ތިން ފުލޯގެ އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައި.
ސޯސަން މަގުގައި ހުންނާ ގާމަގު ކެފޭގެ އިމާރާތުގައި ރޯވެފައި.
09 ސެޕްޓެމްބަރ 2024 - 17:05
މާލޭގައި މިއަދު އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭގެ މަތީގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަން އެނގިއްޖެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެންޑީއެމްއޭގެ އޮފިޝަލަކު ވެސް މީޑިއާތަކަށް ދެންމެ ވިދާޅުވީ މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި ހަ ދިވެހިން އިވެކުއޭޓްކޮށްފައިވާ ކަމަށެވެ. އެއީ ކޮންކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެއީ ކޮން ބައެއްކަން ޔަގީން ވުމުން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށެވެ.
ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގެ އިމާރާތުގައި ތިން ފުލޯ ހުރެ އެވެ. އެ އިމާރާތުގެ މަތީ ދެ ފުލޯ ހަދާފައި ވަނީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ.
އެނގިފައިވާ ގޮތުގައި، އެ ކެފޭގެ މަތީ ދެ ފުލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ. އެ ތަނުގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެ އެވެ. އަދި އެ ކެފޭއަކީ ބިދޭސީންނަށް ހިންގާ ކެފޭއެކެވެ.
އެ ކެފޭއާ ޖެހިގެން ހުރި، ދިވެހިން ދިރިއުޅޭ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ.
އަލިފާން ރޯވީ ކެފޭގެ ބަދިގޭގަ އެވެ. މިއަދު މެންދުރު ފަހު 3:30 ހާއިރު ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ބިދޭސީ ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
10 September 2024
އެ50 މީހުންގެ ތެރެއިން ގަވާޢިދާ އެއްގޮތަށް އަދި އެ ތަނުގައި ދިރިއުޅުމުގެ ހުއްދަ އޮވެގެން ދިރިއުޅެނީ ކިތައް މީހުންބާ؟ ގައިމު ނޭޕާލް މީހަކު މަސައްކަތްކުރާ ސެލޫނުގައި ނެތި އެހެން ސެލޫނެއްގައި ބޯހަދަން އިންދާ ވެސް ޑިޕޯޓްކޮށްފި ވިއްޔަ.
ބަކުރުުބޭ
10 September 2024
ތަންކުޔަށްދީފާ ތަނުގެ ވެރިން އެތިބެނީ ރާއްޖޭން ބޭރުގައި ނޫނީ ކޮންމެސް އެހެންތަނެއްގާ. ދިލްކުޝާ ގޯޅިގައި އެހުންނަ އަސްޓްރަލް ގޯތީގެ ހުރިހާބައިތައް ބޭރުމީހުންނަށް ކުޔަށްދީފާ އެހުރީ. އެތަންތަނުގެ އެއާކޯން ތަކާ ފުރާޅުތަކުން ފެންފައިބާ އެތަނުން ނުތެމި މީހަކަށްހިނގޭކަށްނެތް،ދެން ބޭރުމީހުން ހެނދުނުމަސައްކަތު އެދަނީ ގޯޅިގަނޑު ތެރެއަށް ކުނިކޮތަޅުތައް އަޅާފާ.މަސައްކަތްނިންމާފާ އަންނަނީ ރޭގަނޑު.ދުވާލު ހަތަރުދަމުއެއޮންނަނީ ކުނިގޮނޑަކަށްވެފާ.ސިޓީކައުންސިލްވެސ
ހުސްނޫނު
10 September 2024
އަހަރެން ފައުވޢަކަށް އިންޑިޔާއަށް ދިޔައިރު ފްލައިޓްން ދިން ފޯމެއް ފުރަން ޖެހުނު. އެފޯމުގައި ހުންނަތަނާ ޙަވާލުވާ ފަރާތުގެ މައުލޫމާތު ލިޔަން ޖެހުނު. ހުރި ގެއިން ވަކިން އިމިގްރޭޝަން ފޯމެއްފުރި. އެހެން އެޑްރެހަކަށް ބަދަލުވީމާ އެކަންވެސް އިމިގްރޭޝަން އޮފިސަރަކު އައިސް ފޯމެއް ފުރައިގެން ނިންމީ. މިވަރަށް ރަައްޖޭގައި ފުނި ޖެހެނީ ކަންކަން ނުބަލާތީ. ޒިންމާ ދާރުކަމެއްނެތީ. ފައިސާ ލިބުނީމާ ނިމުނީ. މިޤައުމު ބިދޭސީންގެ ބަލާވެރި ތަނަކަށް ހެދީ ކުރީ ސަރުކާރުން
ސަމަދު ބެ
10 September 2024
މިކަހަލަ ވަރައްގިނަ ތަންތަން މާލޭގަ އެބަހުރި. ސަރުކާރާ ސިޓީ ކައުންސިލް އިން މިކަން ކަން ހައްލު ކުރާނެ ގިތެއް ހޯދަން އެބަޖެހެ. ވިޔަފާރި ކުރާ ބިދޭސީ މީހުންގެ ލިސްޓައް ކައުންޓަރުގަ އިންނަ ބިދޭސީ މީހާ ހިމަނަން ޖެހެ. މިހާރު ތިބެނީ ސޭޓަކައް ނޭޕާލީ މަސައްކަތު ބަންގާޅީ ފިހާރަ ބޮސް ބަންގާޅީ
އަޔަންޓޭ
09 September 2024
މިހެން ވާނީ އެހެން ސަރުކާރުތަކުން މިކަމަށް އަޅާނުލީމަ. މިސާލަކަށް މިސަރުކާރުން ކުރާ ވަރަށް މަސައްކަތް ކުރާނަމަ ހަމަ ގައިމެވެސް ހައްލު ލިބޭނެ
ޔާމިން މުހައްމަދު
09 September 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ މިދިޔަ ސަރުކާރުތަކުން
ޝަމްހީދު
09 September 2024
މަ ބުނީތީ ނޯޓްކޮށްލާ. ބިދޭސީންގެ މައްސަލަ ހައްލު ކުރާނީ ރައީސް މުއިއްްޒް
އަމާން މުހައްމަދު
09 September 2024
ފައްޔާޒް ގަލޮޅު ދަޑަށް މީހުން އެއްކޮށްގެން ހައްލު ކުރި މައްސަލަ މިއީ. ކީކޭ ބުނާނީ
މޫމިން މުހައްމަދު
09 September 2024
މިދިޔަ 50 އަހަރުގެ ބިދޭސީންގެ މައްސަލައެއް މިއީ. ހައްލު ނުކޮށް އެތައް ސަރުކާރުތަކުން ދިޔައީ. ހަމައެކަނި ހަގީގީ ފިޔަވަޅު އަޅާ މިކަންވެސް ސިރިއަސް ކޮށް ނަގައިގެން މިއުޅެނީ ރައީސް މުއިއްްޒް
ނނޱހޱހޱހ
09 September 2024
އަވަހަށް ހުޅުމާލެއިން އެމީހުނަށް ބިމެއްދެއްވާ ލޮބުވެތި ރައީސް