އަތުހަރު: އޭނާ ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި، ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައި
02 ސެޕްޓެމްބަރ 2024 - 17:36
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހުނު މައްސަލާގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.
އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ.
އެހެންވެ އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ. އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމާ އެކުގަ އެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެއް ކަމަށް ވާއިރު އޭނާ ވަނީ ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާއިން ސީރިއަސް މައްސަލައެއް ފާހަގައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނީރުކީ
03 September 2024
ފުލުހުންގެ ރެކްރޫޓެއް ތިކަހަލަ ވިޔާނުދާ ގޮތަކަށް އުޅުނުއިރު ޑިސިޕްލިން ނުކުރޭތަ. ރަށްރަށަށް ގޮއްސަވެސް މީހުންގެ އަނބިން ކައިރިޔަށް ވަންނަ ބައެއް. ކަލޭމެންގެ ތި މުއައްސަސާގަ އެއްވެސް އަޚުލާގީ މިންގަނޑެއް ނުބަހައްޓާ. މިވައްތަރަށް އުޅޭ ފުލުހުން ވަޒީފާއިން ސަސްޕެންޑުކޮށް ޑިސިޕްލިނަރީ އެކްޝަން ނެގިތަ ދުވަހަކުވެސް!!
ދެކެނަ
03 September 2024
ފުސާރި ފުމޭނެ. އޮންނާނެ ހިއުމަން ރައިޓްސް ކިޔާ ޖަމާއަތެއް. ހުލަނގުގެ ޕްރޮޕަރ ގެންޑާފަތުރާ .. އެމްޑިޕީ ދިރުވަން އުޅޭ ޖަމާއަތެއްގެ ބަޔަކު. ދެފައި ހަރުނުލާނެ. އެކަމަކު އެމްޑީޕީ ވެރިކަމުގައި މީހަކުމަރުވެގެން ޢާއިލާ ފުމެ އެރުވިއިރުވެސް ކަހާވެސް ނުލި. އާއިލޢަށް ނުދައްކާ ފޮރުވައިގެން ގެންގުޅުނީކިހާ ދުވަހަކު.
ދިރާސާކުރުން
03 September 2024
އިބޫގެ ވެރިކަމުގައި އޭނާ ޖަލުން ދޫކޮށްލީ 02 ސެޕްޓެންބަރު 2022 ގައެވެ.. އޭނާ މަރުވެފައި މިވަނީ މުޢިއްޒުގެ ވެރިކަމުގައި 02 ސެޕްޓެންބަރު 2024 ގައެވެ.. ތާރީޚުގައި ކިހާ ބޮޑު އިއްތިފާޤެއް..
ޖަވިޔަނި
03 September 2024
ފުލުހުންގެ ފަރުވާކުޑަކަމާއި އިހުމާލުގެ ވާހަކަ ބަޔަކު ދައްކާތީވެ، އެކަމަށް ޑިފެންސިވްވާން އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހެދުމުގެ މާނައެއް ނެތެވެ. ހަރުދަނާ އުސޫލުތަކެއް ހުރި ތަނެއްކަމުގައި ވަނީނަމަ ކޮންމެހެން އެތެރޭގެ ތަހުގީގަކަށް އޮޓޮޕްސީއެއް ބޭނުމެއް ނުވާނެއެވެ. އެހެންނޫނަސް، ތިޔަ ކަމެއް ހިނގައިދިޔަ ގޮތުގެ ހަގީގަތް ހޯދުމަކީ ތިޔަ އިދާރާގައި ހުރި ނުކިއްސަރު ސަގާފަތްތަކާއި އާދަކާދަތައް ހަމަޔަކަށް އެޅޭ ދުވަހަކުން މެނުވީ ވާނޭ ކަމެއްނޫނެވެ.
ލަދުހަޔާތް ކުޑޭ
02 September 2024
ކޮމެންޓް ސެކްޝަން ކިޔާލުމުން މިއިނގުނީ މިތަނުގައި ކޮމެންޓްކޮށްފައިވާ ގިނަމީހުންނަކީ ޑަކްޓަރުންނާ ، އިންވެސްޓިގޭޓަރުންނާ ، ޕްރޮފެސަރުންނާ ، ސައިންސްވެރިންނާ، މުދަށްބިރުން އަދި އާދަޔާހިލާފަށް ޜޯނުއެދުުރުންގިނަ ކަން ފާހަގަވެއެވެ.
ކައުންސެލަރު...
02 September 2024
މައްސަލަ މައްސަލަ މައްސަލަ......! ކިތަންމެހާވެސް ދެރަ.
ހާމާނު
02 September 2024
ދިވެހިންނަށް ކުރަން އެނގޭހާވެސް ކަމަކީ ގަޓެއް އަމިއްލަ މީހާ ގައިގާ ނެތްކަން އެނގި ހުރެ ދުރަ ހުރެ ބޭކާރު ފިތުނަ އުފެދޭ ކޮމެންޓު ކުރުން.
އައިމިނާ
02 September 2024
އާއިލާއަށް ފެނުނީ ނިޔާވުމުންތޯ؟ އޭގެކުރިން ޢާއިލާއިން އުޅުނުތަނެއް ބެލުނުތޯ؟
48343
02 September 2024
އާއިލާއިންވެސް ހާދަހީވެއޭ ކަމެއް ފޮރުވާންއުޅޭހެން.
އިސްމާލު2.0
02 September 2024
އިންކޮމްޕިޓެންސީ އަކީ ކޮންޗެއްކަން ނޭނގޭހާ އިންކޮމްޕިޓެންޓް ފުލުހުން.