އައިޖީއެމްއެޗް: ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 މެއި 2025 - 23:37
ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު އެ އެކްސިޑެންޓު ހިނގީ، ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެން މީހާ އަށެވެ.
މި އެކްސިޓެންޑުގައި އަންހެން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
ފުލުހުން ކުރިން ބުނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާދިނުމަށް ފަހު އިމަޖެންސީގައި ހަމަ އެ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށި ކަމަށެވެ. މާލެ ގެނައި ފަހުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން އޭރު މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ އަންހެން މީހާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
08 May 2025
މާލެއަކީވެސް ބޮޑުރަށެއް ނޫން!ދެންރާއްޖޭގަ ގުޅިފަހުރި ރައްތައްވެސް 30ކިލޯމީޓަރައްވުރެ ދިގުނުވާނެ!ތިނަދޫވެސް ހަތަރު ހަކިލޯޓަރައްޮ ވުރެރެ ދިގުނުވާނެ ބައިސްކަލުން ފުދޭނެ!ހިގާފައިގަވެސް ގަޑިއަކު 6ކިލޯމީޓަރު ހިނގޭއިރު ތިރައްތައް ބޮޑެއްނޫން!ބޭރު ގައުމުތަކުގަވެސް ވިހިކިލޯމީޓަރު ވަރު ވަކިން ހުންނަ ރައްތައްހުރޭ އެންބިއުލާންސާ މުދާއުފުއްލާ އުޅަނދު ނޫނީ ނުދުއްވޭރައްތައް އެތަންތާދަތުރުކުރަން ބޭނުން ކުރަނީބަސް!ތިނަދޫ ވަރު ކުދި ރައްތަކައް ބަސްވެސް ބޭނުންނުވާނެ
ސަލީމު އިދުރީސް
08 May 2025
މިކުދި ރައްތަކައް ސައިކަލާ ފުރައިވެޓު ކާރު އެތެރެ ނުކުރެވޭގޮތް ހަދަންވީ
ކޮކީ
08 May 2025
އެއީ ކުޑަ ރަށެއް ނޫން ސަލީމޫ
ހެހެހެޖެ
08 May 2025
ގ.ދ. ތިނަދޫއަކީ ކުޑަރަށެއްނޫން. ހަމަ ކ.މާލެހޭ ބޮޑު، އަދި 3 ގުނަ ބިން (ފަޅު) އެބައޮތް ހިއްކާފަ ބޮޑުކުރަންވެސް.
އާދަމް ބައްތިރީސް
08 May 2025
އެރަށަކީ މާލެ ވަރު ވާ ރަށެއް. ސްޓިލް. އެގްރީ ވިތް ޔޫ. މަނާ ކުރަން ވީ އިންކްލިއުޑިންގް މާލެ.
ރަޝީދު ޔޫނުސް
08 May 2025
އެތެރެ ކުރެވޭނެ ރަށް ތަކުގެ ލިސްޓެއް ސަލީމު އިދުރީސް ހަދާލަދީބަ.
ސަލީމު އިދުރީސްގެ ބައްޕަ
08 May 2025
ދަރިފުޅާ ސަލީމު ކޮމެންޓް ކުރާއިރު ދެންފަހަރަކު ބަލާލައްޗޭ. ގދ. ތިނަދޫއަކީ ކުޑަ ރަށެއްތޯ ބޮޑު ރަށެއްތޯ.