އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
14 ނޮވެމްބަރ 2024 - 22:03
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމްގެ ހަރަދު އާދަޔާ ހިލާފަށް ބޮޑުވެ، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރިޔަސް، އަމިއްލަ އަތުން ހަރަދެއް ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ތަފްސީލުގައި ބުނެފައިވާ ގޮތުން، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ އަދަދު ކޮންޓްރޯލް ކުރަން ވަނީ ނިންމައިފަ އެވެ. ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށް ފަހު، އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
ބަޖެޓާ ގުޅޭގޮތުން ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމަށް ބަދަލު ގެންނަން ރާވާފައި ވަނީ، ޕްރައިވެޓް ބަޔަކާ ހަވާލުކޮށްގެން ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށެވެ.
އެކަމަކު އެ ބަދަލުގެ އެއްވެސް އުނދަގުލެއް ނޫނީ އުނި ކަމެއް ސިފައިންނާއި ފުލުހުންނަށް ނުފޯރާނެ ކަމުގެ ޔަގީންކަން ޒަމީރު ތަކުރާރުކޮށް ދެއްވި އެވެ.
ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއްގައި
"އިންޝުއަރެންސް ސްކީމެއް ނެގި ކަމުގައި ވިޔަސް، ލިމިޓު ހަމަވެއްޖެ ކަމަށް ވަންޏާ، އެ ހަރަދު ދައުލަތުން ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ރާއްވަވާފައި އޮތީ،" ޒަމީރު ވިދާޅުވި އެވެ.
"ސިފައިންނާއި ފުލުހުން އަތުން ހަރަދެއް ކުރަން ޖެހޭ ގޮތަކަށް ނޫން ރޭވިފައި އޮތީ."
ޒަމީރު ވިދާޅުވި ގޮތުގައި، މި ނިޒާމަށް ގެންނަ ބަދަލުގެ އެއްވެސް އިހުސާސެއް ފުލުހުންނާއި ސިފައިންނަށް ނުވާނެ އެވެ.
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގ އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އަހަރު ނިމުނު އިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގަ އެވެ.
ސިފައިންނާ ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް 2019 ވަނަ އަހަރު 148 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންވެ، މިދިޔަ ފަސް އަހަރު ތެރޭގައި ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ކުރި ހޭދަވަނީ ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސިރި
16 November 2024
އުނިކަން އަންނަކަން އެމީހުންނަށް އަންނަ އަހަރު އިހްސާސްވާނެއެވެ. މިސަރުކާރުން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާނެ ރައްޔިތަކު މިހާރަކު ނެތެވެ.
އެހެންޏާ
16 November 2024
ދުނިޔޭގެ ކޮންމެ ގައުމެއްގަވެސް މިލިޓަރީ އަކީ ވަކި ހާއްސަ އިނާޔަތްތަކެއް ލިބިގެންވާ ބައެއް. ސަބަބަކީ އެމީހުންނަކީ އާންމު ރައްޔިތުންނާ ތަފާތު މަސައްކަތެއް ކުރާ ބަޔަކަށްވާތީ. ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގަވެސް ނުކުންނަން ޖެހޭ ބަޔަކަށްވާތީ. އާންމުންނަށް ލިބިފައިވާ ބައެއް ކަންކަމުން މަހުރޫމްވެގެން ތިބޭ ވަަރަށް ގިނަ ކަންކަން ގުރުބާން ކޮށްގެން ތިބޭބައެއް. ކޮވިޑާ، ސުނާމީ އާ ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ.
ޕޫރުބެ
16 November 2024
އެ މީހުން އަރައިގަނެފާނެތީތަ ގައިން ހީބިހިނަގަނީ؟ އެކަން ކުރަންޏާ އަހަރެމެން ކުރާނީ! އެމީހުން ތިބޭނީ ބަލަން.
ގެދޮރުވެރިޔާ
16 November 2024
ދެން ކީއްކުރަން ގެންނަ ބަދަލެއް ތީ? ކޮންމެ ގޮތަކަށް ބެލިޔަސް މުޅި އާއިލާއަށް ޕްރިމިއަމް ދައްކާއިރު އަދި ލެއްވިހާ ޚިދުމަތެއް ލިބޭގޮތަށް ދައްކާއިރު ޕްރެމިއަމް ވެސް ހަމަ ވަރަށް ބޮޑުވާނެ. ދެން ލިމިޓޭޝަން ހަމަވީމާ އަނެއްކާ ހަމަ ސަރުކާރުން އެބައިވެސް. ކޮބާހޭ ދިވެހި ރައްޔިތުންގެ މެދުގަ ހަމަ ހަމަ ވުމަކީ.
އައްޓަމަސް
15 November 2024
ކީއްވެ ބަދަލު ނުވާންވީ؟ ހުރިހާ ދިވެހިންނަށް އެއް ހަމައަކުން ސޯޝަލް ސެކިއުރިޓި ހިދުމަތްތައް ލިބެންވާނީ. ޓެކްސްޕޭޔަރުންގެ ފައިސާއިން އެއްހަމައެއްގަ ސިއްހީ ހިދުމަތުގެ ސްކީމްތައް ދަމަހައްޓަންވާނީ!
ސަލީމު އިދުރީސް
15 November 2024
އަޖައިބެއް ކަހަލަ ދެކޮޅުނުޖެހޭ ވާހަކަ ސަރުކާރެއްމީ! މިހާރު ގިނަބަޔަކު ގަބޫލު ނުކުރޭ ގައުމު ދަރާއޮތްކަމައް ގައުމު ފުޑިގެންދާއިރު ހުރިހާ ހަރައްޔިތުން އަގުދައްކަން ޖެޖެހޭނެ އެކަމަކު ސިފައިންނާ ފުހުހުންނައް އުނިވާ މަދުވާ ކަމެއްނެއް! އަރެމެންވީ މަސައްކަތް ކޮއްފަ ޓެކުސްދައްކަން އެކަމަކު މިސަރުކާރުވަނީ އިންސަފޫވެރިކަމާ އެކު އެފައިސާ ބޭނުންކުރަން ނުކުޅެދިފަ! އިންސާފާބެހޭ އިތުރު ފޮތެއް ކޮންމެވެސް މީހަކު ލިއެފަ ރައީސް ޑރ މުއީޒައް ދޭންޖެހޭ ކަމުގަދެކެން
ހައްޖަ.
15 November 2024
ފުލުހުންނާ ސިފައިން ގެ އެއްވެސް އެއްޗެއް ނުކެޑޭނެކަން އިގޭސަރުކާރު ދިފާއު ކުރަން ތިބީ އެމީހުުން އެހެން ވެ ބިރުން. ރައްޔުތުން ކައިރިޔަށް ވޯޓް ލާންވީމަ ނާންނަށްޗޭ.
އަނީސް
15 November 2024
ބަލަ ކޮން ބައެއްގަތަ ކެނޑެނީ؟ އެބުނަނީނު ދައުލަތުން ހަރަދުތައް ބަލަހައްޓާނޭ. ހަމަ އެ އުސޫލު އޮންނަނީ އާންމު ރައްޔިތު މީހާވެސް. މިހާ ސިމްޕަލް ކަމެއް ބޮޑު ކަމަކަށް ތި ހަދަނީ
އަލިއެގެ ހުސެއިނާ
15 November 2024
ތިހުރިހާ ވާހަކައެއް ދައްކަނީ ތިބޭފުޅުން. ހަރަދު ބޮޑޭ ބުނީ ވެސް ތި ބޭފުޅުން. އެއްޗެއް އުނިނުކޮށް ކުރާ ހޭދަ ކުޑަ ކުރާނެ ގޮތެއް ނުވިސްނޭ.. އަދި އާސަންދަ އާއި ސަބްސިޑީ ވެސް ދާނީ ތިހެން. ފަހުވަގުތު ބުނާނެ އުނި ނިކުރާނަމޭ.. ސަރުކާރަށް ކަންތައް ރޭކާލަނީ ސޯޝަލް މީޑިއާގައި ރައްޔިތުން ބަވަން ފެށީމަ. ބަލަން ވާ ވަރަށް ނުބަލާ ކަންތައް ނިންމާތީ ވާގޮތް..
އިންބާ
15 November 2024
ކޮންބަޔަކަށްތޯ އުިކަން އަންނަނީ
ފުލުސް އޮފިސަރު
15 November 2024
ބަގާވާތެއް ކޮށްފާނެތީ ބިރުން ޗިޕުޖަހަނީ ހެއްހެއްހޭ. ފުލުހުންނާ ސިފައިންދެކެ ސަރުކާރު ބިރުގަނެގެން އުޅެނީ އެސޮރުމެން ދިޔާމަ ދިޔައީ މިހާރު ތާއިދު އޮތީ އެމީހުން ތިބީމަ އެންމެން ނޯޖަހާފިއޭ
ހާޝިމް އައްބާސް
15 November 2024
ޗިޕު ޖަހާކަށް ނޫޖެހޭނެ. އަންނަ އަހަރުގެ ބަޖެޓާ އެކީ ތަފާތު ފެންނާނެ. ސަރުކާރު ނުޖެހޭނެ ބައެއް ދެކެ ބިރުން އުޅޭކަށް.