އައިޔޫއެމް: ދިރާސާ ކުރުމާ ގުޅޭ މުބާރާތެއް ބާއްވަން އެ ޔުނިވާސިޓީން ވަނީ ހަމަޖައްސާފައި
06 އޮކްޓޯބަރ 2024 - 11:55
"ރިވެލި 2024" ގެ ނަމުގައި ދިރާސާކުރާ މީހުންނަށް ހާއްސަ މުބާރާތެއް ބޭއްވުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ނިންމައިފި އެވެ.
އައިޔޫއެމްއިން ބުނީ އެ މުބާރާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ދިރާސާ ކުރުމަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މުބާރާތެއް ކަމަށެވެ.
އައިޔޫއެމްއިން ބުނީ މި މަހުގެ 26 ގައި ބާއްވަން ނިންމާފައިވާ އެ މުބާރާތުގައި ބައިވެރިވެ، އެއް ވަނަ ހޯދާ މީހަކަށް 5،000ރ. ގެ އިނާމެއް ދޭން ނިންމާފައި ވާއިރު، ބައިވެރިވާ އެންމެންނަށް ވެސް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މުބާރާތުގައި ދިރާސާ ކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތައް އާންމުންނަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އައިޔޫއެމްއިން ބުންޏެވެ.
ބައިވެރިވުމަށް ޝައުގުވެރިވާނަމަ އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކިލާ
06 October 2024
ލޮލް. ރަނގަޅު ޖާނަލްއެއްގަ ޕްބަލިކޭޝަން ފީއަކަށްވެސް ދެހާސް ޑޮލަރު އަރާނެ