ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލި މައްސަލާގައި ހައްޔަރުކުރި ޒައިދާން: ޕޮލިސް ސްޓޭޝަން ދޮރުގެ ލައިޓް އޭނާ ތަޅާލި ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/ޕޮލިސް
09 ސެޕްޓެމްބަރ 2024 - 11:13
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ސައިކަލު ޓޯ ކުރުމުން، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓު ތަޅާލި މީހަކު ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރު ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރޭ ފަތިހު 04:15 ހާއިރު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓު ތަޅާލި މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައަކާ ގުޅިގެން އޭނާގެ ސައިކަލު ފުލުހުން ޓޯކުރުމަށްފަހު ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށެވެ. އަދި ލައިޓު ތަޅާލި މައްސަލާގައި އޭނާގެ ހަށިގަނޑު ފާސްކުރުމުން އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޒައިދާން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިނަން
10 September 2024
ގައުމީ އެއާލައިންގެ މުވައްޒަފަކާ ވައްތަރު ގޮތެށްހުރޭ. އެކަމް އެސޮރު އެއީ ވަރަށް ބަރާބަރު ސޮރެށް. ބަސްއަހާ ވަޒީފާއަށް ފަރުވާތެރި.
ބޭދާމަނިކު
09 September 2024
ފުރަތަމަ ކަމަކަށް ޒައިދާން ތަޅާލި ލައިޓުގެ ހަލާކީނު ނަގާސާފުކުރުމުގެ އަގާއި އަލުން ލައިޓެއްގަތުމާއި ހަރުކުރުމުގެ އަގާއި ސަރުކާރުގެ އޮފީހެއްގެ ހުރުމަތްކެޑުމުގެ ޖުރިމައިނާޔަށް އަރާ ފައިސާޔާއި އެކު ޖުމުލަ ކޭސްކޮށް ވަގުތުން އަތުލާ. އެއަށްފަހު ހަރުކަށިއަދަބުދީ. އިންސާނުން އިސްލާހުކުރެވޭނީ އެކަށީގެންވާ އަދަބުދީގެން. އިންސާނުން މެނިފެކްޗާކޮށް އެއާއިއެކު މަތިން ތިރިއަށް ފޮނުއްވި މެނުއަލްގަ އެއޮތީ އެވާހަކަ.
ދެތިކި ޕީ
10 September 2024
ދައުލަތުގެ މުދަލަށް ގެއްލުންދީގެން ފަސް ދުވަހަށް ހައްޔަރުކުރީމައި ދައުލަތުންދާ އެމީހަކަށް ކުރާ ޚަރަދު، ކުށްސާބިތުވެގެން ދައުލަތަށް ދައްކަން އަންގާވަރާއި ނުބައްދަލުވާނެ. އެއަށްވުރެއް ދައުލަތަށް ލުއިވާނެ އެމިހާކު ބަންދުނުކޮށް ހުކުމްކޮށްފިއްޔަ.
ޢެޑްމުންޑޯ
09 September 2024
މިއީ ދިވެހިންގެ ހާލަތަކީ ، ދެންކިހިނެއް ކަމެއް ރަގަޅުކުރެވޭނީ ،
ބުއްރާސްޕަރީ
09 September 2024
އަދި މީހާދަ ގައްޑާ ގޮލައެކޭ ދޯ؟ މަށަކީ ދާދާ އޭ ބުނާ ކަަހަލަ. ސައިކަލު ޓޯ ކޮށްލަބަލަ އަހަރު ދުވަހަށް. ދެން ތީނަ ޖަލަށް ލާ ބަލަ ސައިކާއެކު އަހަރަކަށް. އޭރަށް އޮންނާނެ ގައްޑާ ވެވިފަ.
ހަންމަތަ ކުރޭ
09 September 2024
މި ހައްދު ފަހަނަ އެޅި ބައިގަޑު މުގުރު ބޭނުން ކޮށްގެން ވެސް ހަން މަތަ ކުރަން ޖެހިއްޖެ . ތަޅާލި ބައްތީގެ އަގާ ބޮޑު އަދަދަކުން ޖުރުމަނާ ކޮށް ޑުރަގު ގެންގުޅުމުގެ ކުށުގަ ޖަލުކާނާ ކާންދޭންވީ މީހެއް . ރައްޔިތުން ގެ ފައިސާ އިން ބޮޑު މުސާރަ ދީފަ ތިބޭ ޕޮލިހުން ލައްވާ މަސައްކަތް ކުރުވަންޖެހޭ އަދި ހާލަތަށް ބަލާ ބާރުގެ ބޭނުން ވެސް ކުރެވެންޖެހޭނެ.
ކުޑޭބެ
09 September 2024
މިގައުމަށް ޖެހިފައިވާ ވަބާއެއް ކަހަލަ ކަމެއް. ގައްޑާ ވަންޏާ ފުލުހުން ވެސް ޖެހޭ އޮންނަ އުޞޫލުގެ ތެރެއިން އެއަށްވުރެން ގައްޑާވާން
ޖަލުކާނީ
10 September 2024
ހަންމަތަ ކުރޭއަށް ހީވަނީތަ ޖަލުކާނާ ވަރަށް ކަޑަހެން. އާދައިގެ ގެއެއްގެ ހުންނަ ކެއުމަށްވުރެއް ޖަލުގެ ކެއުން ރަނގަޅުވާނެ. މަހަކަށް ގައިދީއެއްގެ ބޮލަކަށް 25000ރ ޚަރަދުކުރާކަމަށް ވޭ. (މައުލޫމާތު ކުށްކަމުގައި ނުވާނަމަ). ރަށްފުށުގެ ސިވިލް ސަރވަންޓެއްގެ ގާތްގަނޑަކަށް ދެމަހުގެ މުސާރަ އެދަނީ މަހަކު ގައިދީއަކަށް ދައުލަތުން ޚަރަދުކުރަމުން. ކާންދެނީ ކުކުޅު އާފަލް، އޮރުންޖެ ފަދަ ރަނގަޅުކާނާ ޖަލުތަކުގައި.
123456.
09 September 2024
މި ކަހަލަ މީހުންނަ ވަރުގަދަ އަދަބުދީ.
ބަބޫ
09 September 2024
ސައިކަލު ހެޑްލައިޓް ތަޅާލާ. ފިރުމައިގެން ގެނގުޅެވޭވަރު މީހުން އެގޮތައް ގެންގުޅެން ޖެހޭނީ. ސިންގަމް ހެދެންވީ ޕޮލިހުން
ދިވެހިރާއްޖެ - އިންޑިއާ
10 September 2024
ދިސް އިސް ނޮޓް އިންޑިއާ
ސިލްމާ ޒާހިރު
09 September 2024
ޝަރީޢަތް ނިމެންދެން ބަންދުކޮށް، ޓެރަރިޒަމްގެ ދަޢުވާވެސް އުފުލާ. އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ.
ޕީޖީ
10 September 2024
ހަމަ ބޭނުންވާއިރަށް ނިރުބަވެރިކަމުގެ ދައުވާކުރެވޭ ތޯ؟
ވާނުވާހޭ
09 September 2024
ގިނަ ފަހަރަށް އޯވަރ ސްޕީޑް ގަ ދުއްވަނީ މިފަދަ އެތައް ޖިނާޢީ ކުށަކަށް އަރައިގެންފަ ތިބޭ މީހުން. ފުލުހުން ނުހުއްތޫވަނީ އެއްނޫ، ހުއްޓުވީމަ ގައިގަ އައްލިޔަސް ފުލުހަކަށް އެއިން މީހެއް ގެ ގައިގާ އަތްލުމުގެ ބާރު ނެތީ
ޤާނޫނީ ބާރު
10 September 2024
ޤާނޫނީ ބާރު ފުލުހުންނަށް އޮންނާނެ
ކަލާ
09 September 2024
ކަލޯ ހީވޭކަމެންހެން...... މިވެރިން މުޅި ފުލުސް އޮފީހާ ނުބައްދަލުވާނެ.