ޚަބަރު / ލޭނު މަސްވެރިކަން

ލޭނު އެޅުން މޮނީޓާ ކުރެވޭނެ، މިޔަރުގެ ވަގު ވިޔަފާރި އަށް ފުރުސަތެއް ނެތް: މިނިސްޓްރީ

ގަވައިދާ ހިލާފަށް މިޔަރު ހިފާ އޭގެ ވިޔަފާރި ކުރި ތަނެއް: މިޔަރުގެ ވަގު ވިޔަފާރިއަށް ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓްރީ ބުނި --

ލޭނު އަޅަން ހުއްދަ ދޭން ނިންމާފައި ވަނީ އެކަން މޮނީޓާ ކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކާ އެކު ކަމަށާއި ލޭނު އެޅުމުގެ ތެރެއިން މިޔަރު ހިފައި އޭގެ ވަގު ވިޔަފާރި ހިންގުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒު ކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ކެބިނެޓުން ނިންމައި، އެ ކަމަށް ހާއްސަ ގަވައިދެއް ވަނީ އެކުލަވާލައިފަ އެވެ.

ނަމަވެސް، ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައި ވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަމުގައި މިޔަރާއި އެހެނިހެން ބާވަތްތައް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްތައް ގިނަ އަދަދަކަށް "ބައިކެޗް" ގެ ގޮތުގައި ހިފޭނެތީ އެވެ.

"ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނިގޮތުގައި، މިޔަރު ބޭނުމަށް ހުއްދަދީ، އިތުރު އުފެއްދުމެއްގެ ގޮތުގައި ޕްރޮސެސް ކުރުމަކީ މިޔަރުގެ މާކެޓެއް އުފެދި ހަރުދަނާވުމަށް މަގުފަހިވެ، ރާއްޖެ އިން ބައިނަލްއަގްވާމީ ފެންވަރުގައި މިޔަރު ހިމާޔަތް ކުރުމަށް އަދާކުރާ ދައުރު ނިކަމެތިވާނެ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބުނީ، ލޭނުގެ މަސްވެރިކަމާ ގުޅިގެން އެ މިނިސްޓްރީގެ ގާބިލްކަން އިތުރު ކުރަން ބަޖެޓް ހުށަހަޅާފައިވާނެ ކަމަށާއި މިހާރު ވެސް މިނިސްޓްރީގެ ކޮންޕްލަޔަންސް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީގައި އެބަހުރި ލޭނު މަސްވެރިކަން ކުރާ ގާތްގަނޑަކަށް ތިރީހަކަށް ބޯޓު މޮނީޓާ ކުރަން. އެ އަދަދު އިތުރުވާ ނަމަ ކެޕޭސިޓީ އިތުރު ކުރަން ޖެހޭނެ. އެކަމަށް ބޭނުންވާ ބަޖެޓް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ވަނީ އަންގާފައި،" މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނީ "ބައިކެޗް" ގެ ގޮތުގައި ބޭނޭ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ދޭން ނިންމާފައި ވަނީ ކޮންޓްރޯލް އަދަދަކަށް ކަމަށާއި ޕްރޮސެސް ކުރަން ގެންނާނީ މާލެ ސަރަހައްދުގެ ބަނދަރުތަކަށް ކަމަށެވެ. އެ ތަންތަނަށް ގެންނަ މިޔަރުތައް މޮނީޓާ ކުރެވޭނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ދިނެވެ.

މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި "ބައިކެޗް" ގެ ގޮތުގައި މިޔަރު ލޭނުގައި ޖެހޭނީ ގާތްގަނޑަކަށް ތިން ޕަސެންޓެވެ.

މިނިސްޓްރީން ބުނީ މިޔަރުގެ ވަގު ވިޔަފާރިއެއް ނުވަތަ ގަވާއިދާ ހިލާފަށް މިޔަރު ހިފައި އެ އިން ވިޔަފާރިކުރުމުގެ އަމަލުތައް ނުހިންގޭ ވަރަށް މިނިސްޓްރީން ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ލޭނުގެ މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ ވަކި ޝަރުތަކެއް ފުރިހަމަވާ އުޅަނދުތަކަށެވެ. އެ އުޅަނދުތަކުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓާކޮށް، ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިންސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ހަރުކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، އުޅަނދުތައް ދަތުރުކުރާ ގޮތާއި މަސްވެރިކަމަށް ލޭނު އަޅަން މަޑުކުރާ ސަރަހައްދުތައް ޑިވައިސްތައް ބޭނުންކޮށްގެން ވަގުތުން މިނިސްޓްރީއަށް ބެލޭނެ އެވެ. އުޅަނދުތަކުގެ ޑެކްތައް ފެންނަ ގޮތަށް ކެމެރާ ހަރުކުރަން ޖެހޭނެ ކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ. އެހެންކަމުން އުޅަނދުގައި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، އެކަން މިނިސްޓްރީ އަށް އެނގޭނެ ކަމަށް ބުންޏެވެ. އެފަދަ އަމަލެއް ހިންގާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.

"އަޅުގަނޑުމެންނަށް 100 ޕަސެންޓް ޔަގީން ވާނެ އުޅަނދުގެ ޓްރެކް. އެތެރެވަރިއަށް އުޅަނދު ވަދެގެން އަންނައިރު އެއްވެސް ރަށެއްގައި ޖައްސާކަން ނޫނީ ނޫންކަން ވެސް އަޅުގަނޑުމެންނަށް އެނގޭނެ. އަންނަ މަގުމަތީ އެހެން އުޅަނދަކަށް މަސް ބަދަލު ކުރާ ކަން ވެސް ކެމެރާ އިން އަޅުގަނޑުމެންނަށް ބެލޭނެ. ޑެކް މަތީ އެއްވެސް އޮޕަރޭޝަނެއް ހިންގައިފި ނަމަ އެނގޭނެ،" މިނިސްޓްރީން ބުންޏެވެ.

މަސްވެރިކަން ކުރަން ލޭނު އަޅާފައި: ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނި

ލޭނު މަސްވެރިކަން މީގެ ކުރިން ކުރިއިރު، ގަވާއިދާ ހިލާފަށް އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރާ ކަން އީޔޫ އިން ހެދި އޮޑިޓުން ފާހަގަވެ، އެކަމާ ގުޅިގެން ސަރުކާރަށް އިންޒާރު ދިނެވެ. މިދިޔަ ސަރުކާރުން ލޭނު މަސްވެރިކަން ހުއްޓާލީ އެ އިންޒާރުތައް ލިބުމާ އެކު އެވެ.

ލޭނު އަޅައިގެން މިޔަރު ހިފައި އޭގެ ވަގު ވިޔަފާރިކޮށް، މިޔަރުގެ އުރަހަ ގަވައިދާ ހިލާފަށް ރާއްޖޭން ބޭރު ކުރާ ކަމުގެ ތުހުމަތު އޭރު އޮތެވެ.

މިނިސްޓްރީން ބުނީ ލޭނު އެޅުމުގެ ތެރޭގައި "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ޕްރޮސެސް ކުރަން އެއްގަމަށް ގެންނަން ޖެހޭނީ މިޔަރުގެ އުރަހައާ އެކު ކަމަށާއި އެހެންކަމުން "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރުގެ ބާވަތްތައް ވެސް މިނިސްޓްރީއަށް މޮނީޓާ ކުރެވޭނެ ކަމަށެވެ. ބައެއް ވައްތަރުގެ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ނޯންނާނެ ކަން ވެސް ފާހަގަކުރި އެވެ. ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަކަށް ދޫކޮށްލަންވާނެ ކަމަށް ގަވައިދުގައިވެ އެވެ.

މިޔަރު ދޫކޮށްލާއިރު، ލިބޭ އަނިޔާ ކުޑަކުރުމަށް ބުޅި ބަހައްޓާ އާލާތް އަދި ލޭނުކޮޅު ބުރި ކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ވީހާ ވެސް ކައިރިން ނަނު ބުރިކުރަން ގަވައިދުގައި ވަނީ އިރުޝާދު ދީފަ އެވެ.

"ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު މަދު ކުރުމަށްޓަކައި އުޅަނދުގައި ބޭނުން ކުރާ ލޭނުކޮޅުގެ މިޔަވާލިގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ނުކުރަން ވެސް އަންގާފައި ވެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނިގޮތުގައި، ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން "ހައިސީ" ގައި ވެސް ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންކަމުން ތިލަ ސަރަހައްދުތަކުގައި ރާއްޖޭގެ އެތެރޭގެ އުޅޭ މިޔަރަށް ލޭނު އެޅުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެ އަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47،000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2،000 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީން ބުނީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ އެ ކޯޓާ ކުޑަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ. އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކޯޓާތައް ކަނޑައަޅާފައިވަނީ ކަނޑުގެ ދިރުންތަކަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ ގޮތަށް ކަމަށާއި އެހެންކަމުން ކޯޓާއާ އެއް މިންވަރަށް މަސްވެރިކަން ކުރުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ލޭނު އަޅައިގެން ރީނދޫއުރަހަ ކަންނެލި ބާނަން ކޯޓާ ދޫކުރާނީ ވެސް 17،000 ޓަނަށް އެކަނި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ކޯޓާތައް އުޅަނދުފަހަރުން ޖެހޭނީ ގަންނަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ކޯޓާ ދޫކުރަން ނިންމާފައިވަނީ އެކަމަށް އެދޭ ދިވެހި މަސް އުޅަނދުތަކަށް އެކަންޏެވެ.

މިޔަރު ޕްރޮސެސް ކުރަން ހުއްދަ ދޭތީ ޖަމިއްޔާތަކުގެ ބޮޑެތި ކަންބޮޑުވުން

ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ، ލޭނު މަސްވެރިކަމަކީ ތިމާވެށީގެ ގޮތުން މުހިންމު ގިނަ ބާވަތްތަކުގެ "ބައިކެޗް" ރޭޓް އެންމެ ބޮޑު މަސްވެރިކަމުގެ އެއް ބާވަތް ކަމަށް ފާހަގަކުރެވިފައިވާ އިރު، މިއީ ކަނޑުމަތީ ދިރިއުޅޭ އުމުރުދިގު ޖަނަވާރުތައް ކަމަށްވާ މިޔަރު، ކަނޑުމަތީ ދޫނިތައް، ވެލާ، ކަހަނބު އަދި ކޯމަސް، ބޮޑުމަސް ފަދަ ސީ މެމަލްތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

ލޭނު މަސްވެރިކަމުން އަމާޒުނުކުރާ ބާވަތްތައް މަރުވާ މިންވަރު އިންތިހާއަށް މަތިވެފައި، އެމިންވަރު ކުޑަކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާތީ، މިހާރު ވެސް ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ މި ޖަނަވާރުތަކުގެ އާބާދީ ދެމެހެއްޓުމަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމުގެ އިންޒާރު ދިނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޭނު އަޅައިގެން މަސްވެރިކަންކުރުމުން، މިޔަރުތަކުގެ ބައިކެޗް ރޭޓް ދެމެހެއްޓެނިވި ނޫން މިންވަރަކަށް މަތިވެފައިވާ ކަމަށާއި މަރުވާ މިންވަރު ވެސް މަތިވާތީ، ނެގުމަށްފަހު ދޫކޮށްލި ނަމަވެސް، މިހާރު ވެސް ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ އާބާދީއަށް އިތުރަށް ބުރޫއަރައަރާނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ޖަމިއްޔާތަކުން ބުނީ:

- މިޔަރަކީ ނިސްބަތުން ދިގު މުއްދަތަކަށް ދިރިއުޅޭ، ގިނަދު ވަހުން ދަރިމައިވާ އަދި މަދު އަދަދަކަށް ވިހާ މަހެއް. އެހެންކަމުން އެކަށީގެންވާ އަދަދަށް ވުރެ އިތުރަށް މިޔަރު ބޭނުމުގެ ނުރައްކާ ކުރިމަތިވޭ އަދި ބައިނަލްއަގުވާމީ ނިސްބަތުން، ގާތްގަނޑަކަށް 70-60 ޕަސެންޓު މިޔަރާއި މަޑީގެ ބާވަތްތަކަށް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވޭ.

- "ބައިކެޗް" ގެ ގޮތުގައި ހިފޭ މިޔަރު ނެގުމަށް ހުއްދަ ދިނުމަކީ އެ މަހަށް އަމާޒުކޮށް، މަސްވެރިކަން ކުރުމަށް މާލީ ގޮތުން ފައިދާވާނެ ކަމަކަށްވެ، އޭގެ ސަބަބުން ހައްދުފަހަނައަޅައިގެން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ.

- 1990 އާއި 2000 ގެ އަހަރުތަކުގެ ދޭތެރޭގައި ރާއްޖޭގައި މިޔަރުގެ ލޭނު މަސްވެރިކަން ބެލެހެއްޓުމުގައި މިޔަރުގެ އާބާދީ ދަށްނުކުރުމަށް ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ނާކާމިޔާބުވުމުން، 'ބޫމް އެންޑް ބަސްޓް' މަސްވެރިކަމަކަށް ވެގެން ދިޔަ ކަން.

ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް

ޖަމިއްޔާތަކުން ބުނަނީ މޮނީޓާ ކުރުމުގެ ގާބިލުކަމެއް މިނިސްޓްރީގައި ނެތް ކަމަށް

ތިމާވެއްޓާ ބެހޭ 18 ޖަމިއްޔާއަކުން ކަންބޮޑުވެ ނެރުނު ބަޔާނުގައި ބުނީ ލޭނު މަސްވެރިކަން ކުރުމަށް ހުށަހަޅާފައިވަނީ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން އާކިޕެލަޖިކް ބޭސްލައިންއިން 100 މޭލު ބޭރުން އަދި އީއީޒެޑްގެ ބޭރުން ކަމަށްވީ ނަމަވެސް އިންސާނީ އަދި މާލީ ވަސީލަތްތަކަށް ބަލާއިރު، މިހާ ފުޅާ އަދި ބޮޑު ސަރަހައްދުތަކެއް މޮނިޓާ ކުރަން ގޮންޖެހުން ބޮޑުވާނެ ކަމަށެވެ.

ލޭނު މަސްވެރިކަން ކުރަމުންދާ ދުނިޔޭގެ އެކި ހިސާބުތަކުގައި ލޭނު ކޮޅުގައި ޖެހޭ ހުރިހާ މިޔަރެއް ވެސް މަސްވެރިން އާއްމު ގޮތެއްގައި ރިޕޯޓްކުރަމުން ދަނީ މަރުވެފައި އޮތްކަމަށް ކަމަށާއި އަދި މިޔަރު ލޭނުގައި ޖެހޭ ހިސާބުން މަރުވެފައިވާ މިޔަރެއްކަން ޔަގީން ކުރެވޭނޭ ވަސީލަތްތަކެއް ހުރެގެން ކަމަށެވެ. ނަމަވެސް، އެ ވަސީލަތްތައް ހުރިކަމާ މެދު ޖަމިއްޔާތަކުން ސުވާލު އުފެއްދި އެވެ.

"ލޭނު މަސްވެރިކަމުގެ ހަރަކާތްތައް އެންމެ ފުރިހަމަ ގޮތެއްގައި ބަލަހައްޓައި އަދި ކޮމްޕްލަޔަންސް ކަށަވަރު ކުރުމުގެ ގާބިލުކަމާ މެދު ސުވާލުއުފެދޭ. އޭގެ އިތުރުން، ގަވާއިދާ ހިލާފު ހަރަކާތްތައް ޕެޓްރޯލް ކުރުމާއި އިންސްޕެކްޓް ކުރުމާއި ދައުވާ ކުރުމަށް އެކަށީގެންވާ ފައިސާ އާއި މުވައްޒަފުން ތިބި ރެގިއުލޭޓަރީ ބޮޑީއެއް ހުރިކަމާ މެދު ވެސް ސުވާލު އުފެދޭ،" ޖަމިއްޔާތަކުން ބުންޏެވެ.

ވެސެލް މޮނިޓަރިން ސިސްޓަމްސް (ވީއެމްއެސް) އާއި ސެޓެލައިޓް ޓްރެކިން ފަދަ ޓެކްނޮލޮޖީތަކުން ތަންފީޒު ކުރުމަށް އެހީތެރިވެދެވޭއިރު، އެކަމަށް ބޮޑެތި އިންވެސްޓްމަންޓާއި ޓެކްނިކަލް ތަޖުރިބާއާއި އިންފްރާސްޓްރަކްޗާ ބޭނުންވާ ކަމަށާއި އެ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާއެއް މިވަގުތު ނެތް ކަމަށް ވެސް ބުންޏެވެ.

15 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަމެއް

22 August 2024

މަބުނީ މި ޓުއަރިޒަމް މިނިސްޓްރީ އާ އެންވާރަމަންޓް މިނިސްޓްރީ ވަރަށް ސްސްޓެެނަބަލް ބާނެ. އެމީހުން ބޭރަށް ގޮސްވެސް ހަމަ ރާއްޖެހާ ސަސްޓެނަބަލް ތަނެއް ނެތިގެން އެވާހަކަ. އެކަމަކު ފިޝަރީޒް މީހުން މުޅިން އެހެން ގޮތެއް. ސަރުކާރު އެއްގަލަކަށް އަރަންވީނު. ސަސްޓެނަބަލް ކަމުން ހޯދާ ލާރި ކޮޅުވެސް އެދިޔައީ.

The name is already taken The name is available. Register?

ކަރުދާސް11

22 August 2024

ނެތީ ކަރުދާހުގަ.

The name is already taken The name is available. Register?

ޢެލާމް

22 August 2024

ޟިޔަރަށް 100 މޭލު ބަެރުން ލޭނު އެލުމަކީ ކުރަން އެންމެ ރަނގަލު ކަމެއް. ޣަވާއިދާއި އެއްގޮތަށް އެކަންކުރާނެ ނަމަ ވާފައިދާ ބޮޑުވާނެ.

The name is already taken The name is available. Register?

އެމްސް

22 August 2024

ފުރުސަތު އޮތީ ބިދޭސީން ހިންގާ ވަގުވިޔަފާރިތަކަށާއި ޑޮލަރުގެ ކަޅުުބާޒާރަށެވެ! ކަޅުބާޒާރަށް ޤަވާޢިދުން ޑޮލަރު ސަޕްލައިކުރާ ރިސޯޓްވެރިންނާއި ދޭތެރޭގަ އެޅޭނެ ފިޔަވަޅެއްވެސް ނެތީ އެފަދަ ބައެއް ފަރާތްތައް މަޖިލިހުގަ ތިބޭތީތޯއެވެ؟

The name is already taken The name is available. Register?

ސަމަދު ބެ

21 August 2024

ވަރައްރަގަލު ނިންމުމެއް. މިނިސްޓަރ ތިޔަ ކިރައްވާ މަސައްކަތައް ހަމަ ސާބަސް

The name is already taken The name is available. Register?

ކޮރަލް

21 August 2024

ދިވެހި މަސްވެރީންނަށް ލޭން އަޅަން ހުއްދަ އެއް ނުދެއެވެ. ހުއްދަ މިދެނީ ބޭރުގެ ބަޔަކަށެވެ. ބޮޑު ފައިދާ އެއްވާ އިރު ގިނަ ފައިސާ ބޭރަށެވެ. ބިދޭސީންނަށް ލޭން އަޅަން ހުއްދަ ދޭ އިރު ދިވެހި މަސްވެރީންނަށްވެސް ހުއްދަ ދޭން ވާނެ އެވެ.

The name is already taken The name is available. Register?

ލަތީފު.

22 August 2024

ދިވެހި މަސްކަނޑުން ލޭނު އަލަން ހުއްދަ ދޭންވާނީ ހަމަ ްެކަނި ދިވެހިންނަށް.

The name is already taken The name is available. Register?

ނިއުޝާދްް

21 August 2024

ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްވެރި އުޅަނދުތައް ގާތުން މޮނިޓަރ ކުރުމަށް މިނިސްޓްރީން ނިންމާފައިވުމުން މިކަން އެންމެ ފުރިހަމަ ގޮތުގައި ގެންދިޔުމުގެ ފުރުސަތު އެބައޮތް. ރާއްޖޭގެ މިފަދަ ސިނާއަތްތަށް ބޮޑަށް ޑައިވަރސިފައި ކުރުމުން ދައުލަތަށާއި ރައްޔިތުންނަށް އެއިން ކުރާ މަންފާ ވަރަށް ބޮޑުވާނެ.

The name is already taken The name is available. Register?

ޢަލީ ކުރުސީ

21 August 2024

މި ކުޑަކުޑަ މާލޭގައިވެސް ކެމެރާ އެބަހުރި އެތަން މިތާނގަ! ވައްކަން ، ފޭރުން، ޑްރަގް، މާރާމާރި މަދުވެއްޖެ؟ އެހެންވީމަ ކެމެރާ އެބަހުއްޓޭ ކިޔާފަ ތިޔަ ދައްކަނީ ހަމަޖެހޭ ވާހަކަތަކެއްނޫން! ތިޔަ މިނިސްޓްރީގަ ކެމެރާ އަޅުވައިގެން 24 ގަޑިއިރު އެއަށް ބަލަންތިބޭނެބާ؟

The name is already taken The name is available. Register?

ބުލްބުލްް

21 August 2024

ދެރަ ނިކަމެއްޗަކު މިޔަރުގެ މަސްވެރިކަން ކޮށްގެން މުއްސަނދިވެދާނެތީ މިގައުމުގެ ވިޔަފާރިތައް ކޮންޓުރޯލުކޮށްގެން އުޅޭ ވިޔަފާރިވެރިން ހާދަ ބިރުން އުޅޭހެން ހީވެޔޭ! ތިމާވެއްޓޭ އަނެކައްޗެކޭވެސް އެކިޔަނީ މިބައިގަނޑު ތޯއްޗެއް!

The name is already taken The name is available. Register?

ލޮލް3

21 August 2024

މިއުޅެނީ މާލެގަ ކުރާ ގަވައިދާ ހިލާފު ކަންތަތައް މޮނީޓަރ ނުކުރެވިގެން، ދެން ކަނޑު މަތީ ކުރާ ކަންތައް ބެލެހެއްޓޭތަ. ބޯޓުގަ ހަރުކުރާ ކެމެރާ ނިއްވާލިއްޔާއޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454