ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ (ކ) އާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެމްއޯޔޫ ބަދަލު ކުރައްވަނީ.
23 އޯގަސްޓް 2024 - 14:29
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުދިން މާލީ ކަންކަމަށް ހޭލުންތެރި ކުރުމަށްޓަކައި އެ ސްކޫލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިބީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ. ޣިޔާސުއްދީންގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ތޯހާ ސަލީމެވެ.
މި އެމްއޯޔޫގެ ދަށުން، އެމްއައިބީގެ އާއިލާ ކާޑު ޣިޔާސުއްދީންގެ ކުދިންނަށް ފޯރުކޮށްދިނުމާއި އެ ކުދިންގެ މެދުގައި މާލީ ޒިންމާދާރުކަން އިތުރު ކުރުމަށް ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީގެ އާއިލާ ކާޑަކީ ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭ، ވަކި ލިމިޓުތަކެއްގެ ދަށުން ބޭނުން ކުރެވޭ ކާޑެކެވެ.
އެމްއައިބީ އިން ބުނިގޮތުގައި، އިތުރު ސްކޫލްތަކަށް ހިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ހިދުމަތްތައް ހޯދުމަށް އެހެން ސްކޫލްތަކުން މިހާރު ވެސް އެދިފައިވާ ކަމަށާއި އާންމުކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއައިބީ އިން ބުންޏެވެ.
އެމްއައިބީ އަކީ ޒަމާނީ ވަސީލަތްތަކާ އެކު، ހިދުމަތްތައް ދެމުން އަންނަ ބޭންކެކެވެ. މިއީ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދޭ ބޭންކެއް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް ޝާކިރު
23 August 2024
ދިވެހި ސަރުކާރު މާލީ ގޮތުން ހޭލުންތެރި ކުރަން ޕްރޮގްރާމެއް ހިންގާދީބާ، ޕލސްސް.