22 ނޮވެމްބަރ 2024 - 20:18
ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދުކުރަން ހުރި މުދިމަކަށް ހަމަލާދޭން އުޅުނު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އދ. ދަނގެތި، ލިލީގޭ ހުސައިން ފާއިގް 33، އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާ ހައްޔަރުކުރީ ހުޅުމާލެ 1 ގެ މިސްކިތެއްގެ އިމާމަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ ވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެހެންވެ، އެ ފިރިހެން މީހާ ހައްޔަރުކުރީ މުދިމާއި ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯހަޅި
24 November 2024
މީކޮން ފިކުރެއްތަ؟ ޓެރަރިޒަމްގެ ޤާނޫނު މިފަދަ މީހުންނަށް ނުކުރެވެންޖެހޭ ސަބަބެއް އެބައޮތްތަ؟ މިތަން މިއޮތީ 'މިކަހަލަ' ޓެރަރިޒަމްގެ ހާއްޔަކަށް ވެފަ. ކޮބާތަ މިކަމަށް އޮންނަ ސެންޓަރެއްވެސް ނެތީތަ!!!
އެމްސް
23 November 2024
ތަޙުޤީގުތައް ގިނަކަމުން ތަޙުޤީގީ ރިޕޯރްޓްގެ ޚަބަރެެއް ދުވަހަކުވެސް ނުވެއެވެ،
އިހްސާސް
23 November 2024
މައްސަލައަކީ މިޤައުމުގަ އިސްލާމް މާއްދާ އާއި ޤުރުއާން މާއްދާ ސްކޫލުތަކުގައި ނަމަކަށް ކިޔަވައިދޭކަން. ދީނީ ތަޢުލީމު މިއަށްވުރެ ފުޅާކުރަންޖެހޭ. ހެޔޮލަފާ ޖީލެއް ބިނާކުރެވޭނޭ މާތްﷲ ބިރުވެތިވާން ދަސްކޮށްދެވިގެން.
އެމްސް
23 November 2024
ތިޔަމާއްދާ ފުޅާކޮށް ގެންދަންވީ މަޖިލިހަށާއި ސިޔާސީޕާޓީތަކުގެ އިސް ސަފަށެވެ!
އާނ ދޯ
23 November 2024
ތެދުފުޅެއް
އަލްޖިބްރރާ
23 November 2024
ހަމަލާދޭތަން ފެނުނީމަވެސް އޮންނަނީ ތުހުމަތު ؟
އެމްސް
23 November 2024
ރަގަނޅު، ގާޒީންކުރިމަތީގަ ހިނގި ކަމަކަށް ނުވާތީ އަދިވެސް ހަމަ ސާބިތުނުވެދާނެއެވެ،
ވަޙިދުބެ
23 November 2024
ކޯޓުން ހުކުމް ކުރުމާ ހަމަޔަށް އޮންނާނީ ތުހުމަތު. އެކިމީހުންނަށް ހެދިގެން ވެސް އުޅޭ. މުޖުރިމުން. އެހެންވެ އެމީހާކަން ޔަގީން ކުރަން ޖެހޭ. ސާފުބާ
އިތުރު މަޢުލޫމާތު ހޯދާލަ ދެއްވާ ޕްލީޒް!
23 November 2024
ޢިބްރަތުން ފުރިގެންވާ އާދަޔާ ޚިލާފް ކޭހަކަށް ވާތީ މި ޙާދިސާގެ އިތުރު މަޢުލޫމާތު ހޯއްދަވައި މިހާރު ނޫހުގައި ހާމަލޮށް ދެއްވުން ވަރަށް ބޮޑަށް އެދެމެވެ.
ނުވާނެ ނުވާނެ
23 November 2024
ތިކަމެއް ނުވާނެ ދުވަހަކުވެސް ފަސް ކާފު ހަމަނުވޭ
ނާނާ
23 November 2024
އަފީފޫ. އެބުނީނު ޔޫ އެން މީހެކޭ.
ނާނާ
23 November 2024
އެބުނީނު ޔޫ އެން މީހެކޭ.
ސަދޫމު ސިޓީ
23 November 2024
މި ގައުމު ހާދަ ބިރުވެރި ވެއްޖޭ ހަމަ ފާޅުގަ ވަޅިޔާ ކޯރާޑި ހިފައިގެން އެތްވެސް ބިރެތް ޖެހިލުމެތްނެތި މީހުންނަށް ހަމަލާވެސް ދެނީ އެތްޗެހި ފޭރެނީ ކީއްކުރާނީ އެނގޭވިއްޔަ އަދަބެތް ނުލިބޭނެކަން އެތްދޮރުން ވައްދާފަ އެނެތްދޮރުން ދޫކޮށްލާނެކަން
ތ އައްމަޑޭ
23 November 2024
ހާދަ ގިނައިން ތ ސުކުން އެބައޮތޭ. ތ ސުކުން ކުރެވޭ ލަފުޒުތައް އެނގި ނުލައްވަނީތޯ؟
އޮޑިހަނު
22 November 2024
"އެހެންވެ، އެ ފިރިހެން މީހާ ހައްޔަރުކުރީ މުދިމާއި ފުލުސް މީހާއަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ." ... ތުހުމަތެއްނޫން. ކުށެއް ކޮށްގެން، ރެޑުކޮށް. މިގޮތަށް ނޫސް ލިޔަން ޖެހޭހާ ދުވަހަކު ހުސް 'ތުހުމަތު' ހުންނާނީ.
ޛޯޖޫ
23 November 2024
ސާބިތު ނުވާހާހިނދަކު ލިޔަން ޖެހެނީ ތުހުމަތު
މަހުވައި
24 November 2024
ޛޯޖޫ، އެކޮއި، ދެން ތިބުނާ ގޮތަށް ސާބިތު ނުވަންޏާ ކީއްކުރަން ފޮޓޯ ޖެހީ؟! ވާހަކަ ދައްކާނެކަމެއްނެތް އަނގައެއް އޮތަކަސް.
ރުމޭ
22 November 2024
އދ.ދަނގެތީ މީހެއް. އަސްލު ވަރަށް އަވަސް ކަމަށްވަނީ.