ކޫލް ސްކޫލް ޕްރޮޖެކްޓަށް ޗައިނާ އެމްބަސީ އިން ހަދިޔާކުރި އޭސީ ތަކާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހަވާލުވަނީ-- ފޮޓޯ: މިނިސްޓްރީ
05 ނޮވެމްބަރ 2024 - 18:14
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް "ކޫލް ސްކޫލް" އަށް ޗައިނާ އިން މިއަދު އޭސީތަކެއް ހަދިޔާކޮށްފި އެވެ.
މާލެ ސީއެޗްއެސްއީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އޭސީތަކާ ހަވާލުވެވަައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ޗައިނާ އިން ހަދިޔާކުރި އޭސީގެ އަދަދެއް އެއްވެސް ފަރާތަކުން އަދި ނުބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އޭސީތައް ހަރުކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ކަމަށެވެ. އެއާ އެކު، ކިޔެވުމަށް ފަސޭހަ މާހައުލެއް ފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓަށް ޗައިނާ އެމްބަސީ އިން ހަދިޔާކުރި އޭސީ ތަކާ ހަވާލުވުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިނިސްޓްރީ
ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ނަމުގައި ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މި އަހަރުގެ ޖޫން މަހު މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ދުވަހު މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި އެ ޕްރޮޖެކްޓުގެ މަގުސަދަކީ ފިނިކުރުމަކުން ނިންމާލާނެ ކަމެއް ނޫން ކަމަށެވެ.
"ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސް ވާނެ. ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޗައިނާގެ ސަފީރު ވަންގް ލިޒިން ސީއެޗްއެސްއީގެ ރަސްމިއްޔާތަށް ވަޑައިގެން.-- ފޮޓޯ: މިނިސްޓްރީ
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓު ކަމަށާއި އެ ޕްރޮޖެކްޓްގެ 30 ޕަސެންޓު ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އެ ޕްރޮޖެކްޓް ފެށި ނަމަވެސް ބައެއް ސްކޫލްތަކުގެ ކުލާސްތައް އޭސީ ކުރުމުގެ މަސައްކަތް ބެލެނިވެރިންނާއި ސްކޫލްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
06 November 2024
ލަދުވެތި!
ޗޯކު އޯރ މާކަރ
06 November 2024
ޗޯކުކޮޅަކާއި މާކަރު ކޮޅެއްވެސް ލިބޭތޯބަލަންވީނުން!
ލަތީފާ
06 November 2024
ސަލާންޖެހުން، އަމިއްލަ ފައިސާއިން ކުރެވެން ޖެހޭ، ކުރެވޭނެ ކަންކަން އެހެން މީހުންގެ އެހީގަ ކުރުމަކީ ދެރަކަމެއް. ނިކަމެތިކަމެއް.
އަބްޑޫޅް +
06 November 2024
އެނބުރޭ ފަންކާ ކަމުނުދަނީތަ؟