ލޯކަލް މާރުކޭޓުގައި ދޯންޏަކަށް މުދާ ބަރު ކުރަނީ. އަންނަ އަހަރު އިންޕްލެޝަން 3.9 ޕަސެންޓަށް ބޮޑުވާނެ ކަމަށް ލަފާކުރޭ -- ފޮޓޯ: މިހާރު
19 ނޮވެމްބަރ 2024 - 11:29
އަންނަ އަހަރުގެ އޭޕްރީލް މަހު ސަބްސިޑީތަކަށް ގެންނަ ބަދަލާ ގުޅިގެން ތަކެތީގެ އަގު އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން އެ އަހަރު އިންފްލެޝަން ހުންނާނީ 3.9 ޕަސެންޓުގަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އެއީ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލެއް ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަނަށް ކުރާ އަސަރު އަހަރަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެދުރާސްތާގައި ތަކެތީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ދަށަށް ދާނެ ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީން ވެސް ލަފާކުރަނީ މެދުރާސްތާގައި ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ވެސް އުފުލޭ މިންވަރު މަޑު ޖެހޭނެ ކަމަށެވެ.
މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.8 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު އިންފްލެޝަން ހުރީ 2.9 ޕަސެންޓުގަ އެވެ.
ރާއްޖޭގެ އިންފްލޭޝަން އާންމުކޮށް އެހާ ދަށްވެފައި ހުންނަނީ، ސަބްސިޑީ އާއި އެކި ހިދުމަތްތަކާއި މުދަލުގެ އަގު ކޮންޓްރޯލް ކޮށްފައި ހުންނާތީ އެވެ. ވަކިން ހާއްސަކޮށް ކަރަންޓުގެ އަގު ސަބްސިޑައިޒްކޮށް ވަކި އަގެއްގައި ފޯރުކޮށްދޭތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު ކަރަންޓުގެ އަގުން ނުފެެނެ އެވެ.
ސަބްސިޑީ ރިފޯމާ އެކު، ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކުރާ އިރު އަންނަ އަހަރުގެ އޭޕްރީލް މަހު ހަތަރު ސަބްސިޑީއެއް ޓާގެޓު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު ތެލާއި ކާޑާއި ކަރަންޓާއި ނަރުދަމާއަށް ދޭ ސަބްސިޑީ ދެން ލިބޭނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ. އެ ސަބްސިޑީތައް ކޮންމެހެން ލިބެންޖެހޭ މީހުންނަށް ދިނުމަށްޓަކައި ބަޖެޓުގައި ވަނީ 900 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފޯމް މައި ފޫޓް
19 November 2024
ރިފޯމޭ ކިޔާފަ މަސްދަޅު ބަހާފަ ކާޑު އަގުބޮޑުކޮއް ވަކި ވަކި މީހުންނަށް ރުފިޔާ ދެވޭނެ ގޮތް ހަދަނީ. ސިޔާސީ މަގާމުތައް މަދެއް ނުވޭ. ދައުލަތައް ބިލިއަނުން ޓެކުސް ދައްކާއިރު ރައްޔިތު މީހާ ހަމަ ޖެހެނީ ބޮޑު މެޑިކަލު ކަމެއް ދިމާވީމަ އާސަންދައާ އެންސުޕާ ލިބޭތޯ މެންބަރާ ސިޔާސީ މީހުން ކައިރި އާދޭސް ކުރަން.
އިކޮނޮމިސްޓް
19 November 2024
އިގުތިސޯދީ ރިފޯމް (އިސްލާހު/ހެޔޮ ބަދަލު) ގެނައިމަ އިންފުލޭޝްން (ތަކެތީގެ އަގު) މައްޗަށް ދަންޔާ އަދި ތިޔައީ ރިފޯމަކަށް ނުވޭ. ތީގަ ނުބައެއް އެބައުޅޭ!!!
ނަޞްރު
19 November 2024
ވެރިކަމަށް އަންނަ ފަރާތަކުން މިގައުމުގެ އިގުތިޞާދަށް ކުރާނެ އިތުރު ކަމެއް އެބައޮތްތޯ؟ ގައުމުގާ ހުރި ފަޅުރަށްތަކާ ގިރިފަޅުތައް ހުރީ ބަހާ ހުސްކޮށްފަައެވެ. އެވެސް 99 އަހަރަށެވެ. ރިސޯޓުހަދަން ދިންފަހުން އެއްވެސް މަސައްކަތެއް ނުކޮށް ހުރިރަށްތަައް ބައިވަރެވެ. ބައެއް ރަށްތަކަށް 10 އަހަރު 15 އަހަރު ވެދާނެއެވެ. ހިންގާ ގިނަ ތިސޯޓުތައް ވެސް ހިންގަނީ ބޭރު ކުންފުނިތަކުންނެވެ. ޑޮލަރެއް ވެސް ރާއްޖެ ނާދެއެވެ. ދިވެހިން މިހާރު ކާށިވެސް ޖެހެނީ ބޭރުން ގެންނަށެވެ.
ޗޯންސެން
19 November 2024
ތިކަންމާއިމެދު ވެރިންވިސްނަވާފަ ރައްޔިތުންނަށް ރަންއިލޮށިން ކަދުރުކާން ދެއްވަވާނެ. ރޯދަމަހަށް ގެއަކަށް މަސްކޭހެއް ދެއްވަވާ ރައީސަކު މިނޫނީ ފެނިއްޖެތަ؟
ނުކަނޑާތި
19 November 2024
ކާރޑުންދޭ ސަބްސިޑީ ކަނޑާނުލާތި ކަނޑާ ނުލާތި ކަނޑާ ނުލާތި ކަނޑާ ނުލާތި ކަނޑާ ނުލާތި
ކަނޑާލީމި
19 November 2024
ދެތިން ސަތޭކަ ރުފިޔާ އާއި ހެދި މަރުފަލި ޖަހަނީ. އެތައް ހާސް ރުފިޔާއެއް ކޮންމެ މަހަކު ބޭކާރު ގޮތުގައި ހަރަދު ކުރަން މައްސަލައެއް ނެތް
ބަބްސް
19 November 2024
އިންފްލޭޝަން ހުރީ ސުމެއް ގައޭވެސް ހަމަ ބުނެވިދާނެ. ތެދެއް ހަދާނަމަތާ ޤަބޫލުކުރެވޭނީވެސް.
އަބޫލް
19 November 2024
މުއިއްޒު ހުންނެވީ ރައްޔިތުން ފަޅީގަ؟
1818
19 November 2024
ރިފޯމް ކުރީމަ އެހެން ގައުމުތަކުގައި ހާލަތު ރަގަޅުވަނީ! މި މީހުން ރިފޯމްކުރީމަ ހާލަތު ދައްވެ “އިންފްލޭޝަން” މަތިވަނީ ޔޯ؟
ފައިނޭންސް 101
19 November 2024
އަސްލުވެސް ވަޓް އަ ޖޯކު!
ހުސަ
19 November 2024
ވެރިަކަމަށް އަންނަ ފަރާތްތަކުން މިފެންނަނީ ރައްޔިތުންނަށް ތަކުލީފް ޖައްސާ އެކަން އިއުލާން ކުރާތަން! މިހާރުވެސް މިއުޅެނީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށުގައި! މިހާލަތު މިހެން އޮތްވާ މިންކަން ރަގަނޅުކުރަން އައިބަޔަކު މިބުނަނީ އަންނައަހަރު ތަކެތީގެ އިންފްލޭޝަން 3.9% އަށް އުފުލޭނެކަމަށް! މިރާއްޖޭގައި އަގުއުފުލޭ އެއްވެސް ކަމެއް އެހާލަތު ބަދަލުވިޔަސް އަގު ތިރިއެއްނުވޭ! ސްޓެލްކޯ އިން ގެއަށް ފޮނުވާ ބިލްވެސް ހަމަ ބޮޑުވަނީ! އަރަތެއްނު ދެން މިއީ!
1
19 November 2024
ރައީސްމީހާ ރައްޔިތުމީހާ ކޮޅުގާ ހުރިހާހިނދަކު އިންފުލޭޝަން ހުންނާނީ ސުން ޕަސެންޓުގާ. ފިނޭންސަކަށް ނޭންގޭނެ.