށުން ދީފަ ހުރި ގޯތިތައް ވެސް އަތުލާ. މާލެ މީހަކައްވީމަ ދީގެން ނުވޭ؟

The name is already taken The name is available. Register?

ހައްގުބަަސް

19 August 2024

100 މިލިޔަނަ ލޯނު ނަގާފަ ބިން ހިލޭ ދީގެން ނުވާނެ. އެހެން ނޫނީ ފްލެޓްވެސް ހިލޭދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454