ޚަބަރު / ރ. އުނގޫފާރު

އަފްރާޝީމްގެ ހަނދާނުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ކުރެހުމެއް: މި ތަން އިމާރާތްކުރަނީ މާލޭގެ އިސްލާމީ މަރުކަޒުގެ ކުރެހުމާ އެއްގޮތަށް.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް، 25 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު އެވެ.

އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި މިސްކިތެއް އިމާރާތް ކުރުމަކީ ރ. އިފުރު އެއާޕޯޓް ހުޅުވުމަށް މޭ، 2015 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމްގެ ހަނދާނުގައި، އޭނާގެ އުފަން ރަށުގައި އިސްލާމީ މަރުކަޒެއް އަޅުއްވާނެ ކަމަށެވެ.

ބަޔަކު މީހުން ދިން ރަހުމްކުޑަ ހަމަލައެއްގައި ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012ގަ އެވެ.

އަފްރާޝީމްގެ ހަނދާގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ އެ މިސްކިތް އަޅަނީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު ކަމަށާއި އެކަމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެއީ އުތުރުގެ ސަރަހައްދުތަކުގައި ދީނީ ރޫހު ދިރުވައިދޭ މަރުކަޒަށް ވާނެ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ.

އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (މ) މިއަދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުނގޫފާރު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރ. އަތޮޅަށް ނިސްބަތްވާ ދެ ބޭފުޅުން ކަމަށްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ބައިވެރިވެވަޑައިގަތެވެ. މި ދެ ބޭފުޅުން ވެސް ވިދާޅުވީ ރ. އަތޮޅުގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަކީ އަތޮޅަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

އުނގޫފާރޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1،000 މީހުންގެ ޖާގައިގެ ތަނެކެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 510 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭއިރު، ނަމާދުކުރާ ބައިގެ އިތުރުން ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް އަދި ނުުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބައެއް ވެސް ހުންނާނެ އެެވެ.

މިއީ ރާއްޖޭގައި އަޅާ ތިން ވަނަ އިސްލާމީ މަރުކަޒެވެ. މާލޭގެ އިތުރުން ގދ. ތިނަދޫގައި ވެސް އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

17 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 4%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

07 November 2017

މަޖިލިސް މެންބަރު ޑރ އަފްރާޝީމް އަލީ ގެ ބޯ ކަޑާލުމުން ދައުލަތުން އުގޫފާރުގައި މިސްކިތެއް!! ނޫސްވެރިޔާ ރިލްވާން ވަގަށްނަގާ ކަނޑުފައްތާ މަސްމަހާމެއްސަށް ކާންދިނީ ކަމެއް ތިލަފުށި ކުނި ގޮނޑުގައި ވަޅުލީތޯ ނުބަލާ މާލޭގަ ރިލުވާން ނޫސް އޭޖަންސީ ކިޔާފަ އިމާރާތެއް. ތުތިމަހަށް ކޮށާ އެއްލާލި ތޫނު ފިލި ޒުވާނާ ސޮފްޓްވެއަރ އިންޖިނޭރު ޔާމީން ރަޝީދުއަށްޓަކާ އައްޑޫ ސިޓީ ގެ ރައްޔިތުން ރުއްސުމަށް އައްޑޫ ގައި އައިޓީ ވިލެޖް ހެދުމުން ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ “ޤާނޫނީ ރައްކާ ތެރިކަމާއި ޝަރަފު”ދެވުނީ ކަމަށް ހީވާނަމަ “އަހަރުމެންނަކީ އެފަދަ ޖާހިލު އަނިޔާވެރި ސަރުކާރެއް ނަގަހައްޓާނެ އަދި އެ ސަރުކާރުގެ ބައިވެރިންގެ ތެރެއިން ވާނެ ބައެއްނޫން”ކަން މިސަރުކާރަށް ދަންނަވަން. “ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެއް” ކަމަށް ބުނެ ވަގުތު ޖެހުމުން އެކަކަށް ވެސް ކުރެވޭނެ ކަމެއްނެތޭ ކިޔާ މިފަދަ މަރުތަކުގެ ހަޤީގަތް ދެނެ ގަތުމަށް މަސައްކަތް ނުކުރުމަކީ “ބޮޑުވެގެންވާ އިހުމާލެއް އަނިޔާއެއް”ކަން ކަށަވަރު.

The name is already taken The name is available. Register?

މަރީ

03 March 2017

މިސްކިތެއް އެޅިޔަސް އިސްލާމީ މަރުކަޒެއް ހެދިޔަސް ހާދަ މިމީހުން މޭކަރައޭ ދޯ؟ ޔާ ﷲ އަފުރާޝީމަށް ހެޔިރަހުމަށް މިންވަރު ކުރައްވާށި. އާމީން

The name is already taken The name is available. Register?

މިތަނިބެ

03 March 2017

ކޮއްމެ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ. ކިތައްފަރު އެމަނިކުފާނުގެ އަބުރު ކަތިލާލި ފަހުންތޯ އެމަނިކުފާނުގެ ޖިސްމު ކަތިލާލީ. ދެރަކަމަކީ އެފަކީރު މިދުނިޔެއާއި ވަކިވެދިއުމުން މިޔަދު ފާޅުގައި އަބުރު ކަތިލަމުން ދިޔަމީހުން. އުޅޭފާޑެއް. ޔާﷲ އަފުރާޝީމުގެ މަރުގެ ފަހުތުގައިވާ ބައެއް ފަލީހަތް ކުރައްވާދޭވެ.

The name is already taken The name is available. Register?

ހިތުގެވިންދު

03 March 2017

އަފުރާޝީމަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި! އެމަނިކުފާނުގެ ޝަހީދުކޮށްލީ ހުމާމު! އެއީ ޝައްކެތް ނެތްމިންވަރަށް ސާބިތުވާކަމެއް! އަޅުގަޑުގެ ދުއާއަކީ މިކަމުގެ އަޑީގައި ތިބިބަޔަކުވެސް އެގުން. އެކަމަކު އަފުރާޝީމުދެކެ ލޯބިވާ އޭނާއާއި އެކުއުޅެވުނު މީހެއްގެ ހައިސިއްޔަތުން ދައްނަވާލަން އޮތީ އެމަނިކުފާނުގެ ހަޔާތުގައި ހާދައަނިޔާއެއް ހާދަނަފުރަތެއް ހާދަ ފުރައްސާރައެއް ބަޔަކު ކުރިއޭ ސިޔާސީ ސަބަބަކާހެދި.

The name is already taken The name is available. Register?

ކޮބާލަދު

03 March 2017

ހިތަން އަރަނީ ދިވެހިންގެ ތެރޭ ވެސް ހާދަ ހަދާން ބަލި ބަޔަކު އެބަތިއްބޭ، އަފްރާޝީމު އަވަހާރަވީމާ ސޯޝަލް މީޑިއާގައި އުފާކުރި މީހުންނާ ބޮޑިބަތްކެއްކި ހަރުގެ ތަކާއި، މިވެސް ދިރާސާކޮށް ރިޕޯޓެއްގައި ގެނެސްލަން ރަގަޅު. އެހެނީ މިއަދު އެފަކީރު ދުނިޔޭގައި އުޅުނުއިރު މަލާމާތްކުރި މީހުން ގަތުލުވާޖިބު ކަމަށްބުނިމީހުން. ލަދުގައްނަންޖެހޭނެ، އެމަނިކުފާނުގެ ނަމަގައި މިސްކިތެއް އަޅާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަން.

The name is already taken The name is available. Register?

ޓާޓާ

03 March 2017

މިސްކިތެއް މިގައުމުދުއް ބޮޑު އިލްމުވެރިޔެއްގެ ހަދާނުގައި އަޅާތީ ހާދަ މޭކަރާބަޔަކު އެބަތިއްބޭ. ހެޔޮވާނީ ކިހިނެއް.

The name is already taken The name is available. Register?

ލޯބިވާ

03 March 2017

ޔާﷲ އައްދަކުތޫރު އަފްރާޝީމް އަލީ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އަދި އޭނާގެ ދުނިޔޭގެ ހަޔާތުގައި އޭނާޔަށް ޖެއްސުން ކުރިމީހުންނާއި، މަލާމާތްކުރިމީހުންނާއި، ބަދުދުއާކުރިމީހުންނާއި، ފުރައްސާރަކުރިމީހުންނާއި، އަނިޔާވެރި މީހުންނާއި، ރަހުމެތްނެތި ޝަހީދު ކޮށްލި މީހުން ނިކަމެތި ކުރައްވާ ފަލީހަތް ކުރައްވާދޭވެ. އާމީން

The name is already taken The name is available. Register?

ސަންނަ

02 March 2017

ކޮބާ ލައިބުރަރީ. އެކިނޫސްތަކުގައި އެކިގޮތައް.

The name is already taken The name is available. Register?

އުމަރު

02 March 2017

ޑރ. އަފްރާޝީމުގެ މަރުގެ ޙަޤީޤަތް ނުހޯދި މިސްކިތް އިމާރާތް ކުރަނީ.

The name is already taken The name is available. Register?

ފޮނިކަލޯ

02 March 2017

ޒުހާ ،! މަހަމަ ހައިރާން ވެއްޖެ ބަލަ ޕުރޮސެކިއުޓާ ޖެނެރަލް އާއި ޕޮލިސް ހިނގަނީ ދިވެހިސަރުކާރުގެ ދިދައިގެ ދަށަކުޏް ނޫންތޯ މީއަޅެފަހެ ތަނެއްދޮރެއް ދަންނަ ބޭފުޅަކީ ތޯއެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454