ކުރިގެ ރައީސް މުހައްމަދު ނަޝީދު: ފ. އަތޮޅުގެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި -- ފައިލް ފޮޓޯ: އެމްޑީޕީ
06 މާޗް 2017 - 16:53
ސައޫދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ފަށާ އަގު ބޮޑު މަޝްރޫއުގެ މަގްސަދަކީ އިރުމަތީ އޭޝިއާ އަށް އެ ގައުމުން ކުރާ ތެލުގެ ވިޔަފާރި އަށް ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކްލައިމެޓް ހޯމް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ސައޫދީން ވަނީ ބައިނަލްއަގްވާމީ ކަންކަމާ ގުޅޭ ގޮތުން އެ ގައުމުން ދެކޭ ގޮތް ދިވެހިންނަށް ހާމަކޮށްދީފައި ކަމަށާއި އަދި ރާއްޖޭގައި ފައި ސާބިތު ކުރަން ނިންމީ އެކަމުގައި އެކަށީގެންވާ ވަރަށް ދިވެހިންގެ ހަމްދަރުދީ ލިބުމުން ކަމަށެވެ.
"ސައުދީން ބޭނުން ވަނީ އެ މީހުންގެ ވިޔަފާރި ދަތުރުތަކުގެ ރައްކާތެރިކަމަށް ރާއްޖޭގައި ބޭސްއެއް ގާއިމުކޮށް، އެ ތަނުގައި އެކަމާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމު ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކްލައިމެޓް ހޯމް އިން ބުނި ގޮތުގައި ސައޫދީ ރަސްކަމުގެ އިގްތިސޯދީ ކުރިމަގު ގުޅިފައި އޮތީ، އެ ގައުމުން ޗައިނާ އަށް ކުރާ ތެލާއި ގޭހުގެ ވިޔަފާރިއާ އެވެ. އަދި އިންޑިއާ ކަނޑު މެދުވެރިކޮށް ކުރާ މި މި ވިޔަފާރި އަށް، ކަނޑުފޭރޭ މީހުންގެ ހިޔަނި އެޅިފައިވާކަން ވެސް އެ ނޫހުން ފާހަގަ ކުރި އެވެ.
ސައޫދީ އަށް ފ. އަތޮޅު "ވިއްކާލުމަކީ" ގަބޫލުކުރަން އުނދަގޫ ނިންމުމެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ގައުމުން މިހާރު ކުރަން އެ އުޅެނީ ނުރައްކާތެރިކަމެއް ކަމަށެވެ.
މިކަން އެމަނިކުފާނު އަޅައި ކިޔުއްވީ ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ރަށްތަކުގައި ޗައިނާ އިން އަސްކަރީ ވަސީލަތްތައް ގާއިމު ކުރުމާ އެވެ.
"މިއީ އެއަށް ވުރެ ނުރައްކާތެރި ކަމެއް. އެއީ އަޑީގައި ފިލައި ތިބުމަށް ފަހު އެ ނުކުންނަނީ އެ މީހުން ބޭނުންވީމައި،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވޮޝިންޓަނުގައި ހުންނަ ގަލްފް ސްޓޭޓްސް އެނެލެޓިކްސްގެ ސީނިއާ އެޑްވައިޒަރު ޑރ. ތިއޯޑޯ ކަރަސިކް ވިދާޅުވީ ރާއްޖޭގައި ސައޫދީން އަސްކަރީ މަރުކަޒެއް ގާއިމު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެކުވެރި ގައުމުތައް ސައޫދީން ބޭނުން ކުރަނީ އެ ގައުމުގެ ސްޓްރެޓެޖިކް ގޯލްތައް ހާސިލް ކުރުމަށް ކަމަށާއި ރާއްޖޭގައި އެ ފަދަ ބިޔަ މަޝްރޫއެއް ފެށުމުގެ މަގްސަދަކީ ގަލްފާއި އިރުމަތީ އޭޝިއާ ގުޅުވާލުން ކަމަށެވެ.
އަދި ޗައިނާއާ އެކު ސައޫދީން ކުރާ އެ ވިޔަފާރި، ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތް ކުރަން އެކުވެރިގައުމުތަކާ އެކު ގުޅުން ބަދަހި ކުރުން މުހިއްމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފ. އަތޮޅު ސައުދީ އަރަބިއްޔާ އަށް ވިއްކާލާކަމަށް ބުނާ ވާހަކަތައް ރައީސް އަބްދުﷲ ޔާމީން ވަނީ ދޮގު ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ފ. އަތޮޅު ވިއްކާލާ ވާހަކަތަކަކީ އުފެދިގެން ވާނެ ސުވާލެއް ނޫން ކަމަށާއި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރި އަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަނަބޭ
07 March 2017
މި މީހުންނެކޭ ވަހުތާނެކޭ އެއްގޮތް! ދެ އިރު ދެ ދަޅައަށް އެއް ވާހަކައެއް އެކައްޗެއް ކިޔާކަށް ނުދަނޭ! އަބަދުހެން އުޅޭތަން ފެންނަނީ ދޮންމީހުން ރުހޭކަހަލަ ވާހަކައެއް ކުލައެއް ކޮންމެ ކަމެއްގާ ޖައްސަލެވޭތޯ ހޭބޯ ނާރާ މަސައްކަތް ކުރާތީ.
ދޮގެއްތަ؟
07 March 2017
ބޭފުޅާގެ ވެރިކަމުގަ އަރަބި ގައުމުތަކަށް ދިއުމުން އެހީތެރިކަމެއް ނުލިބުނު. އެއީ ލާދީނީ ވީމަ. ދެން ޖެހުނީ އިންޑިއާއަށް އާދޭސް ކުރަން. އެއި އިންވެސްޓް ކުރާ ބައެއް ނޫން ފޭރޭ ބައެއް. މަނިކުފާނަށް ޖެހުނު ދަތުރާ ދޭތެރޭ ހަމްދަރުދީ ވަން.
ކޯޑިނޭތަރު
07 March 2017
ޢިންވެސްޓް އެ ކުރަނީ ޔަމަނުގަ.ފުދޭ ވަރަކަށް ބޮޑު އިންވެސްޓްމެނެންޓެއް
އަބަދު
07 March 2017
މިހެންވީމައޭ ނަޝީދަށް ވޯޓު ނުލާންވެގެން ޔާމީނަށް ވޯޓުލެވުނީ!!! ނެތޭ މިޔަކު ސަލާމަތެއް!!!! ހިތްވަރުހުރި ކުއްޖަކު ކުރިމަތިލާންވެއްޖެއްނު ދޯ ރައީސްކަމަށް، މިކަމުން ސަލާމަތްވާން!!!!!
ވިސްނާ
07 March 2017
ހަގީގަތުގައި މުޅިންވެސް މި ދެކެވެނީ ތޯތޯ ވާހަކައެވެ. ސުވާލަކީ އެ ފުރުޝަތު ލިބުނީ ކީއްވެހޭ؟ ސައްކެތްވެސް ނެތެވެ. މި ސަރުކާރުގެ ކަންކަން ހުރިގޮތުންނެވެ. އެއްވެސް މަސްރޫއުއެއްގެ ތަފްސީލް ހާމަ ނުކުރާތީއެވެ. ހުރިހާ ކަމެއް މޭޒު ދޮށުން ނިންމާތީއެވެ. ހުޅުވާލެވިފައިވާ ބިޑަކަށް ނުކޮށް ހުރިހާ ކަމެއް ކުރާތީއެވެ. އެންމެ އާދައިގެ ކަންކަންވެސް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ބިޑު ކުރުމެއްނެތި ސަބް ކޮންޓްރެކްޓް ކޮށްގެން ކުރާތީއެވެ. ވިއްކާލި ރައްތަކާއި ފަޅުތަކަށް ލިބުނު ފައިސާ އަމިއްލަ ޖީބަށް ވަދެ އޭގެ ބޭނުން ނަހަަމަގޮތުގައި ހިފާފައިވާތީއެވެ. އެކަށީގެން ނުވާ ކުޑަ އަގެއް ދައުލަތައް ލިބޭ ގޮތަށް ފޭދޫ ފިނޮޅުފަދަ މުހިއްމު ލޮކޭޝަންތަކުގައި ހުރި ރީތި ރައްތަކާއި ފަޅުތައް ވިއްކާލާފައިވާތީއެވެ. ވިއްކާލުމޭ ބުނެވޭ ބަހުގެ މައުނައީ ދިގުމުއްދަތަކަށް ދޫކޮށްލުމެވެ.
މޫސާއަބުދުﷲ
07 March 2017
ކޮންމެގޮތަކުން ނަމަވެސް ތިޔަމަސްރޫއު ހުއްޓުވޭތޯ ބަލާ ތިޔަކަން ފެށިއްޖެނަމަ ގައުމުގެ ވެރިކަން ޔާމީނަށް މިލްކުވީ އެމްޑީޕީ އުވާލާނެ
ހެޔޮބަސް
07 March 2017
ކުފުރުވެ މުރުތައްދުވާ ވަރަށް ސިޔާސީ ނުވާ ށެވެ.
ކޯޑިނޭތަރު
07 March 2017
ސައުދި އަރަބިޔާ އައް ބަސް ބުނުމަކީ ކުފުރު ވުންތާ
ޓްވިކްސް
07 March 2017
ދިވެހިރާއްޖެ ނިކަމެތިކޮށްލަން ވާހަކަ ދައްކާ މިފަދަވެރިން ހިމެނޭ ޕާޓީތަކާމެދު ފިޔަވަޅު އަޅަންޖެހޭ އެބަ.
ޕޮގުބާ
07 March 2017
އަސަރު ކުރަނީ ކަލެއަށްކޮން ބެހޭކަމެއް ތީމާރީތިމީހެއްނޫނެ ކޮސްގޮވާކަށް ތީބޮޑު...
އިބިރިހިންބެއްޔާ
06 March 2017
އެމްޑީޕީ ކުދިންވެސް ޤައުމަށް ހެޔޮއެދެންޏާ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫކަހަލަ ގޮތްހުރި ބޭފުޅަކު ރައީސުކަމަށް ނެރެބަލަ. އެކަމަކު އެކަމެއްވެސް ނުވާނެ. ޢަންނީ ނޫންމީހަކަށް އެފުރުސަތުދޭން އުޅެފިނަމަ ޚަރަދުކުރާކުދިން ތިޖޫރީ ތަޅުލާނެވިއްޔާ.
ރީތި މޫސަ
06 March 2017
ތިޔަހުރިހާ ބަނދިވަރު ނުކިޔަސް ސިދާބަހުންބުނަންވީނު ސައުދީން ދިވެހިރާއްޖޭގަ އިންވެސްޓްކޮށްފިއްޔާ ދެނެއް އެމްޑީޕީ އަކަށް ވެރިކަމާ ހަމަޔަށްވެސް ނާދެވޭނެއޭ އެހެންވީމާ ކޮންމެގޮތަކުންވިއަސް މިކަންހުއްޓުވޭތޯ ބަލަން އެބަޖެހެޔޭ