ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓުގައި ނިޔާވި ލީވާން
08 ސެޕްޓެމްބަރ 2024 - 06:54
މިދިޔަ ބުދަ ދުވަހު ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިޔަސްވެ، ފަރުވާދެމުން އައި ޒުވާނަކު މަރުވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކާއެކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.
މިދިޔަ ތިން ދުވަހު ވެސް އޭނާ އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފަ އެވެ.
އެ ހާދިސާގައި ޓެކްސީއެއްގައި ޖެހި ލީވާން ދުއްވި ސައިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑު ވެފަ އެވެ.
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި އިއްޔެ ވެސް ހުޅުމާލެ 2 ގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނެއް
09 September 2024
އަޅެ ފަހެ ލައިސެންސުތައް ހަމަ ފެންނަހާ މީހަކަށް ބަހަނީތަ؟ ނޫނީ ހަމަ އެވަރަށް ނުވިސްނާ ދުއްވަނީތަ؟ ދެރަ ކަމެއް. މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު ހީވެ މަރުވެދާނޭ. ޕޭވްމަންޓު ދިޔަކަސް ހަމަ އެހެން. މާލެއަށް ނުކަތާ ވަރަށް މިހާރު ވެހިކަލްތަށް ގިނަ ވެފައި ވާއިރުވެސް ނޫޅެ ލިމިޓު ކުރާކަށް. އަޅެ މިއީ މާބޮޑު ތަނެއްވެސް ނޫނޭ މާ ބާރު ބާރަށް ޒޫން ކަނޑާފަ ދުއްވާކަށް.
ަދިޗެސް
09 September 2024
އަދި ވެސް މާލެއަށް ނުކަތާ ވަރަށް ވެހިކަލް ގެނެސް އަޅާ. ލައިސަންސުވެސް ހަމަ މެޓާހެން ބަހާ. އެކްސިޓެންޓު ވީމަ ދެން ރޯނީ. ނިމުނީ ނު
ޖޯލިފަތި
10 September 2024
ލައިސަންސުގަޑު ނުލިބިގެން ގިނަ ފަހަރު ބައިވެރިވާން ޖެހުނީމަ ވެސް ޓެސްޓުކުރަން އިންމީހާ ނުބައިވޭ. ހަރުކަށީޔޯ މާ.
އާދަނު33
08 September 2024
ފުލުހުންވެސް އުޅެންބޭނުންވަނީ ޑިއުޓިގައި ވަރަށް އަރާމުގައި. ޒިންމާއަދާނުކުރެވޭ،
މިނިމަލް
09 September 2024
އާން ފުލުސް މީހާ ވިއްޔާ ދޯ ސައިކަލް މުއްގަނޑު އަނބުރަނީ ، މޮޔަ ވާހާކަ ނުދައްކަބަލަ، މަޑުން ދުއްވީމަ ނިމުނީނު.
ނަތީޖާ
08 September 2024
ގައުމު ތަރައްގީ ވަމުން މިދަނީ ވަރަށް ބާރު ސްޕީޑެއްގައި.
އަފްރާސިޔާބު
08 September 2024
ތަފާސް ހިސާބުން އަދަދު މަތިވުމަކީ ހެޔޮ ފާލެއްބާ؟ މިދިޔަ މަހު ކުރީ މަހާ އަޅާ ބަލާއިރު މަތިވުމަކީ ގައުމު ނުރައްކަލުގެ ރަނގަބީލެއް އެޅީކަމަށް ހޭޖެހޭ މީހުން ގަބޫކުރާނީ. އަދިވެސް އިސްތިހާރެއްގެ ގޮތަށް ޒިންމާ ނަގަން ގޮވަގޮވާ ތިބެންވީތަ. އިއްޔެގައިވެސް އެކުޅުނީ ފުލުހުން ލައްވައި ބޮޑު ޑްރާމާއެއް.
ޢމޢޣ
08 September 2024
"ފިރިހެނަކު" ވެރިކަމަށް އައިދުވަހަކުން މި ގައުމުގެ ކަންކަން ރަނގަޅުވާނީ
ތަމެންދޯ
08 September 2024
މައްސަލަ އެއް ނެތްތާ ސަރުކާރުން އަދިވެސް ތިބީ ގަވާއިދު ހެދުމުގައި އެކްސިޑެންޓް ތަކުގައި މީހުން މަރަމުންދަނީ ޓްރެފިކް ޕޮލިސް އެއީ އޮތް ބައެއް ކަން ވެސް ނޭގޭ ރައްޔިތުންނަށް ބްރިޖް މަތީގައި 25 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވަން ހުއްދަ ދީގެން ނުވާނެއޭ
މަމެންބޯ
08 September 2024
ދުނިޔޭގެ ކޮންތާކުތޯ ކޮންމެ މަގެއްގަ ކޮންމެ ކަންމައްޗެއްގަ ޓްރެފިކް ޕޮލިސް ތިބެނީ؟ ކަލޭމެން ބާރަށް ދުއްވައިގެން ކޮންޓްރޯލް ނުވެ ވާ ގެއްލުމަކީ އެއްވެސް ގައުމެއްގެ ސަރުކާރު ބޮލުގަ އެޅުވޭ އެއްޗެއްތަ؟ ކޮންމެތާކު ވެސް ހެދޭނީ ގާނޫނާއި ގަވައިދު. އެ މަދުވެގެންތަ ހޭ ބަލިވާ ވަރަށް ކަލޭމެން ދުއްވަނީ؟ އެކްސިޑެންޓް ވިއްޔާ ވާނެ ގެއްލުން ނޭނގިގެންތަ ދުއްވާ ނަގަނީ؟ ހުއްދަ އޮންނަ ކަންކަންތަ ކަލޭމެން ކުރަނީ؟
މަންޠިޤް
08 September 2024
މަމެންބޯ،.. ގާނޫނާއި ޤަވާޢިދު ހަމަ ހެދިޔަކަސް ނުވާނެޔޭ! ޖެހޭނެ ތަންފީޒުކުރަން. "ހޭބަލިވާ" ވަރަށް ދުއްވަންޔާ ފިޔަވަޅު އަޅާބަލަ! ހުއްދަ ނޯންނަ ކަމެއް ކުރަންޔާ އަދަބު ދީބަލަ! ގާނޫނާއި ޤަވާޢިދު ތަންފީޒުނުކުރަންޏާ އަދި ކުށް ކުރީމަ އަދަބު ނުދެންޏާ ސަރުކާރު ބޮލުގަނޫންތަ އަޅުވާނީ.
އެޑްމުންޑޯ
08 September 2024
ތިމާމެން އަމިއްލައަށް ވިސްނާކަށް ނުވޭބާ ، 20 އަހަރު 18 އަހަރުގެ ޒުވާކުދިންގެ މައިންބަފައިންނާއި އާއިލާތަކުންވެސް މިކަމުގެ ވިސްނާ ފިކުރުކުރަން ނުވޭބާ ،
ވެންގަބޯ
08 September 2024
އެތަނަކަށް ނުކަތާވަރައް މީހުނާއި ދުއްވާއެއްޗެހި ގިނަވީމާ މިކަހަލަ ހާދިސާތައް އިތުރުވާނޭ ވީމާ އެމީހަކު އުފަން ރަށުގައި ހުރުމަކީ އެންމެ ރައްކާތެރި އަދި ސަލާމަތް ތެރިގޮތަކީ އެހެންނޫންތޯ މާލެ ހުރުމާކީ ހަރަދު ބޮޑުކަމެއް ވީމާ އެބަޔަކު އުފަން ރަށުގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތަކީ ހުރިހާ ބޭފުޅުން ވެސް މިކަމަށް ފުންކޮށް ވިސްނައި ވަޑައިގަންނަވާ ބޭސްފަރުވާއަށް ވެސް ރަށާ ކާރިހިސާބެއް ހިޔާރުކުރައްވާ އޭރުން ހަރަދުތައް ކުޑަވެގެންދާނެ ރަގަޅަށް ވިސްނަވާށެވެ
އަފްރާސިޔާބު
08 September 2024
އެކަން ވާކަށްނެތޭ ތިޔަ ބައި މީހުންގެ ވިސްނުން ތިގޮތަށް ހުރެގެނެެއް. މާލެ ތޮއްޖައްސަން ރަށްރަށުގެ މީހުން ފެންބިވައިގެންފައިވަނީ ވަކިވަރަށް ނުން. ކުލީގެ އަޅުންނަށް ވެގެން މުޅި އުމުރު ހުސްކުރަން ގޮވާ ވަރުން.
ބޯބޮޑޭ
08 September 2024
ދުއްވާ އެއްޗެއްސާއި މީހުން ގިނަވެގެންތަ އެކްސިޑެންޓް ތަށް ހިނގަނީ ނޫނީ ހިނގާފަ ހުރީ؟ ނޫނީ ގާނޫނާއި ގަވައިދަށް ނުބަލާ ހިތަށް އެރި ބާރު މިނެއްގަ ހިތަށް އެރި ގޮތަކަށް ދުއްވައިގެންތަ؟ ތި އުސޫލުން ބަލަންޏާ ދުނިޔޭގަ މީހުން އުޅޭތީ ވާ އެކްސިޑެންޓް ތަކޭ ވެސް ބުނެވިދާނެ.
ސ ސައްޕޭ
08 September 2024
މާލެ ހުޅުމާލެ ސަރަހައްދެކޭ ހަނގުރާމައެއް ހިނގަމުންދާ ސަރަހައްދެކޭ ވަކި ތަފާތެއްނެތް . ދާހިލީ ހަނގުރާމަތައް ހިނގަމުންދާ ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރުވާވަރަށް މާލޭ އޭރިޔާ އެކްސިޑެންޓުގައި މި ދަނީމަރުވަން. ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދެވޭނެ ސަރުކާރެއްނެތި އުންމީދު ގެއްލި ސަރުކާރުތައް ވެސް ފޭލި ވެއްޖެ.