މީހަކު ރަހީނުކޮށްފައި ބަހައްޓާފައި ހުރި އެޕާޓްމަންޓް: އެކަމުގައި ފްލެޓުގެ ވެރިޔާ ވެސް ބައިވެރިވި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ނޮވެމްބަރ 2024 - 17:16
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މީހުންގެ ތެރޭގައި އެ ފްލެޓްގެ ވެރިޔާ ވެސް ހުރި ކަމަށާއި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ރަހީނުކުރި މައްސަލައިގެ ތަފްސީލް ދެމުން ފުލުހުން ބުނީ އެ ފްލެޓަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރިން ވެސް ބަލައިފާސްކުރި ތަނެއް ކަމަށެވެ. މި ފަހުން އެ ތަނުގައި މީހަކު ރަހީނުކުރީ ވެސް އެފަދަ މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލެވޭ ކަމަށެވެ.
އެޕާޓްމެންޓުގެ ވެރިޔާއާ އެކު 12 މީހުން މި މައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ޕްރެސް ކޮންފަރެންސްގައި، ހުޅުމާލޭގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް އަދި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ސާމީ ވިދާޅުވީ މީހަކު ރަހީނުކޮށްގެން ފްލެޓެއްގައި ގެންގުޅޭ ކަމުގެ ރިޕޯޓު ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 7:50 ހާއިރު ކަމަށެވެ.
އެ ވަގުތުން ފެށިގެން ރަހީނުކޮށްގެން އެ މީހާ ގެންގުޅޭ ޓަވަރާއި އެޕާޓްމަންޓު ހޯދަން ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާ ކަމަށް ސާމީ ވިދާޅުވި އެވެ.
ރަހީނުކުރި މީހާ ގެންދިޔަ ތަން ފުލުުހުން ހޯދީ ސީސީޓީވީ ފޫޓޭޖު ބަލައިގެންނެވެ. އޭނާ ބަންދުކުރީ އެޗް9ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގަ އެވެ.
ތަޅު ހަލާކުކޮށްލައިގެން ފުލުހުން އެތަނަށް ވަތްއިރު، ރަަހީނުކޮށްފައި ހުރި މީހާ އިނީ ބޯ ބާލާފައި ކަމަށާއި އޭރު ތައްޔާރުވަމުން ދިޔައީ އިނގިލި ބުރިކޮށްލަން ކަމަށް ފުލުހުން ބުންޏެވެ.
ސާމީ ވިދާޅުވި ގޮތުގައި އަނިޔާގެ ސަބަބުން އެ މީހާ ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އޭނާ ރައްކާތެރި މާހައުލަށް ގެންގޮސް، ކައުންސިލިން ވެސް ދީފައިވާ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.
އެތަނުން ފެނުނު ބައެއް ބަނގުރާ ފުޅި.
އެ ކޭސްގެ ތަފްސީލް ދެއްވި، ސީރިއަސް އެންޑް ހައި އިމްޕެކްޓް ކްރައިމް ޔުނިޓުގެ އިންސްޕެކްޓަރު އަލީ އިސްމާއިލް ވިދާޅުވީ ހިޔާގެ އެޕާޓްމަންޓަށް ފުލުހުން ވަތް އިރު 12 މީހުން ތިބި ކަމަށެވެ. އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން އެ މީހުންގެ ޔޫރިން ޓެސްޓް ނެގުމަށް މަސައްކަތްކުރި ނަމަވެސް އެކަމަށް ހުއްދަ ދިނީ އެންމެ މީހެކެވެ.
އެއީ އެ ފްލެޓް ލިބިފައިވާ ލ. މާވަށް، ޖަމީލާ މަންޒިލް، އާދަމް ހުސެއިން އެވެ. އޭނާގެ ޔޫރިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުންޏެވެ.
ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން.---ފޮޓޯ: ޕޮލިސް
އަލީ އިސްމާއިލް ވިދާޅުވި ގޮތުގައި އެ ތަނުން ހޯދާފައިވާ ތަކެތީގެ ތެރޭގައި ކަތުރާއި ޓްރިމަރާއި ކިވީ ބްރޭންޑުގެ ހަތަރު އިންޗި ވަޅި އަކާއި ކަޓަރެއް ވެސް ހިމެނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ހުރި ގާތްގަނޑަކަށް 28 ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އަދި ފިލްމު ހުސްކުރި ދަޅުގައި މަސްތުވާތަކެތި ފެނިފައިވާއިރު 11 ފުޅި ބަނގުރާ ވެސް ފެނުނެވެ.
ފުލުހުން ބުނި ގޮތުގައި 16،700 ރުފިޔާ އާއި ވިކްޓިމްގެ ފޯނު ވެސް އެތަނުން ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
16 November 2024
އެހެންވީމާ ވެރިމީހާ ކުށްވެރިކޮށްފައި އެ އެންމެން ދޫކޮށްލާ!
ބިންނަގާ
16 November 2024
އިހު ހަދާހެން، އިސްލާމް ދީނާއި ގާނޫނާއި ޚިލާފުކަންކަމުގައި ގޯތިގެދޮރު ބޭނުންކުރާ މީހުންއަތުން ގޯތިތައް ވަކިކުރުމަކީ މިގައުމުގެ ސަލާމަތާއި އަންނަންއޮތް ޖީލުތަކުގެ ރައްކާތެރި ކަމަށްޓަކައި މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް.
ޚާފަ
15 November 2024
ނޫސްވެރީންނަން ބަނގުރާ ދަޅައި ފުޅިވެސް ވަކި ކުރަން ނޭގެނީތަ
ސައިބޯނި
15 November 2024
ފްލެޓަށް ސަރުތު ހަމަވީ ގޮތެއްވެސް އެބަޖެހޭތާ ބަލަން ކިހިނެތް އޭނައަށް ލިބުނު ތަނެއްތޯ, ސިޔާސީ ބޭނުމަށް ކަންކަން ކުރުމުގެ ނަތީޖާ, ނިކަމެތި ރައްޔިތުންނަށް އަޅާފައިވާ ތަންތަން ބަޔަކު އައިސް ވޯޓަށް ބެހީމަ ވާގޮތް ފެނޭދޯ އެބަ, ހުރިހާ މިކަހަލަ ހާލިތަށް ހިޔާގަ ދިރިއުޅޭ ބަޔަކަށް ހޯދޭނީ ރިޕޯޓް ކިރަންވީ އަޅާ ނުލާ ނަމަ ސޯސަލް މީޑިއާގެ އެހޯގަ އެއްމެނަށް އަންގަންވީ
ކިނބިލި
15 November 2024
މިފަދަ ކުށްތައް ކުރާ ފްލެޓް ގެދޮރު ސަރުކާރަށް ނަގާ ގޮތަށް ގާނޫނު އިސް ލާހުކުރަންވީ. އަވަހަށް ރައްޔިތުންގެ ވޯޓްނަގާ މިކަމުގަ.
ސަންޑޭ
14 November 2024
ރޓ މީހުންންށް އަދިވެސް ގިނައިން ބޯހިޔާވަހިކަން ހޯދައިދީ. އެމީހުން ދާކޮންމެތަނެއްގަ މިކަހަލަމީހުން ގިނައިން ނިކުންނަނީ.
ހުކުމްކުރީ
14 November 2024
އެހާއަވަހަށް ހުކުމް އެކުރީ. އަދަބުވެސް ކަޑައެޅިނަމަ
އަތުލާ
14 November 2024
އެތައް ސަތޭކަ ހާސް މީހުން ދިރިއުޅޭ ތިފަދަ ބޮޑު އިމާރާތްތަކުގައި މަސްތުވެ އަތުން ހެދޭ ނުހެދޭ ނޭނގޭ ހާލުގައި އުޅޭ މީހުން އުޅޭނަމަ ހީވެސް ނުކުރާ ވަރުގެ ކަމެއް ހިނގާފާނެ. ވާނުވާ ނޭނގި ތިބެ އަލިފާން ރޯ ކޮށްފިއްޔާޔޯ؟
ޢެޗްޑީސީ އަށް
14 November 2024
ހިޔާ ފްލެޓް ތަކުގައި ދިރި އުޅޭ އެންމެންގެ ރައްކާތެރިކަމަށް، ފްލެޓް އެއްބަސްވުމުގައިވާ ދީނާ ގާނޫނާއި ހިލާފު މަގުސަދުތަކަށް ފްލެޓް ގެންގުޅޭ ނަމަ ފްލެޓް އެެއްބަސްވުން ބާތިލްވާނެ ކަމަށް އޮތް މާއްދާ ބޭނުން ކޮށް އެއްބަސްވުން ބާތިލް ކުރުމަށް މައްސަލަ ކޯޓަށް ހުށަހެޅުމަށް ގޮވާލަން
ވާނެބާ
14 November 2024
އިހުސާނު ކަލޭ އިހަށް ދުވަހު ބުނީ ކުށްވެރިންގެ ހައްގުތައް މާ ފުޅަލީއޭ. މިއޮތީ އޭނަގެ ހައްދު ފަހަނައެޅިމަ ފިޔަވަޅު އެޅެން ޖެހޭނެ ހާލަތެއް. ފުލެޓު އަތުލެވެން ޖެހޭނެ. ކަލޭ ބުނި ގޮތަށް ކަންތައް ކުރޭ! އީން ފަހަނައެޅީމަ ބޯހިޔާވަހިކަން އަތުލެވެން ޖެހޭނެ.
ޙަމަ
14 November 2024
ފްލެޓް އަތލެވޭނީ ފްލެޓު ދިން ފަރާތައް،