ވިޔަފާރި / އޭއޭއޭ ޓްރޭޑިން ކޮމްޕެނީ

ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން ކޯޓުން އަންގައިފި

ދޮޅިޔަދޫ، ލޯނެއް ނުދައްކައިގެން މިރަށް ވިއްކާލަން އެސްބީއައި އަށް ހުއްދަ ދޭން ސިވިލް ކޯޓުން މިއަދު ވަނީ ނިންމާފައި --

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނަށް ފައިސާ ނުދެއްކުމުން ށ. ދޮޅިޔަދޫ ވިއްކާލަން ސިވިލް ކޯޓުން އަންގައިފި އެވެ.

އެ ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެސްބީއައި އިން ލޯނުގެ ގޮތުގައި 2014 ވަނަ އަހަރު ނެގި 13.4 މިލިއަން ޑޮލަރާއި 149.3 މިލިއަން ރުފިޔާ މިދިޔަ މަހުގެ 12 ގެ ނިޔަލަށް ނުދައްކާ އެބަހުއްޓެވެ.

އެ މައްސަލަ އަށް ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ ތަދައްހުލު ވެފަ އެވެ. އެ ދެ ފަރާތުން އެ މައްސަލައަށް ވަންނަން ޖެހުނީ ދޮޅިޔަދޫ ރިސޯޓު ހަދަން ބީއެމްއެލް އާއި ބީއޯސީން ވެސް ލޯނުތަކެއް ނަގައި، އެ ލޯނުތަކަށް ފައިސާ ދައްކާފައި ނުވާތީ އެވެ. އެ މައްސަލައާ ގުޅިގެން ބީއެމްއެލް އާއި ބީއޯސީ އިން ވެސް ވަނީ މީގެ ކުރިން އެ ރަށް ވިއްކުމަށް އިއުލާނުކޮށްފަ އެވެ.

ދޮޅިޔަދުއަކީ ގާތްގަނޑަކަށް ނިމިފައި އޮތް އެކަމަކު އަދި ނުހުޅުވާ ރިސޯޓެކެވެ. ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ދޮޅިޔަދޫގައި 100 ކޮޓަރި ހުންނަ އިރު އޭގެ ތެރެއިން 65 ކޮޓަރިއަކީ މޫދު ކޮޓަރި އެވެ.

ފައިސާ ނުދައްކާތީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކާ ގުޅިގެން ރަހުނު ކޮށްފައިވާ "ދޮޅިޔަދޫ އައިލެންޑް ރިސޯޓު" ވިއްކާލުމުގެ ހުއްދަ ދިނުމަށް ބޭންކުން އެދިފައިވެ އެވެ.

ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ މަޝްހޫރު ތްރީއޭގެ ހިއްސާދާރުން ކަމުގައިވާ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން ރަހުނު ވިއްކާލުމުގެ އަގާ މެދު މި މައްސަލައިގައި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތްތަކާ ދެމެދު ވާހަކަ ދެއްކެވި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ރަށް ވިއްކާލުމުގެ އެންމެ ކުޑަ އަގަކީ 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެވެ. އެސްބީއައިގެ ލޯނުތައް ފިޔަވައި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނުން ނަގާފައިވާ ބައެއް ލޯނުތަކަށް ވެސް އެ ރަށް އޮތީ ރަހުނުކޮށްފަ އެވެ.

އެހެންވެ، އެ ރަށް ވިއްކާލުމުން އެސްބީއައި އާއި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނު ހިމެނޭ ގޮތުގެ މަތިން އެ ތިން ބޭންކްގެ މެދުގައި ވާހަކަ ދައްކައިގެން އެ ރަހުނު ވިއްކާލައިގެން ލިބޭ ފައިސާ ބަހާނެ ގޮތެއް ނިންމުމަށް ވެސް ތިން ބޭންކުން ވަނީ އެއްބަސްވެފަ އެވެ.

ސިވިލް ކޯޓުން ވަނީ މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި ވިއްކާލުމުގެ ހުއްދަދީ އެ ރަށް ވިއްކާލާތާ 10 ދުވަހުގެ ތެރޭގައި ލިބުނު ފައިސާއާ މެދު އަމަލު ކުރި ގޮތާއި މުއާމަލާތް ނިމުނު އިރު ދަރަނި ހަލާސްވެފައިވާ ކަން ނުވަތަ ނޫން ކަން އެ ކޯޓަށް އެންގުމަށް އެސްބީއައި އަށް އަންގައިފަ އެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 22%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮޅިއެޅިފަަަައި

18 September 2024

ނުހުޅުވާ ނިމިފައި ވީރާނާވެފައި އޮތް ރަށެއް

The name is already taken The name is available. Register?

ސަލީމު އިދުރީސް

01 September 2024

ކިތެމެ ރައްރީ އްޗަސް ހަމަ އެކަނީ ރީތި ބީޗުއް ހަމައިގަ މޫދު ރޫމު އެޅީމަ ބީޗުގެ ބޭނުންދިއައީ އެތައް މިލިޔަން ޑޮލަރުގެ އިންވެސްޓު ތަކުގަވެސް މިފަދަ ކަންކައް ނުވިސްނާ

The name is already taken The name is available. Register?

ދޮޅިޔަދޫ

01 September 2024

ހާދަހާވާ ސަޅި ބިޔަ ރަށެކޭ.

The name is already taken The name is available. Register?

ށވޔނ

01 September 2024

މައުމޫން ދައުރުން ސުރެ ރިސޯޓް ހުޅުވަން ކިޔާ ރަށެއްތީ

The name is already taken The name is available. Register?

މުރާކިބޭ

01 September 2024

ތިން ބޭންކްއަކުން އެއް ރަށެއް ރަހުނު ކޮށްގެން ލޯނު ނެގުނު ހަމަ ރޭކާ ނުލީބާ

The name is already taken The name is available. Register?

ސަވީދު

01 September 2024

ބޭފުޅާ. މި ކަހަލަ ބޮޑެތި އެސެޓްތައް ކިތަންމެ ބަޔަކަށް ރަހުނު ކުރާނެ. ޖުމްލަ ނަގާ އަދަދާއި ބައްދަލުވާނެ ނަމަ. ކުރިން ރަހުނު ކުރި ފަރާތުގެ ވެސް ހުއްދަ އާއި އެކު. ދިވެހިންނަށޭ އެއްކޮށް މިކަހަލަ ވިޔަފާރިއެއްވެސް ނުކުރެވެނީ.

The name is already taken The name is available. Register?

ޔޫބެ

01 September 2024

ސިންޑިކޭޓް ކޮށްގެން ނަގާ ލޯނު އެއަށް ކިޔަނީ

The name is already taken The name is available. Register?

މުރާކިބޭޭޭ

02 September 2024

ކަލޯ މުރާކިބޭ. ރޯނު އެދުރަކަސް ފުކެއް ބޮޑުވަރު.

The name is already taken The name is available. Register?

އަޅި އަލީ

01 September 2024

ށ. އަތޮޅު ރައްޔިތުންނަށް އުއްމީދެއް ދެއް ވާ! ތަންކޮޅެއް ރަނގަޅު ބަޔަކު ތިޔަ ރަށް ގަންނާނެނަމަ ކިހާ ރަނގަޅު!

The name is already taken The name is available. Register?

ނަވީނާ

01 September 2024

ތުރީއޭ ކުންފުނިން ދައުލަަތަށް ދައްކަންޖެހޭ ފައިސާ އަވަހަށް ހޯދައްވާ، ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމުގެ ހިއްސާ އޮންނަ ކުންފުނިތަކުން ދައްކަންޖެހޭ ހާދަބައިވަރު ފައިސާއެކޭ ދޯ މިއޮތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454