ރިޕޯޓް

މި ސިކު މީހުން ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!

ފުލުހުން ވަނީ އުމުރުން ދެ އަހަރުގެ ތުއްތު ކުދިންގެ ފޮޓޯތަކުން ފެށިގެން 18 އަހަރާ ދެމެދުގެ ކުދިންގެ ބަރަހަނާ ފޮޓޯތައް ވެސް ތަަހުގީގުގައި ހޯދާފައި.

ކުޑަ ކުއްޖަކު މަގެއްގެ މަތީގައި: ދެ އަހަރު ނުފުރޭ ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

17 ސެޕްޓެމްބަރ 2024 - 06:28

55 comments

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އޮތް ވަރާއި އޭގެ ސީރިއަސް ކަން ނޭނގޭ މީހަކު މިއަދު ވަރަށް މަދު ވާނެ އެވެ. ނަމަވެސް މީގެ މަސްތަކެއް ކުރިން ވިކްޓިމެއްގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރި ތަހުގީގަކުން ހޯދުނު ކަންކަމުން ފުލުހުންނަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ރާއްޖޭގައި އުމުރުން 18 އަހަރު ނުފުރޭ އެތައް ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އެކި ގޮތްގޮތަށް ހޯދައި އަދި އުފައްދައިގެން އެ ތަކެތި ޓެލެގްރާމް ޗެނަލްތަކުގައި ދައުރުކޮށް، ވިޔަފާރި އެބަ ކުރެ އެވެ. އެފަދަ ފޮޓޯތައް ގަނެ ވިއްކާ ބޮޑެތި ނެޓްވޯކުތައް އޮތީ އުފައްދައިފަ އެވެ.

އެ އަށް ވުރެ ވެސް ހާސްވާ ކަމަކީ އެ މަންޒަރުތައް ބަލަން ފައިސާ ދައްކައިގެން 30,000 އަށް ވުރެ ގިނަ މީހުން އެ ޗެނަލްތަކަށް ވަދެ ތިބި ކަމެވެ. ވަގު އައިޑީތަކާއި ނަމްބަރުތަކެއްގެ ފަހަތުގައި އެ މީހުން ތިބޭތީ އެއީ ކޮން ބައެއް ކަމެއް ސީދާ ނޭނގެ އެވެ. އެކަމަކު އޭގެ ތެރޭގައި ގިނައީ މި މުޖުތަމައުގެ ތެރޭގައި އުޅޭ ދިވެހިންނެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މީހުން ގެންދިޔައީ އެ ޗެނަލްތަކުގައި ކުޑަކުދިންގެ އެތައް ހާސް ފޮޓޯ އާއި ވީޑިއޯ ދައުރުކޮށް ވިއްކައި އަދި އިތުރު ފޮޓޯތައް ހޯދަން ހިތްވަރު ދެމުންނެވެ. އެ "ވިޔަފާރި" ގައި ބަޔަކު އެތައް މިލިއަނުން ފައިސާ ވެސް ހޯދަމުން އެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަކޮށްލީ އަދި މި މައްސަލައިގެ ކުޑަ ވަރެކެވެ. އޭގެ އަޑި އަދި ވަރަށް ފުނެވެ. މިކަމުގައި ބައިވެރިވާ އެތައް ބައެއް އުޅޭނެ ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

"އަޅުގަނޑުމެން ވެސް ވަރަށް ސަޕްރައިޒް ވި. ކުޑަކުދިންގެ ކުދިންގެ ފޮޓޯތައް ޓެލެގްރާމް ޗެނަލްތަކުގައި މި ލެވަލް އަށް ދައުރުވެގެން ގޮސް އެ ކުދިން ވަރަށް ބޮޑަށް ވިކްޓިމައިޒް ވެގެން ދާއިރު އާއިލާތަކަށް ގިނަ ފަހަރަށް އެއްގޮތަކަށް ވެސް ނޭނގޭ،" ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި ކުޑަކުދިންގެ މިފަދަ ކުށްތައް ހުއްޓުވުމާއި އެކަމާ ބެހޭ ގާނޫނު ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި އެވެ.

ސިކު ބައެއް ; އުމުރުން 11، 12 އަދި ދެ އަހަރު!

ފުލުހުން ތަހުގީގު ކުރަން ފެށި މި މައްސަލައަކާ އެކު، ރާއްޖޭގައި ކުޑަކުދިންގެ ފޮޓޯތައް ދައުރުކުރާ ނެޓްވޯކުތަކެއް މިހާރު ހޯދާފައިވާ އިރު، މި ކަމަކީ މީގެ ކުރިން ބޭރުގެ ފަރާތްތަކުން ވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ މައްސަލަ އެކެވެ.

ޗައިލްޑް އެބިއުސް އަށް ހިތްވަރު ދޭ ކޮންޓެންޓާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ރާއްޖޭގެ ނެޓްވޯކުތަކުން ސާޗް ކުރުމާއި އެފަދަ ފޮޓޯތަކާއި ވީޑިއޯ ޑައުންލޯޑު ކުރާ އަދަދު ގިނަވެގެން ދުނިޔޭގައި އެކަންކަން މޮނިޓާ ކުރާ އިދާރާތަކުން ދިވެހި ފުލުހުންނާ ހަމައަށް ވެސް މައްސަލަ ގެންދިޔުމުން ތުހުމަތު ކުރެވޭ ދެތިން މީހަކު ހައްޔަރު ވެސް ކުރި އެވެ.

މި ވަރުގެ ބޮޑު ނެޓްވޯކުތައް ހިންގާ ކަން ނޭނގުނު ނަމަވެސް އެ މީހުންގެ ފޯނުތަކުން ފުލުހުން ވަނީ އުމުރުން ދެ އަހަރުގެ ތުއްތު ކުދިންގެ ފޮޓޯތަކުން ފެށިގެން 18 އަހަރާ ދެމެދުގެ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހޯދައިފަ އެވެ.

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައްސަލައިގެ ތަފުސީލް ޕްރެޒެންޓޭޝަނަކުން ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ ކުރީކޮޅު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވެފައިވާ ގޮތުގައި އޭރު ވެސް ކުޑަކުދިންނަށް އެކި ކަހަލަ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވެސް އޮތީ ބޮޑުވެފަ އެވެ.

"ރާއްޖޭގައި ނިސްބަތްވާ އައިޑީތަކުން މި ގޮތަށް ޑައުންލޯންޑުކުރާ ފޮޓޯ އާއި ވީޑިއޯގެ މައްސަލަ ސީރިއަސްކޮށް ބަލަމުންދަނީ. އެކަން ބެލުމުގެ ގާބިލްކަން އިތުރުކުރަން މި ދާއިރާގެ ފުލުހުން ތަމްރީނު ކޮށްފައިވޭ،" އޭނާ އޭރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ނޫނަސް އުމުރުން 10 އަހަރާއި 12 އަދި 13 އަހަރުގެ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ޑައުންލޯޑު ކުރުމާއި އެކިއެކި ގޮތްގޮތުން ހޯދައިގެން އެތައް ބަޔަކު ހިމެނޭ ޕްލެޓްފޯމްތަކަކަށް ލީކު ކޮށްލާ މައްސަލަތައް ވަރަށް ގިނަ އެވެ.

މިހާރު ތަހުގީގު ކުރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލާގައި ފުލުހުން ބުނިގޮތުގައި 43 ޗެނަލެއް ހާއްސަ ކޮށްފައި އޮތީ ކުޑަކުދިންގެ އެފަދަ މަންޒަރުތައް ދައުރު ކުރުމަށެވެ. އޭގައި އާންމުކުރާ ދިވެހި ކުޑަކުދިންގެ ބައެއް ފޮޓޯތަކުގައި އެ ކުދިންގެ ނަމާއި ވަނަވަރުތައް އޮތީ ހާމަކޮށްފަ އެވެ.

އޭގެ ތެރޭގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ 86،618 ވީޑިއޯ އަކާއި 241،651 ފޮޓޯ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ އަށް 34،680 މީހުން ފައިސާ ދައްކައިގެން ސަބްސްކްރައިބް ކުރެ އެވެ. އެ ފޮޓޯތައް "ވިއްކައިގެން" ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަން މިހާތަނަށް ކުރި ތަހުގީގުތަކުން އެނގެ އެވެ.

އެނގިފައިވާ ގޮތުގައި މި ޗެނަލްތައް ހިންގާ މީހުން ދިވެހި ކުޑަކުދިންގެ މިފަދަ ފޮޓޯތައް ބޭރު ގައުމުތަކުގައި ހިންގާ މިފަދަ ގްރޫޕްތަކަށް ވެސް އަޅައިގެން ދައުރު ކުރެ އެވެ. އެގޮތަށް ބޭރުގެ ފޮޓޯތައް ވެސް މި ދިވެހި ޗެނަލްތަކުގައި ދައުރު ކުރެ އެވެ. މިއީ ފިއްކަނޑައިގެން ދާވަރުގެ އަދަދުތަކެކެވެ. އަދި ދިވެހި މުޖުތަމައުގައި މި މައްސަލަ މޫލައިފައި އޮތް ވަރު ފެންނަ ކޭސް އެކެވެ.

ބޮޑު ރޭވުމެއް: ނޭނގި ވިޔަސް ޖެހޭ މަޅިއެއް!

މިހާރު ފެންމަތިވެފައިވާ ކޭސްއާ ގުޅިގެން އެ ޗެނަލްތައް ހިންގައި އެ އިން މާލީ މަންފާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހު އެވެ.

ފުލުހުން ބުނި ގޮތުގައި ކުޑަކުދިންގެ ގިނަ ފޮޓޯތަކެއް ޗެނަލަށް އަޕްލޯޑް ކުރުމުގެ ބޮޑު ދައުރެއް އަދާކުރީ ޒުބައިރެވެ. އޭނާގެ ފޯނު ހޯދައިގެން ބެލިއިރު ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރުގެ އިންޓްރެސްޓް ހުރެގެން ހޯދާ އެއްޗެއް ކަން އެނގުނެވެ. ކުޑަކުދިންގެ ފޮޓޯތައް ހޯދާނެ ގޮތްތަކާއި މަޅީގައި ޖައްސާނެ އަދި އެކަން ކުރާނެ ގޮތުގެ އުކުޅުތައް އޭނާ އެހެން މީހުންނަށް ވެސް ކިޔައިދެ އެވެ.

މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެނގިފައިވާ ގޮތުގައި މި ޗެނަލްތަކުގައި ދައުރު ކޮށްފައި ވަނީ ބަޔަކު އެކިއެކި ގޮތްގޮތަށް ހޯދައިގެން އަޕްލޯޑު ކުރާ ފޮޓޯތައް އެކަންޏެއް ނޫނެވެ. އޭގެ ވަރަށް ގިނަ ފޮޓޯތައް އެ މީހުން ހޯދާފައި ވަނީ ސްނެޕާއި އިންސްޓަގްރާމް ފަދަ ފޮޓޯތައް އަޕްލޯޑް ކުރާ ޕްލެޓްފޯމްތަކުންނެވެ.

އެ މީހުންނަށް ޝައުގުވެރިވާ ފަދަ ގޮތަކަށް ހުރި ފޮޓޯއެއް ނަމަ އެ ޑައުންލޯޑުކޮށް، އޭއައި އާއި އެހެނިހެން ޓޫލްތައް ބޭނުން ކޮށްގެން އެއީ އެ ކުޑަކުއްޖާގެ ބަރަހަނާ ފޮޓޯއަކަށް ބަދަލު ކުރެ އެވެ. އެގޮތަށް ފޮޓޯ އުފައްދައިގެން ވެސް ޗެނަލްތަކުގައި މައުސޫމް އެތައް ކުދިންގެ ފޮޓޯތައް ދައުރު ކޮށްފައި އެބަހުއްޓެވެ.

ބެލެނިވެރިން ކުޑަކުދިންނަށް ފޯނާއި ވައިފައި ހުންނަ އެހެން ޑިވައިސްތައް ދޭ ވަރު މި އަންނަނީ އިތުރުވަމުން. ދިރިއުޅުން ބައްޓަން ކުރާ ގޮތުން އޭގެން ނުކުމެދާނެ ނުބައި ނަތީޖާއަކަށް ވުރެ ބޮޑަށް ލިބިދާނެ ފަސޭހައަކަށް ބަލައިގެން ގިނަ ފަހަރަށް ކުޑަ ކުއްޖާ އަށް މި ޑިވައިސްތައް ދޫކޮށްލެވެނީ،"--- ޝުޖާއު

މިގޮތަށް ދައުރު ކުރާ ފޮޓޯތައް ޑިލީޓް ކުރަން އެދުމުން އެ ހިންގާ މީހުންގެ ފަރާތުން އަންނަނީ އެ އަށް ވުރެ ބިރުވެރި ޑިމާންޑުތަކެކެވެ. ގިނަ އަދަދެއްގެ ފައިސާ ދީގެން އެ މީހުން އަތުން އެ ފޮޓޯ އާއި ވީޑިއޯ ގަތުން ނުވަތަ އެ މީހުންނާއެކީ ޖިންސީ ގުޅުން ހިންގުމެވެ. ކުޑައެއް ބޮޑެއް ނުބަލާ ބްލެކްމެއިލް ކުރުމާއި އެތައް ބައިވަރު ކުށްތަކެއް މި މީހުން ކުރަމުން ގެންދިޔަ ކަން ފުލުހުންގެ ތަހުގީގުތަކުން ވަނީ ހޯދިފަ އެވެ.

މީގެ އެތައް ބަޔަކާއި އެތައް ޗެނަލްތަކެއް އުޅޭނެ ކަން ފުލުހުންނަށް ގަބޫލު ކުރެވެ އެވެ.

މިކަމަށް ލޯ ހުޅުވި ރައްކާތެރިވާން ޖެހޭ: ސީޕީ

މި މައްސަލަތަކާ ގުޅޭ ގޮތުން ސީޕީ ޝުޖާއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް ގިނަވަމުން އައި ގޮތުގެ ޓްރެންޑަށް ބަލާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާ އެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅެ އެވެ.

މީގެ ކުރިން ނުދަންނަ މީހުން ކުޑަކުދިންނާ ފޭސްބުކް އިން އެޕްރޯޗްކޮށް، ގްރޫމް ކުރުމާއި ރައްޓެއްސަކަށް ވެގެން ނުވަތަ އެ އަށް އިތުބާރު ކުރެވޭނެ ކަމަށް ބުނެ ފޮޓޯތައް ފޮނުވުމުގެ މައްސަލަތައް ރިޕޯޓު ކުރާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް ފަހުން 2010-2013 ހިސާބުގައި ސްނެޕް ޗެޓާއި އިންސްޓަގްރާމާއި އެ ނޫން ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ގިނަވެ އަދި ކޮންމެ ޕްލެޓްފޯމަކުން ވެސް އެ ބަޔަކީ ރައްކާތެރި ޕްލެޓްފޯމެއް ގޮތުގައި މާކެޓު ކުރަމުން ދިއުމުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވެސް މިފަދަ މައްސަލަތައް ހުށަހަޅާ ވަރު އިންތިހާ އަށް އިތުރުވި ކަމަށް ސީޕީ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ޝުޖާއު މީގެ ކުރިން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑިލީޓު ކޮށްލާނެ ކަމަށް ބުނެ ނުވަތަ ސްނެޕް ޗެޓުން އަމިއްލަ އަށް ގެއްލޭނެ ކަމަށް ބަލައިގެން ފޮނުވާ ފޮޓޯތަކާއި ވީޑިއޯތައް ދެން ފެންނަނީ ޓެލެގްރާމް ޗެނަލެއް ނުވަތަ އެހެން ޕްލެޓްފޯމަކަށް ވެސް އަޕްލޯޑު ކޮށްލާ ތަނެވެ. އެފަދަ ފޮޓޯތައް އަމިއްލަ އަށް ނަގައި ފޯނުގައި ރައްކާ ކޮށްފައި ބެހެއްޓުމުން ވެސް އެހެން މީހެއްގެ އަތަށް ފޯނެއް ނުވަތަ ޑިވައިސް އަރާ ހިސާބުން އެ ފޮޓޯތަކާއި ވީޑިއޯތައް ބޭރުކޮށް "ވިއްކަން" ހުޅުވައިލަ އެވެ.

"ބެލެނިވެރިން ކުޑަކުދިންނަށް ފޯނާއި ވައިފައި ހުންނަ އެހެން ޑިވައިސްތައް ދޭ ވަރު މި އަންނަނީ އިތުރުވަމުން. ދިރިއުޅުން ބައްޓަން ކުރާ ގޮތުން އޭގެން ނުކުމެދާނެ ނުބައި ނަތީޖާއަކަށް ވުރެ ބޮޑަށް ލިބިދާނެ ފަސޭހައަކަށް ބަލައިގެން ގިނަ ފަހަރަށް ކުޑަ ކުއްޖާ އަށް މި ޑިވައިސްތައް ދޫކޮށްލެވެނީ،" ޝުޖާއު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ޑިޖިޓަލް ސެކިއުރިޓީ އާއި މިކަމާ ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގި ތިބެ ކުދިން މިފަދަ މަޅިތަކުގައި ޖެހި އެތައް ދުވަހެއް ވިކްޓިމައިޒް ވެގެން ދާއިރު، މައިންބަފައިންނަށް ނޭނގި ވެސް އެބަދެ އެވެ. އެކަންކަމުން ކުދިން ސަލާމަތް ކުރެވޭނީ މައިންބަފައިންނާއި އަދި ކުދިން ވެސް ވަރަށް ބޮޑަށް ހޭލުންތެރިވެގެންނެވެ.

ކުއްޖާ އަތަށް ދީފައި އޮންނަ ޑިވައިސްތައް ދުވަހުން ދުވަހަށް މޮނިޓާ ކުރުމާއި ކުރާ ކަންތައް ބެލުމާއި ސޭފް ނެޓްވޯކެއްގެ ތެރެއިން އިންޓަނެޓް ބޭނުން ކުރަމުން އަންނަ ކަން ކަށަވަރު ކުރަންޖެހެ އެވެ. ހެޔޮ ނިޔަތެއްގައި ސޯޝަލް މިޑިއާތަކަށް އެ ކުދިންގެ ފޮޓޯތައް ލާއިރު ވެސް އެޑިޓް ކޮށްގެން ފޮޓޯތައް ހަދާ އެފަދަ މީހުން އުޅޭ ކަން މައިންބަފައިން ވެސް އިތުރަށް ވިސްނާލަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިކަންކަމަށް ހޭލުންތެރި ކުރުވަން މިހާތަނަށް ބޭއްވި ސެޝަންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭ. އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ވަރަށް ފުޅާ ދާއިރާއެއްގައި މިކަމުގެ ސީރިއަސް ކަން މީހުންނަށް ކިޔައިދީގެން ހޭލުންތެރި ކުރުވުމުގެ އިތުރު ސެޝަންތަކެއް ކުރިޔަށް ގެންދަން،" ސީޕީ ވިދާޅުވި އެވެ.

އަޅުގަނޑުމެން ވެސް ވަރަށް ސަޕްރައިޒް ވި. ކުޑަކުދިންގެ ކުދިންގެ ފޮޓޯތައް ޓެލެގްރާމް ޗެނަލްތަކުގައި މި ލެވަލް އަށް ދައުރުވެގެން ގޮސް އެ ކުދިން ވަރަށް ބޮޑަށް ވިކްޓިމައިޒް ވެގެން ދާއިރު އާއިލާތަކަށް ގިނަ ފަހަރަށް އެއްގޮތަކަށް ވެސް ނޭނގޭ،"---ސީޕީ

އޭނާ ވިދާޅުވިގޮތުގައި، މިފަދަ ޗެނަލްތަކަށް ފައިސާ ދީގެން ބަލަން ޖެހުނަސް އެކަމަށް ރާއްޖޭގައި ޝައުގުވެރިކަން އޮތް ވަރު މިހާރު ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުން ފެނިއްޖެ އެވެ. އެއީ އެކަމަށް މީހުން ހޭލުންތެރިވުމުގެ އިތުރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ މައްސަލައެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

ދުނިޔޭގެ ނިސްބަތުން މާ ބޮޑު އާބާދީއެއް ވެސް ނެތް މި ރާއްޖޭގައި ކުޑަކުދިންނާ ބެހުމާއި އެ ކުދިންގެ ބަރަހަނާ މަންޒަރު ބެލުމުގެ މައްސަލަ މި ދަރަޖައިގައި އޮތުމަކީ ހަގީގަތުގައި ވެސް ފިއްކަނޑައިގެން ދާވަރުގެ މައްސަލަ އެކެވެ. ފޮރުވިގެން ތިބި އެ މީހުންނަކީ ކޮބައި ކަމެއް އަދި އިތުބާރު ކުރަންވީ ކާކަށް ކަމެއް ނޭނގެ އެވެ. ކުދިން ރައްޓެހިން ކައިރިއަށް ފޮނުވިޔަސް ނުވަތަ ގެއިން ނުނެރުނަސް ރައްކާތެރި ކަމެއް ނެތެވެ.

އެހެންވެ، ގިނަ މީހުން ގަބޫލު ކުރަނީ މި ކަމަށް އޮތް އެންމެ ބޮޑު ހައްލަކީ މިކަން ކުރާ މީހުންގެ އިތުރުން އެ މަންޒަރުތައް ބަލަން ޝައުގުވެރިވާ މީހުންގެ ފަހަތުން ދިޔުމެވެ. ފުލުހުން އެ ބުނާ 30,000 މީހުން ހޯދައި ބޮޑެތި އަދަބުތައް ދިނުމެވެ. އެ މީހުންގެ ފޮޓޯ އާއި ވަނަވަރު އާންމު ކުރުމެވެ. ހަރުކަށި ގާނޫނުތައް ހަދައި އައިޕީ އެޑްރެސްތައް ޓްރެކްކޮށް އެންމެ މީހެއް ވެސް ސަލާމަތް ވިޔަ ނުދިނުމެވެ.

55 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 31%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔަ

17 September 2024

ގައިމު ބުނިބަރަހަނާ ސައިޓުތައް ބުލޮކުކޮއްފިއޭ އެކަންކުރަން ކެރުނީ ހަމައެކަނި މިސަރުކާރަށޭ, ކުޑަކުދިންގެ އެއްޗެތި ބަހައްޓާފަަ ބޮޑެތިމީހުންގެ އެއްޗެތި ބުލޮކު ކުރީދޯ,

The name is already taken The name is available. Register?

ފޮނި45

17 September 2024

ކިތައް ޕޮލިހުން ތީގަ ޝާމިލް ވޭބާ.

The name is already taken The name is available. Register?

ހަގީގަތުގަ

17 September 2024

ބެލެނިވެރިންނަށްވުރެ ބޮޑަށް ކުދިން ހޭލުންތެރިކުރުވަންވީ އެކުދިން ގެންގުޅޭ އެއްޗެހިން އެފަދަ މަންޒަރު ލީކްވާން މަގުފަހިވާ ގޮތްގޮތާ އެފަދަ ކަންކަމުން ނިކުންނަ ނުބައި ނަތީޖާއިން ކުދިންގެ ދިރިއުޅުން ހަލާކުވެފައި ހުރި ގޮތުގެ ވާހަކަތައް ކިޔައިދީގެން. މައިންބަފައިން ބުނީމަ އަޑު ނާހާ ފަހަރު ގިނަވާނީ. އެކަމު ސްކޫލުން/ފުލުހުން ކުދިންނަށް އެކަންކަމުގަ ހުރި ނުރައްކާތައް ކިޔައިދީ ސަމާލުވާނެ ގޮތްތައް ކިޔައިދީ ހެދީމަ މާ ފައިދާވެދާނެ. ނަންނުކިޔާ އެފަދަ ކޭސްތައް

The name is already taken The name is available. Register?

އައިމިނާ

17 September 2024

މިކަހަލަކަންކަން ހިނގީމާވެސް އެ މީހުންގެ އަނބިން އެ ބުނަނީ ނުކުރާނެޔޭ. ބުނެ ކަންކަން ފޮރުވަނީ.

The name is already taken The name is available. Register?

އަހުމަދު އަބދު ﷲ

17 September 2024

ކައިވެނި ނުކޮށް ތިބި ޒިނޭ ކުރާ މީހުންނަށް އެންމެ ފުރަތަމަ އަދަބުދީ..އެންމެ ގިނައިން އޮރިޔާން ފޮޓޯ ލީކު ވަނީ އެމީހުން ފަރާތުން

The name is already taken The name is available. Register?

ޗާކުލެޓް

17 September 2024

ދޮންކަލޯ އަހަންމަދޫ، ޗަކޮއެ ތިޔަހުރީ ހޭބަލިވެފަތަ؟ މިތާ މިދައްކަނީ ތިޔަށް ވުރެ މާ ސީރިއަސްކޮށް ވިސްނާ ފިޔަވަޅު އަޅަންޖެހޭ ކަމެއްގެ ވާހަކައޭ. ކިޔާނެ އެއްޗެއް ނޭނގުނީޔާ އަނގަގަނޑު ލައްޕާގެން ހުރެބަލަ.

The name is already taken The name is available. Register?

ޥިސްނާ

17 September 2024

ކައިވެނި ކޮށްގެން ތިބި ކިތަށް ފިރިހެނުންބާ އެކަނި އުޅޭ ނިކަމެތި އަންހެނުން ވާވައްދައިގެން އަނބިމީހާ ކަމެއްކޮށްނުދޭތީ އޭ ބުނެ ނިކަމެތި އަންހެން މީހާ ކައިރި އާދޭސް ކޮށް އިންނާނަމޭ ބުނެ އައިސް ނިކަމެތި އަންހެންމީހާގެ ވީޑިއޯ އާއި ފޮޓޯ ނަގައިގެން ގޮސް ބްލެކްމެއިލް ކުރަނީ. ފުރަތަމަ ފިރިހެނުންވެސް ރަގަޅުވާން ޖެހޭ. ޚިތައް ފިރިހެނުން ދަރިންނާ ބެހެނީ. ޚުޑަކުދިންނާ ބެހެނީ.

The name is already taken The name is available. Register?

މަ22

17 September 2024

އެންމެ ފަހު ޕެރެގަރާފަށް ވަރަށް ތާއީދު، ގޮތެއް ފޮތެއްނެތް ދިވެހިން

The name is already taken The name is available. Register?

ދިވެހިބިން

17 September 2024

މިދިވެހިރާއްޖޭގަ ކުއްކުރާމީހުންނަށް އެއްވެސްކަމެއްނުކުރެވޭނެ. ތިމައްސަލަވެސްދާނީ ބޮނޑުނަގުލަށްވެނިމި

The name is already taken The name is available. Register?

ޑޯނަ

17 September 2024

އެހެންވީމަ އެއްނު މިހިސާބަށް މިދިޔައީ.

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

17 September 2024

މިފަދަނޭއްގާނީ އަމަލްތައް ނުހުއްޓުވޭނަމަ ޓެލެގްރާމް ރާއްޖޭގަ ބްލޮކްކުރަން ގޮވާލަން. އެހެނީ އެނެތަސް ޒަރޫރީ އެކި މުޢާމަލާތްކުރެވޭ އެފަދައެހެން އެޕްތަށްހަމަބައިވަރު.

The name is already taken The name is available. Register?

އެޑްމުންޑޯ

17 September 2024

ތިމީހުންނަށް ހަރުކަށި އަދަބުލިބުން އެދެނީ ، ކުއްޖާ ފިރުކިލާ އިރަށް އިންޓަރނެޓަށް ހުރަހެއްނެތި ވަދެވޭގޮތަށް ހަދާފައި ފޯނު އެއްޗެހިދޭ މައިންބަފައިންވެސް މިަކަމާ ދޭތެރޭ ވިސްނަންޖެހޭ ، ދަރިން ރަގަޅު އަޚްލާގެއްގައި ތަރުބިއްޔަތު ކުރެވޭނަމަ މިފަދަ ކަންތައްތައް އިންތިހާ އަށް މަދުވާނެ ، ކިރިޔާ އައުރަ ނިވާ ވާވަރުގެ ހެދުންތަށް ލާގެން ފޮޓޯނަގާ އަދި ފޭސްބުކާއި އިންސްޓަރގްރާމަށް ލާ ކުދިންވެސް ހޭއަރަންވީ ، މިޖައްބާރުންނަށް ފުރުސަތު ލިބެނީ މިފަދަ އަމަލަުތަކުން

The name is already taken The name is available. Register?

އައުރަ

17 September 2024

މިނިވަން އަންހެނާގެ އައުރަ އަކީ މޫނާ ދެއަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއް. އެހެންވީމާ ކިރިޔާ އައުރަ ނިވާ ކޮށްލާނެ ނަމަވެސް މި މަޅީގައި ޖެހުން ކޮންމެވެސް ވަރަކަށް ދުރުވާނެ.

The name is already taken The name is available. Register?

ރޯނޭ

17 September 2024

ހުރިހާ ކަމެއްް އޮތީ އަންހެނުންނަށް ތަ؟ ދީނާ ގުޅުވާތި ކޮންމެކަމެއްވެސް، އެހެޔޮ ތިމާގެ. އަމަލް ތަށް ޖާހިލަކަސް

The name is already taken The name is available. Register?

ދުމްމ

17 September 2024

ގައުމެއްގަ ފާހިޝް ކަންތައްތައް ހައްދު ފަހަނަޅައިފި ނަމަ އަދި އެފަދަ މުންކަރާތްތައް މަނާ ނުކުރާނަމަ ކޮންމެފަދަ އުގޫބާތަކާވެސް ކުރިލާން ޖެހިދާނެ. އުގޫބާތެއް ކުރިމަތި ނުވާނެކަމަށް ހީކޮށްގެން ތިބުމަކީ މޮޔަކަމެއް. މިފަދަ ފާހިޝް އަމަލުތައް ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް ގޮވާލަން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454