ސައިބީރިއާ އެއާލައިންސްގެ ބޯޓެއް: އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރުމަށް މި އެއާލައިން ބޭނުންކުރި.
14 ސެޕްޓެމްބަރ 2024 - 18:59
އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި މިދިޔަ ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.
އެއީ އިޒްރޭލުގެ ރައްޔިތެއް ކަމަށްވާ ގާލް ހައިމޮވިޗް، 49 އެވެ. އޭނާއަކީ މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރާ އިންޓަނޭޝަނަލް ކުންފުންޏެއް ހިންގާ މީހެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާކްރާފްޓުގެ ސާމާނު އެކްސްޕޯޓް ކުރުމުގައި އެމެރިކާގެ ކުންފުނިތަކަށް އޮޅުވާލި ކަމަށް އޭނާ ކޯޓުގައި އެއްބަސްވި ކަމަށެވެ. އޭނާ ރަޝިޔާއަށް އެތެރެކުރީ އެމެރިކާގައި އުފައްދާފައިވާ މަތިންދާބޯޓުގެ ބައިތަކާއި މިސައިލް ޓެކްނޮލޮޖީ އެޕްލިކޭޝަންތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނިގޮތުގައި، މާޗު 2022 އިން ފެށިގެން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އޭނާ ވަނީ 160 ޝިޕްމަންޓުގެ މުދާ ރަޝިއާއަށް އެތެރެކޮށްފަ އެވެ. އަދި ރަޝިއާއަށް އެ މުދާ އެތެރެކުރީ ރާއްޖެ އާއި ޔޫއޭއީގެ ކުންފުނިތައް މެދުވެރިކޮށް، ވައިގެ މަގުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން, އެމެރިކާގައި އުފައްދާ އޭވިއޭޝަންގެ ސާމާނު ރަޝިޔާއަށް ވިއްކުން އެމެރިކާއިން އޮންނަނީ މަނާކޮށްފަ އެވެ.
ރިޕޯޓްތައް ބުނިގޮތުގައި، އޭނާގެ ކްލަޔަންޓުންގެ ތެރޭގައި ރަޝިއާގެ އެއާލައިނެއް ކަމަށްވާ ސައިބީރިއާ އެއާލައިންސް ވެސް ހިމެނެ އެވެ. އެ އެއާލައިން މެދުވެރިކޮށް ރަޝިއާއަށް އެ ސަމާނު އެތެރެ ކުރުމުން އޭނާއަށް ދެ މިލިއަން ޑޮލަރު ލިބުނެވެ.
އޭނާ އެ ހުރިހާ ކަމެއް ކުރީ ފޭކް އެކްސްޕޯޓް ޑޮކިއުމެންޓްތައް ހަދައި އޮޅުވާލައިގެން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ކުށަށް އިއުތިރާފުވެ އޭނާ ވަނީ އެމެރިކާ ސަރުކާރަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް އެސްޕޯޓްކުރި އެއާކްރާފްޓުގެ ބައެއް ސާމާނު އަނބުރާ ހޯދަން ވެސް އޭނާ އެއްބަސްވި އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
15 September 2024
ދިވެހިން ވަރައް ލަދުގަންނާނެ މިކަހަލަ ހަބަރުކިޔަން.
ޢުއްތަމަ އުސްތާޛް
15 September 2024
ފަހުރުވެރިވާންވީ. ޢެމެރިކާ އަކީ ކޮންބައެއްތަ އަހަރެމެން އަޅުވެތިވެގެން އުޅެން.
ބަނަސް
15 September 2024
ކޮން ލަދެއްތަ؟ ތީ ޔަހޫދީއަކު އޭނަގެ ނަސްލުކަތިލާ ޖަރީމާގެ ބައިވެރި އަންކަލް ސާމުގެ ބްލަޑީ ވިޔަފާރި ހަތިޔާރު އޭނަގެ ދުޝްމަނަކަށް ވިއްކާގެން 2 މިލިޔަން ބަކްސް ހޯދި ވާހަކަ. އަދި އެއް ގާގަނޑުން ތިންދޫނި މަރަން ވެގެން އިސްލާމީ ދެގައުމު އޭގައި މަހާލަން ދައްކާ ވާހަކަ. ޔަހޫދީއަކު ޔަހޫދީ ވީމާ އަހަރެނެން އެވީ ލަދުން ބޮޅާފޮށާ އަޅަންތަ؟
ކޮން ރާއްޖެ މަގެއްތަ؟
15 September 2024
ރާއްޖޭން އެއްޗެއް ލޯޑް އެއް އަންލޯޑް އެއް ނުކޮށް ހުރި އެއްޗެއް އޮޅުވާލައިގެން ގެންދިޔަސް ބުނާނެ ދޯ ރާއްޖެ މަގުންނޭ؟ ދެން ތީ ޖަރީމާއެއް ވެސް ނޫން. ކޮކާކޯލާ ވިއަސް ވަކި ގައުމަކަށް މަނާކޮށްފައި އޮއްވާ އެ ގައުމަކަށް ވިއްކާފިއްޔާ ވާނީ ގާނޫނާ ޚިލާފުވޯ ކަމަށް ދޯ؟
ބަބްސް
15 September 2024
ރާއްޖޭގެ މާފިޔާ ގޭންގްތަށް އުޅެނީ ހަމައެކަނި މަސްތުވާއެއްޗެތި ވިއްކުމުގައެއް ނޫން. ރާއްޖައަށް ގައުމުތަކުން ދީފައޮންނަ އެކިއެކީ ފަސޭހަތަށް ނާޖާއިޒްގޮތުގައި ބެނުންކޮއްގެން ބޮޑެތިކުއްތައް ދަނީ ކުރަމުން. ދިވެހި ފުލުހުން މިކަމުގައި ބައިވެރިވީ ކޮންކުފުނިތަކެއްތޯބަލާ އެބަޔަކު ޖަލަން ލާންޖެހޭ. މިއީކީ ކުޑަކަމެއް ނޫން. ރާއްޖޭގެ އަގުވެއްޓި މީހުން ރާއްޖެއާއިމެދު ދެކޭގޮތް ބަދަލުވޭ.
ކަނީސާ
15 September 2024
އިބޫ ސޯލިހްގެ ވެރިކަމުގަ ހިގާފަ އޮތް ކަމެއް މިސަރުކާރުން ކީއްކުރަން ބަޔާން ނެރެންވީ .
ލަޔަނަ
14 September 2024
މިތާގަ އަގު ބޮޑުކޮަށް އެމެރިކާ ޑޮލަރު ވިއްކާ ކަން އެމީހުންނަސް އެނގޭބާ؟
ނަށީދު
14 September 2024
ތީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް! އެމެރިކާއާ ރަޝިޔާގެ ހަގުރާމައިގެ ތެރެޔަށް ރާއްޖެވަނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން. ރާއްޖޭން ބޭނުންވާނެ ރަޝިޔާ ޓުއަރިސްޓުންވެސް އެމެރިކާ ޓުއަރިސްޓުންވެސް. އިޒްރޭލް މީހުންނަށް ރާއްޖޭން ސަމާލުވާނެޖެހޭ މިންވަރަށް ސަމާލު ނުވެވުމުގެ ނަތީޖާ މީ. ދެންވެސް ރަގަޅުކުރޭ!
އެއް އުރައެއްގައި ދެކަނޑި.
14 September 2024
އިޒްރޭލުގެ މީހަކު ވެސް ރަނގަޅު ކަމެއް ކޮށްފިޔާމުން އެވާނީ ރަނގަޅު ކަމަކަށް. އިޒްރޭލު މީހުން ފަލަސްތީނަށް ހަމަލާދޭއިރު ދަތިކުރުން ނާޅާއި ރަށީއިން ޔޫކުރޭނަށް ހަމަލާދޭތީވެ އެމެރިކާއިން ދަތިކުރުން އަޅާފައި. ކީކޭ ދެނ ބުނާނީ.
ޢިންސާފަށް ލޯބި
15 September 2024
ޙަގީގަތަކީ ފަލަސްތީނު މީހުންނަށް ހަދާހެން ރަޝިއާއިން ޔޫކްރޭނަށްވެސް ހަދަނީ. ޜީތިިކޮށް އޮތް ގައުމަކަށް އަރައިގަނެ އެތަން ސުންނާފަތި ކޮށް މީހުން މަރަނީ. ދެން އެމެރިކާގެ ދެފުށްކެހެރިކަން އެއީ އަދި އެހެން ކަމެއް.
ވަހީދުބެ
14 September 2024
އިސްރާއީލު މީހުން ދައްކާ ވާހަކަ ޢާއްމުކޮށް ޤަބޫލު ކުރާ މީހުން އުޅޭނެ. އަހަރުމެން ތިޔެއް ޤަބޫލެއް ނުކުރާނަން. އަމުދުން ރާއްޖެ މަހުން މަތިންދާ ބޯޓުގެ ސާމާނާއި މިސެއިލްގެ ސާމާނު ގެންދިޔަ ވާހަކަ ޤަބޫލު ކުރާނީ މޮޔައިން
ހހހ
15 September 2024
ރަނގަޅު ވާހަކައެއް. މިކަހަލަ ވިސްނުން ރަނގަޅު މީހުން ބޭނުންވޭ
ގުދުގުދާބެއްޔާ
14 September 2024
މި އިޒްރޭލް މީހުންނަނީ ނުލަފާބައެއް!
ދާސް
14 September 2024
ރަޝިޔާއަށް އެހީވީމާވެސް؟
ކަހެރުވައް
14 September 2024
އަހަރުން ތިކަމާ ހައިރާނެއް ނުވޭ. ރާއްޖެ މަގުން ކޮންމެފަދަ އެއްޗެއްވެސް ޓްރާންސްފާ ކުރެވޭނެކަން އެއީ އެންމެންވެސް ދަންނަ ކަމެއް. އިޒްރޭލު މީހުންނަށް ނިކަން ރަނގަޅަށް އެނގޭނެ މިތަނުގެ ގޮތް.. މިހަބަރު ނޫހުން ފެނިގެން ކަމާބެހޭ ފަރާތްތަކުން މިކަން ތަހުގީގުކުރާނެ ކަމަށް ބުނެ ނޫސްބަޔާންތައް ވެސް ދެން ނެރޭނެ.
ރުބާ
14 September 2024
2022 އިން 2023 މެއި މަހުގެ ނިޔަލަށް ދޯ ކޮށްފަ އޮތީ!!
ކިހިނެއް
14 September 2024
އޭއީ ނިމިދިޔަ ވެރިކަމުގަ އަދި މިހާރު ބޮޑައް ބަލާނެ. ވަގައް ކަމެއް ނުކުރެވޭ ގައުމެއް ނޯންނާނެ ދުނިޔޭގަ.