ޚަބަރު / ކިޑްނެޕްކުރުން

މީހަކު ރަހީނުކޮށް އިނގިލި ބުރިކުރި މައްސަލާގައި ސިފައިންގެ ދެ މީހަކު ހައްޔަރު

މީހަކު ރަހީނުކޮށް އިނގިލި ބުރި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުން: މީގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭ --- ފޮޓޯ/ޕޮލިސް

18 ސެޕްޓެމްބަރ 2024 - 17:32

53 comments

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މި މައްސަލާގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަހަމްތަކަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމާ އެކު އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމަ އެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީ އާދި ގދ. ގައްދޫ ހުދުވެލި، އަހުމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެއާގޭ، މުހައްމަދު ނަހުޝާން ހުސެއިނާއި ކ. މާފުށީ ފުލްމޫން، މުހައްމަދު ނަފާހް އަދި ލ. ގަން ތުނޑީ އަވަށު ލިންކް، އަހުމަދު ޒަޔާނެވެ.

މީގެ ތެރެއިން ނަފާހް އަދި ޒަޔާން އަކީ އެމްއެންޑީއެފްގެ ދެ އޮފިސަރުންނެވެ. ދެން ތިބި މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ނަފާހު ބަންދުކޮށްފައިވަނީ މައްސަލާގެ ތަހުގީގު ނިމެންދެނެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލާގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ހިމެނޭތީ އެކަން އެމްއެންޑީއެފްއަށް އަންގާފައިވާނެ ކަމަށާއި އެ އޮޕިސަރުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ ބައިވެރިވުން ވެސް އެބަ އޮތް ކަމަށާއި އެކަން ވެސް ބަލަމުންދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާކުރީ ޝިފާއު ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގަ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެޕާޓްމެންޓުން މަސްތުވާތަކެތި ބަންދުކުރާ ޕެކެޓްތަކާއި ކައްޓާ ވެސް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި އެތަނުގައި އޮތް ވޮލެޓެއް ތެރެއިން މަސްތުވާތަކެތި ފެނުނުއިރު ބަނގުރާ ފުޅި ވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

53 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 21%
icon angry icon angry 59%
icon wow icon wow 14%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަމާރ

19 September 2024

ކޮބާތޯ ސިފައިންގެ މުއައްސަސާ އަދިވެސް ގަދަނިދީގަތޯ ؟ އެއްވެސް ބަޔާނެއްނުނެރި ހަމަ ހިރުވާތާ ކަހާވެސްނުލާ ....ބޯހަލަކި

The name is already taken The name is available. Register?

ބ‫ަގޫގެއައިސާ

19 September 2024

‫މަސްތުވާ މީހުން އެކަންޏެއްނޫން ގޭންގުމީހުން ވެސް ޕޮލިސް އެމްޑީއެފް ތެރޭގައި ވަރަށް ގިނަވެއްޖެ

The name is already taken The name is available. Register?

ހަމިއްޓޭ 300

19 September 2024

މީ އެނގިފައިވާ ގޮތުގައި ޖަޕާނުގައި ޑްރަގް ގޭންގުތަކުން ޑްރަގު ސަޕްލައި ކުރުމުގައި ފެއިލްވާމީހުންނަށް ދޭ އަދަބު. ރާއްޖޭގައި މިކަންކަން ފެށިގެން ދިޔުމަކީ ހިތާމަހުރިކަމެއް، މައްސަލައަކީ މިހުރިހާކަމެއްގެ އަޑީގައި ތިބެނީ ބާރުގަދަ ފަރާތްތައްކަމުން އަދި ގޭންގުތަކުގެ ބާރުގަދަކަމުންނާ ފައިސާ ބަހާތީ ޤާނޫނު ތަންފީޒުކުރުމުގައި ފަސްޖެހުން. ރާއްޖޭގައި ހަމައެކަނި ތަންފީޒުކުރެވޭތަންފެންނަނީ ޕާކިންވަޔަލެންސް އެއީ، އެންމެ ހަރުކަށި އަދި ވަގުތުން އަދަބު ލިބޭ ކުށް.

The name is already taken The name is available. Register?

އުއިޒު

19 September 2024

ތި މިދިޔަ ސަރުކާރުން ކޮއްފައިވާ ޖަރީމާއެއް، މަށަށް ކޮންކަމެއް.

The name is already taken The name is available. Register?

ާދެރަ

18 September 2024

ޢަދި ނޭގި ނުފެނި މިކަހަލަ ކިތަށް ކޭސްވާނެ، ވިއްކި ރުފިޔާ ކޮޅު ގެއްލި ހިސާބު ކިތާބު ދިމާނުވި ހަމައިން ކަންނޭގެ ރަހީނު ތިކުރީ، ދާދި ފަހުން ފޭސްބުކުން ފެނުން ސިފައިންގެ އޮފިސަރަކާ ޖެންޑާ މިނިސްޓްރީ ގަ އުޅޭ އޭނާގެ އަންހެނުން އަންހެން ކުއްޖަކަށް ބިރުދައްކާ ވާހަކަވެސް.....

The name is already taken The name is available. Register?

ޑޮކް

18 September 2024

މިހާރު އެބަރަގަޅުބެ… ފުލުންނާއި ސިފައިންގެ ވާހަކަ މީހުން ދައްކަނީ އޭގައި އަސްލެއް އުޅޭތި

The name is already taken The name is available. Register?

ތިޑޮކް

19 September 2024

ކަލޯ ! ސިފައިންނާއި ފުލުހުންނަކީވެސް އިންސާނުން، އެމީހުން އެމުއައްސަސާއަށް ވަނުމުގެ ކުރިން ކިޔަވައިދިން މީހުނާއި ތަރުބިއްޔަތު ކުރި މައިންބަފައިންނާއި، އުޅެން ދަސްކޮށްދިން މުޖުތަމައު ފެއިލްވީމަ މިހެންމިވަނީ. ރަސްމީ މަސައްކަތް ނިމިގެން އެމީހުން ޔުނިފޯމް ބާލާފަ އުޅެނީ ޑޮކް މެނާއިއެކު، ތިމީހުންގެ ފަރާތުން ދަސްވާ ކަންކަން ކޮށް ސޮސައިޓީ އެކަންތަކަށް ލޯމަރާލައިގެން އޮތީމަ ދެން އެދެމުއައްސަސާ ބަދުނާމު ތިކުރަނީ ؟

The name is already taken The name is available. Register?

މިލަމިލަ

18 September 2024

މާރިޔާ ގެ މިނިސްޓަރުކަމުގައި މަސްތުވާތަކެތީގެ ވަރަށް ގިނަ މީހުން ސިފައިންގެއަށް ވެއްދި.. ތި ވާނީ އޭގެން ބަޔަކަށް.. އެކަމަނާއަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެއީ ބަލި ކުދިން..

The name is already taken The name is available. Register?

ޙައިސާ

19 September 2024

2011 އިން ފެށިގެން އެއީ ބަލި ކުދިން. މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު ކިޔާލަން ފެނޭ

The name is already taken The name is available. Register?

އަފްރާސިޔާބު

18 September 2024

ތި އޮތީ މަބުނި ތަނުގައި ޖެހިފައި. ސަރުކާރުގެ މުހިންމު ދާއިރާތަކަށް ކުށްކުރާ މީހުން ނިޔަނެތި ކަމާއެކު އިންފިލްޓަރޭޓް ވެފައިވާ ވަރުގެ ކުޑަ މިސާލެއް. މަތީ މަގާމުތަކުގައި ކުށްވެރިން ވަދެ މަތީ މަގާމުތަކުގައި ވަކި ހިއްޕާލާފައި އެބަތިބި. އެހެންވީމާ ހެކިވެސް އަދި އަތުލާ އެއްޗެހިވެސް ގެއްލޭނެ.

The name is already taken The name is available. Register?

ސާބަސ

18 September 2024

ސުބުޙާނަﷲ! ވިސްނޭގޮތުގައި ތިކަމުގެމުގެމޫވަނީ ތިހިސާބަކުނޫން. ތިއަށްވުރެ ފުނުގަ. ނޫނީ ދުރުގަ. ތިހިސާބަށް ތިކަންގޮސްފައިވާއިރު ތީގެމޫތައް ކޮށާނުލައި ކަރުންނާރުނަގާފައި ތިކަންހުއްޓުވާނަމޭ ގޮވިނަމަވެސް ވާނެއެއްކަމެއް ނުއޮންނާނެ. މިވެރިކަން ފެށުނުތާ ފިސާރިވަރެއް ދައްކާލި. އެކަމަކު މިހާރު ހީވެސްނުވޭ! ދޭތެރެއަކުން ޖަހާލާތަންމިފެންނަނީ މިކަހަލަ ބޮތްކެއް! ރަނގަޅަށްބަލައިފިނަމަ ދައުލަތުގެ ހުރިހައި މުވައްސަސާއެއްގައި ތިކަމުގެވަކިތައް ހިއްޕާލާފަވާނެެ.

The name is already taken The name is available. Register?

ތުއްތޯންބެ

18 September 2024

މުޅިން ވެސް ރަށްރަށު މީހުން

The name is already taken The name is available. Register?

އޯކޭ ސޯވަޓް

19 September 2024

ކޮބާ ތިބުނަން އުޅޭ އެއްޗަކީ؟ މާލޭއައް އުފަން މާލޭގެ ރެޖިސްޓްރީގަ ތިބޭމީހުން ތިބެނީ 24 ގަޑިއިރު މިސކިތުގަ ޙަތިމް ނަގައިން ޤުރުޢާން ކިޔަވަންށޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454