ކުޑަހުވަދޫ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ދޯންޏެއްގައި ރޯވެފައި: އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވޭ
29 ސެޕްޓެމްބަރ 2024 - 13:31
ދ. ކުޑަހުވަދޫ ކައިރިން ދަތުރު ކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އެ ހާދިސާގައި ތަފްސީލެއް ފުލުހުން ނުދެ އެވެ. އެހެންކަމުން ދޯނީގައި ތިބީ ކިހާ މީހުންނެއް ކަމެއް އަދި މީހަކަށް އަނިޔާވިކަމެއް ނޭނގެ އެވެ. އަދި ދޯންޏަށް ލިބުނު ގެއްލުންތަކެއް ވެސް މިހާތަނަށް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ ދޯނީގައި ރޯވި އަލިފާން ނިންވާލުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން، އެ ދޯނީގެ ފަހަތުގައި ވަރަށް ބޮޑަށް ރޯވެފައިވާއިރު، އެހެން ދޯންޏަކުން އެ ދޯނި ކަފު ޖަހައިގެން ގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުވާ ކަންބެ
29 September 2024
ރޯވީކަމައް އޮތީ ހެދުނު 630ގައި އލިފާންކޮންޓުރޯލުވީކަމައް ކުޑަހުވަދޫ ކައުންސިލާ ހަވާލަދީ ބުނީ 1330ގައި އެކަމަކު އެގަޑީގަވެސް ދީނިން އަލިފާނާއި ދުުގެ އަސަރު ފެނުނު މިހާރު 1500ގައި ކުޑަގުވަދޫ ފަޅުގެ ރިއު މޯލުޑިވުސް އާއި ކައިރިން ދޯނި އޮތީ އަޑިއަށް ގޮސްފައި ހަމަ ބުނެލީ
ރަތުވާނާ
29 September 2024
ދިވެހި ސިފައިން އާއި ފުލުހުން ކަންމަތީ ފިހާރަ ހިނގުމާއި ޕުރައިވެޓް ޓެކްސީ ކުރަން ބަހައްޓާފަ މިކަން އިންވެސްޓިގޭޓު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރޭ.