ފުލުހުންގެ ކާރުތަކެއް މަގީދީމަގުގައި މަޑުކޮށްލައިގެން: މަރުވެފައި އޮތް މީހަކު މާލޭގެ ގެއަކުން ވަނީ ފެނިފައި.-- ފޮޓޯ: މިހާރު
03 ޑިސެމްބަރ 2024 - 10:28
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގުލާބީ މަގުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. އަދި އެ ގެއިން ފެނުނު މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން، 53، ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން
03 December 2024
ސީޒަނެއް ފެށުނީ އަނެއްކާވެސް..
ބޫޓްޕޮލިސް
03 December 2024
އެކިމީހުންގެ ބަހުރުވަ ތަފާތުވާނެ އެގޮތުން "މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ." މީގެ މާނަޔަކީ މިހިސާބުން މިކަންމި ނިމުނީ، ދިއެންޑް.
ބަބްސް
03 December 2024
މިކަހަލަ ކޮންމެ އާޓީކަލްއެއް ނިންމާލަމުން " މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. " މިބޭފުޅުންނަށް ތަހްޤީގު ކުރަން ވަުގުތުވޭބާއޭ ހިތަށް އަރާ.