ޗިވަނިން ސްކޮލަޝިޕްގައި މި އަހަރު ކިޔަވަން ދާ ދިވެހި ދަރިވަރުންނާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެރޮން ރޮޝްލާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ބްރިޓިޝް ހައިކޮމިޝަން އިން މޯލްޑިވްސް
05 ސެޕްޓެމްބަރ 2024 - 13:35
ޗިވަނިން ސްކޮލަޝިޕްގައި މި އަހަރު ކިޔަވަން ދާ ދިވެހި ދަރިވަރުންނާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެރޮން ރޮޝްލާ ބައްދަލު ކުރައްވައިފި އެވެ.
ސަފީރު އެ ދަރިވަރުންނާ ބައްދަލުކުރެއްވީ ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެވެ.
މި އަހަރު ރާއްޖެއިން އަށް ދަރިވަރަކު މި ސްކޮލަޝިޕްގައި ކިޔަވަން ދެ އެވެ.
ބްރިޓިޝް ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު އެ ސްކޮލަޝިޕްގައި ކިޔަވަން ދާ އަށް ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރަކާ ސަފީރު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ޗިވަނިން ސްކޮލަޝިޕަކީ އިނގިރޭސިވިލާތުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް އެ ގައުމުގެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އިންޓަނޭޝަނަލް ސްކޮލަޝިޕްގެ ފުރުސަތެކެވެ. އެ ސްކޮލަޝިޕްގައި ދުނިޔޭގެ އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލްކޮށްފަ އެވެ.
އެ ސްކޮލަޝިޕްގައި 2025-2026 އަށް ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން123
06 September 2024
މިހުރިހާ ޒަމާން ތަކަށް މަ މިއަށް މިކިޔަނީ "ށެވްނިންގ".
ކަމްބްލޯ
06 September 2024
ޗިވްނިންގ އޭ؟ ލޮލް.