ގދ. ތިނަދޫގެ މަގެއް: މިދިޔަ މެއި މަހު ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ޖުލައި 2025 - 16:21
މިދިޔަ މެއި މަހު ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ ނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި އަންހެން މީހާ އަށެވެ.
އަންހެން މިހާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށި އެވެ. އެ މީހާގެ ހާލަތާ ބެހޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު، އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެގެން އައިސިޔޫގައި ފަރުވާދެމުންދިޔަ ކަމަށެވެ.
އެކަމަކު މިއަދުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވިއިރު އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން މިރޭ އިޝާ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައި އޭނާގެ ކަށުނަމާދު އޮންނާނެ އެވެ.
ފުލުހުން ކުރިން ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ(ލ)
11 July 2025
ވަރަށް ފާހަގަވާކަމެއް އައި.ޖީއެމް ހޮސްޕިޓަލުން ސިކުނޑިއާ ކުޅެފިއްޔާ ކޮންމެވެސް އިންފެކްޝަނެއް އަބަދަުވެސް ޖެހޭ، އެއަށް ފަރުވާކުރާނެ ބޭހެއް ނޭނގޭތާ އެއީ ކޮންކަހަލަ އިންފެކްޝަނެއްކަންވެސް ބުނެދެން ނޭނގޭ. ދެން މިހާ ނިޔާވެދޭ އިސާހިތަކު. މީ ތަހުގީގުކުރަންޖެހޭ ކަމެއް!